އަފްޣާނިސްތާނުގައި ގާއިމުކޮށްފައިވާ ޠާލިބާން ޖަމާއަތުގެ ވެރިކަން އެއްްވެސް ގައުމަކުން ބަލައިނުގަންނަން އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ގޮވާލައިފިއެވެ.

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން އާންމުކުރެއްވި ވީޑިޔޯއެއްގައި އޭނާ ވިދާޅުވީ ޠާލިބާނުންގެ ވެރިކަން ދުނިޔޭގެ އެއްވެސް ގައުމަކުން ބަލައިގަތުމަކީ ކޮށްގެންވާނެކަމެއް ނޫންކަމަށާއި ދުނިޔޭގެ ގައުމުތައް ގުޅިގެން އަފްޣާނިސްތާނަށް ބާރު ހޯދައިދިނުމަށް މަސައްކަތްކުރަންޖެހޭކަމަށެވެ. އދ. އާއި ނޭޓޯއާ ގުޅިގެން އަފްޣާނިސްތާނާމެދު ގޮތެއް ނިންމުމަށް ބޮރިސްވަނީ ހުޅަނގުގެ ގައުމުތަކަށް ގޮވާލައްވައިފައެވެ. އަދި އަފްޣާނިސްތާނަކީ ހަނގުރާމަވެރި ޖަމާއަތްތަކުގެ ހާއްޔަކަށްވުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށްވެސް އޭނާވަނީ ވިދާޅުވެފައެވެ.

ޖޯންސަން މިހެން ވިދާޅުވެފައިވަނީ އަފްޣާނިސްތާނުގައި މިވަގުތު ރަސްމީ ސަރުކާރެއް ނެތް އިރު ތާލިބާނުން އެ ގައުމާއި ރަސްމީކޮށް ހަވާލުވާން ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ. އަފްޣާނިސްތާނުގެ ރައީސް ކަމުގައި ހުންނެވި އަޝްރަފް ޣަނީ ވަނީ އެ ގައުމު ދޫކޮށް ފިއްލަވާފައެވެ. ރިޕޯޓުތައް ބުނާގޮތުން ޣަނީ މިވަގުތު ހުންނެވީ އޮމާންގައެވެ. ޣަނީ ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ ގައުމު ދޫކޮށް ވަޑައިގަތީ، ލޭއޮހޮރުވުމަކުން ގައުމު ސަލާމަތް ކުރުމަށް ކަމަށެވެ.

އަފްޣާނިސްތާނުގައި ގާއިމުކޮށްފައިވާ ތާލިބާނުންގެ ވެރިކަން ބަލައިނުގަންނަން ފާޅުގައި ގޮވާލާފައިވާ ހަމައެކަނި ގައުމަކީ އިނގިރޭސިވިލާތެވެ. އޭގެ އިތުރުން ރަޝިޔާއިން ބުނެފައިވަނީ ތާލިބާނުންގެ ވެރިކަން އަދި ބަލައިނުގަންނަކަމަށެވެ. އިނގިރޭސިވިލާތާއި ރަޝިޔާއަކީ މީގެ ކުރިން އަފްޣާނިސްތާނަށް ހަމަލާދިނުމަށްފަހު އެ ގައުމު އަޅުވެތިކޮށްފައިވާ ދެ ގައުމެވެ.

ސައުދީ އަރަބިއާ، ޔުނައިޓެޑް އަރަބް އެމިރެޓްސް ފަދަ ބޮޑެތި އަރަބި ގައުމުތަކުން އަފްޣާނިސްތާނުގެ މައްޗަށް ތާލިބާނުން ނުފޫޒު ފޯރުވުމާއި ގުޅިގެން އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މަސްއޫދު

    އިގޭސި ވަލާތުން އަފުގާނިސްތާނާ ދުރުވުން މާއުފާ އިެރޭސިންނަކީ ފިތުނަ އުފައްދާ ބައެއް!

  2. ގުލްޝަން ކިނާރާ

    ކަޔޭމެންނަށް ޔަހޫދީ އިޒްރޭލު ދައުލަތް ބަލާގަނެވެޔެއްނު. އިސްލާމްދީނުގެ އަދާވާތުން ވީމަ ބޭނުންނުވަނީޔޭ ބުނެބަލަ. އެމެރިކާޔާ އެކީ ކަޔޭމެންވެސް ދެން ހަޖަމްކޮއްލާގެން ހުރޭ. ރަޝިޔާ އަދި އެމެރިކާއަށް މޮޅުނުވެވުނު ހަނގުރާމައެއް ކަޔޭމެން އަރާގެންވެސް ނުވާނެ. އިސްލާމީ ޝަރީއަތް ގާއިމްކޮށް ހިންގާތަން ބަލަންހުރޭ ދެން. އިންޝާ ﷲ.

    6
    1
  3. މޫސަ

    ކަލޭގެ ބޮލު ފުނާ ނާޅާ ނިދިފިޔަޖެހިފަހުރި ހުރުންވެސް ބަލައެއް ނުގަންނަން.