އަފްޣާނިސްތާނުގައި ގާއިމުކޮށްފައިވާ ތާލިބާން ޖަމާއަތުގެ ވެރިކަން ބަލައިގަތުމުގެ އެއްވެސް ވިސްނުމެއް ކެނެޑާ އިން ނުގެންގުޅޭ ކަމަށް އެގައުމުގެ ބޮޑުވަޒީރު ޖަސްޓިން ޓްރެޑާއު ވިދާޅުވެއްޖެއެވެ.

ޖަސްޓިން މިހެން ވިދާޅުވެފައިވަނީ ތާލިބާނުން އަފްޣާނިސްތާނުގެ އެ ޖަމާއަތުގެ ބާރުގެ ދަށަށް ގެނެސްފައިވާ ދަނޑިވަޅެއްގައެވެ. ދެ ވަނަ ފަހަރަށް އަފްޣާނިސްތާނުގެ ވެރިކަން ތާލިބާނުން ހޯދާފައިވާ އިރު، ޖަސްޓިން ވިދާޅުވީ އެ ގައުމުގެ ވެރިކަން ތާލިބާނުން ގަދަބާރު އަތުލީ ކަމަށާއި، ތާލިބާނުން އެގައުމުގައި ގާއިމްކޮށްފައިވާ ސަރުކާރު ބަލައި ނުގަންނަ ކަމަށެވެ.

އޭނާ ވަނީ އަފްޣާނިސްތާނުގެ ރައްޔިތުން އެގައުމުގެ އެއާޕޯޓަށް ދިއުމަށް މިނިވަންކަން ދިނުމަށް ގޮވާލައިފައެވެ. ބައިނަލްއަގްވާމީ ބައިވެރިންނާއި އަފްޣާނިސްތާނުގައި ތިބި މީހުންގެ މުސްތަގްބަލު ރައްކާތެރި ކުރުމަށް މަސައްކަތް ކުރަމުން ގެންދާނެ ކަމަށް ޖަސްޓިން ވިދާޅުވިއެވެ.

ކެނެޑާއިން ވަނީ އަފްޣާނިސްތާނުގައި ތިބި މީހުންނަށް ހާއްސަކޮށްގެން އިމިގްރޭޝަން ޕްރޮގްރާމެއް އެކުލަވާލައިފައެވެ. އަދި އޭގެ ދަށުން އަފްޣާނިސްތާނުން އެހެން ގައުމުތަކަށް މީހުން ބަދަލުކުރުމަށް ނުވަ ފްލައިޓް ހަމަޖައްސާފައިވާ ކަމަށެވެ. އަދި މިހާރު އެގައުމަށް އަފްޣާނިސްތާނުގެ 500އަށް ވުރެ ގިނަ މީހުން އެތެރެވެފައިވާކަން ވެސް ފާހަގަ ކޮށްފައިވެއެވެ.

މީގެ 20 އަހަރު ކުރިން ތާލިބާން ޖަމާއަތުން އަފްޣާނިސްތާނުގެ ވެރިކަން ކުރި އިރުވެސް ކެނެޑާއިން އެ ސަރުކާރު ބަލައިގަނެފައި ނުވާނެ ކަމަށާއި، ގަދަބާރުން އަފްޣާނިސްތާނު އެ ޖަމާއަތުގެ ބާރުގެ ދަށަށް ގެނެސްފައިވާތީ ކެނެޑާގެ ގާނޫނުތަކަށް ބަލައި އެއީ ނިރުބަވެރި އަމަލެއް ކަމަށް އެގައުމުން ވަނީ ނިންމައިފައެވެ. ޖަސްޓިން ވަނީ އަފްޣާނިސްތާނުގައި ތާލިބާނުން ދެމުން ގެންދާ ހަމަލާތައް ކުށްވެރި ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ....

    މަށަށް އޮޅިއްޖެ....ކޮން އިރަކުތަ ތާލިބާނުން އުޅުނީ މިމީހުން ބަލައިގަނޭތޯ...މީގެ 1400 އަހަރު ކުރިންވެސް އިނގޭ މުސްލިމުނާ މެދު ކާފަރުން ނުރުހޭނެކަން...އިސްލާމީ ޝަރީއާ ބަލައިނުގަންނާނެކަން....ތާލިބާނުން ބުނީ ހެވޯ ޔޫރަޕްގެ އެއްވެސް ގައުމަކުން ބަލާނުގަތަސް....އަވައްޓެރިން ތިބީ ތިމަންނަމެނާ އެކުގަޔޯ...ހުތުރުކޮށް ބަލިކޮށްފަ ބާލާފަޔޯ އެތިބީ...ރަޝިޔާވެސް އެމެރިކާވެސް..ނޭޓޯ ވެސް...ދުނިޔޭގެ ހުރިހާ ބާރު ގަދަކަމަށް ދައުވާ ކުރާ އެންމެން ﷲ ގެ ރަހުމަތުން ބަލިވެގެން ފައިބައިގެން އެ ދިޔައީ ހުތުރު ކޮށް ލަދުވެތިކަމާއެކު

    5
    2
  2. ނުބުނަން މި ހުންނަނީ

    ތަމެން ބަލައި ނުގަތަސް ހެވޭ! ވަރިހަމައޭ.! އެއްވެސް ފަރުވާލެއް ނެތޭ! ކަހެރަވަކެކޭވެސް ހިނުވެޔޭ! މުސްލިމުންގެ ކަންތައް ބަލައިނުގަންނާނެކަން އެގެއޭ. ވަރިހަމައޭ ވަރިހަމައޭ. ކެނެޑާތީ ޖަމަލު ފޮޑިއެކޭ.

    4
    2
  3. ތާލިބާން

    އހަރުންވެއް ތިކަހަލަ ފިރހންކުޅި ގައުމުތަކެއް ބަލައެއް ނުގަންނަން

    3
    2