މަދުން ނޫނީ ނުފެންނަ ސިކުނޑި ކާލާ ޖަރާސީމެއްގެ ސަބަބުން އެމެރިކާއިން ކުޑަ ކުއްޖަކު މަރުވެއްޖެއެވެ.

އިންޑިޕެންޑެންޓް ނޫހުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އުމުރުން ހަތް އަހަރުގެ ޑޭވިޑް ޕްރުއިޓް މަރުވެފައިވަނީ ސިކުނޑި ކާލާ "ނައެގްލެރިއާ ފައުލެރީ"ގެ ސަބަބުންނެވެ. މި ޖަރާސީމަކީ އިންސާނާގެ ސިކުނޑީގެ ސެލްތަކާއި ޓިޝޫތަކަށް ގެއްލުންދީ، ސިކުނޑީގެ ސެލްތައް ކާލާ އިންފެކްޝަނެއް

މި ޖަރާސީމް އެކުއްޖާ އަށް ޖެހިފައިވަނީ ކެލިފޯނިއާގެ އުތުރުގެ ސަރަހައްދެއްގެ ކޯރަކަށް ފައިބައިގެން އުޅެނިކޮށެވެ.

މިމަހުގެ ހަތަރު ވަނަ ދުވަހު އެ ކުއްޖާ އިންފެކްޓް ވެފައިވާކަން އެގައުމުގެ ސިއްހީ އިދާރާއިން ހާމަ ކޮށްފައިވީ ނަމަވެސް، އިންފެކްޓް ވެފައިވަނީ އެގައުމުގެ ކޮން ކޯރަކުން ކަމެއް ހާމަ ކޮށްފައެއް ނުވެއެވެ. އެ އިންފެކްޝަންގެ ސަބަބުން އެކުއްޖާ މަރުވެފައިވަނީ އޭގެ ތިން ދުވަސް ފަހުން އޮގަސްޓް ހަތް ގައެވެ.

ސިއްހީ ތަޖުރިބާކާރުން ބުނާ ގޮތުގައި "ނައެގްލެރިއާ ފައުލެރީ" އަކީ ވަރަށް މަދުން ނޫނީ ނުފެންނަ ބައްޔެކެވެ. 1971 ވަނަ އަހަރުން ފެށިގެން މިހާތަނަށް މި ބަލީގައި ކެލިފޯނިއާއިން މަރުވެފައިވަނީ 10 މީހެކެވެ. އަދި މި ޕެރެސައިޓް އާއްމުކޮށް ފެންނަނީ ރީތިފެން ހުންނަ ކޯރުތަކުން ކަމަށް ވެސް ވަނީ ބުނެފައެވެ.

އެގޮތުން ފެނުގައި ހުންނަ، މި އިންފެކްޝަނަށް މެދުވެރިކުރާ އެމީބާ، އިންސާނާގެ އަނގައިން ނުވަތަ ނޭފަތުން ހަށިގަނޑުގެ ތެރެއަށް ވާސިލްވެއްޖެނަމަ ސިކުނޑިއާއި ހަމައަށް ދަތުރުކޮށް އިތުރަށް އާލާވެ ސިކުނޑިއަށް ގެއްލުންދޭން

މި ޖަރާސީމުގެ ސަބަބުން 97 އިންސައްތަ މަރުވާ ކަމަށް ލަފާ ކޮށްފައިވާއިރު، އެ މީހުންގެ ތެރެއިން މަދު ބަޔަކު ސަލާމަތްވާނެ ކަމަށް ވެސް ވަނީ ލަފާ ކޮށްފައެވެ. އެގޮތުން 1962 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރާއި ހަމައަށް މި ޖަރާސީމް ހަށިގަނޑުގެ ތެރެއަށް ވަން 148 މީހުންގެ ތެރެއިން ހަތަރު މީހަކު ސަލާމަތް ކުރެވިފައިވާ ކަމަށް ރިޕޯޓްތަކުން ދައްކައެވެ.

މި ޖަރާސީމުގެ އަލާމާތެއް ފެންނަން ފަށަނީ އިންފެކްޓްވާތާ ފަސް ދުވަސް ފަހުންނެވެ. އެގޮތުން ހޮޑު ލެވޭ ގޮތް ވުމާއި ހުން އައުން ފަދަ އަލާމާތްތައް ހިމެނެއެވެ.