މަދުން ނޫނީ ނުފެންނަ ނޫކުލައިގެ ހަނދު މާދަމާއިން ފެށިގެން ފެންނާނެ ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓް ކޮށްފިއެވެ.

ސްކައި ޓެލެސްކޯޕުން ރިޕޯޓްކޮށްފައިވާ ގޮތުގައި ނޫހަނދު ފެނިގެން ދާނީ މާދަމާއިން ފެށިގެން 23 ވަނަ ދުވަހާއި ހަމައަށެވެ.

“ބްލޫމޫން” ނަމުން ނަން ދީފައިވާ މި ހަނދު ފެނުނު ކަމުގައިވިޔަސް ހަނދު ހުންނާނީ ސީދާ ނޫކުލައަކުން ނޫނެވެ.

ނޫހަނދު ފެންނާނެ ކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެފައިވާއިރު، މެއި މަހާއި ޖޫން މަހުގެ ތެރޭގައި އަންނަ އެންމެ ހަނދު ބޮޑުވާ ރެއާއި ގުޅުވައިގެން ވަރަށް ގިނަ ގައުމުތަކުގައި ތަފާތު ނަންތައް ކިޔައެވެ. އެއީ ސޮލްމަން ހަނދު ކަމަށް ވެސް ބައެއް ސަރަހައްދުތަކުގައި ކިޔައި އުޅެއެވެ. އެއީ މަހުގެ ބާވަތެއް ކަމަށްވާ ސޮލްމަން ބައެއް ސަރަހައްދުތަކުން ފެންނަން ފަށާ ދުވަސްވަރަށް ނިސްބަތްކޮށް ކިޔާ ނަމެކެވެ.

މިއީ މަދުން ނޫނީ ނުފެންނަ ހަނދެއް ކަމުން ގިނަ ބަޔަކު ހަނދާއި ގުޅުވައި ލަވަވެސް ހަދާފައިވެއެވެ. އޭގެ ތެރޭގައި، “ވަންސް އިން އަ ބްލޫ މޫން” ހިމެނެއެވެ. އަދި ވޫލްފް މޫން ނުވަތަ ހާވެސްޓް މޫން ނަމުން ވެސް މި ހަނދަށް ނިސްބަތްކޮށް ކިޔައެވެ.

ނާސާގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ނޫހަނދު އެންމެ ފުރަތަމަ ފެނިފައިވަނީ 1528 ވަނަ އަހަރުއެވެ. މި ހަނދު މާދަމާއިން ފެށިގެން ފެންނައިރު، ދެން ހަނދު ފެނިގެން ދާނީ 2024 ވަނަ އަހަރުގައި ކަމަށް ރިޕޯޓްތަކުން ދައްކައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އައްމަޑޭ

    ހާދަ ކުލަތަކެއް ލިބިފައިވާ އެއްޗެކޭ ދޯ ހަނދަކީ؟ އަދި ފެންނާނެ ގްރީން މޫން ބްލެކް މޫން މައުމޫން.

    7
    1
  2. ޑަނާ

    ނޫހަނދޭ ކިޔާފަ ރީދޫކުލައިގެ ހަނދެއްގެ ފޮޓޯ ޖަހާފަ. މިހާރު ނޫކުލައަކީ އެއީބާ!