އިންޑިއާގެ މުމްބާއީގައި އާއްމުން ދިރިއުޅޭ ސަރަހައްދަަކަށް ފްލައިޓެއް ވެއްޓިއްޖެއެވެ.

މުމްބާއީގެ އެއާޕޯޓުގައި ޖައްސަން އުޅެނިކޮށް މި ފްލައިޓް ވެއްޓިފައިވަނީ މުމްބާއީގެ ގަތްކޮޕާރުގެ ކޮންސްޓްރަކްޝަން ސައިޓަކަށެވެ. މި ހާދިސާގައި ފަސް މީހަކު ވަނީ މަރުވެފައެވެ.

އިންޑިއާގެ ސިވިލް އޭޝިއަން އިދާރާއިން ހާމަކުރި ގޮތުގައި މިއީ ޓެސްޓް ފްލައިޓެއް ކަމަށާއި، އެ ފްލައިޓަކީ 12 މީހުންގެ ޖާގައިގެ ފްލައިޓެއް ކަމަށެވެ. ނަމަވެސް ފްލައިޓް ވެއްޓެން ދިމާވި ސަބަބެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

އިންޑިއާގެ މީޑިޔާ ރިޕޯޓުތައް ބުނާގޮތުން ފްލައިޓް ވެއްޓުމާ ގުޅިގެން ރޯވި އަލިފާންގަނޑު ނިއްވުމަށް ގާތްގަނޑަކަށް އެއް ގަޑިއިރު ވަނީ ހޭދަވެގެން ގޮސްފައެވެ.

މި ހާދިސާ ހިނގި ސަރަހައްދުގައި ދިރިއުޅެމުންދާ މީހަކު ބުނީ ބާރު އަޑެއް އިވުމުން ފުރަތަމަ ހީކުރީ ވެސް ކޮންސްޓްރަކްޝަން ސައިޓުގައި ބޭނުންކުރާ އެއްޗަކަށް ކަމެއް ދިމާވީ ކަމަށެވެ.

"މި ސަރަހައްދުގެ މަތިން ފްލައިޓްތައް އާއްމުކޮށް އުދުހޭނެ. އަހަރުމެން ފުރަތަމަ ހީކުރީ ވެސް ކޮންސްޓްރަކްޝަން ސައިޓުގައި ބޭނުންކުރާ އެއްޗެއް ގޮވީ ކަމަށް. މާފަހުން އެނގުނީ ފްލައިޓެއް އެ ތަނަށް ވެއްޓުނީކަން" އެ ސަރަހައްދުގައި ދިރިއުޅެމުންދާ މީހަކު ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަބްދުއްލާ

    ހުޅުމާލެ މީހުން ދިރިއުޅޭ ސަރަހައްދު މަތީން ވރަށްގަިނައިން ބޯޓްތައް ދަތުރު ކުރޭ މިއީވަރަށް ނުރައްކާކަމެއް ނޫންބާ؟

  2. ހަސަން

    ތިބުނީ ތެދެއް ހުޅުމާލެ މަތިން ވަރަށްގިނަ ބޯޓު ދަތުރުކުރޭ..ހަމައެހެން ވަށައިގެން ވަނީ ވަރަށް ފުން ކަނޑެއް، އެހާމަ ގަދަ އަދި ދިރިއުޅެނީ ވަރަށް ތިރި ޖަޒީރާ ރައްތަކެއްގަ...ވާންވެއްޖިއްޔާ ކޮންމެ ފަދަކަމެއްވެސް ވެދާނަ..މަރަކީ އަންނާނެ ވަކި ގަޑިއެއް އިގިގެންވާ ކަމެއްނޫ އެހެން ނޫނަމަ ބޯޓް ހުޅުމާލެއަށް ވެއްޓުމުގެ ކުރިން އިއުލާން ކޮށްލާނަން.