އަފްޣާނިސްތާންގެ ވެރިރަށް ކާބުލްގެ އެއާޕޯޓްގައި އިއްޔެ ބޮމުގެ ދެހަމަލާއެއްދީ އެމެރިކާގެ 13 ސިފައިން މަރާލި ހަމަލާ ދިން ބަޔަކު ހޯދައި އެބަޔަކަށް ހައްގު އަދަބު ދޭނެ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެއެވެ.

ފަހަކަށް އައިސް އެމެރިކާ ސިފައިންނަށް ދިން އެންމެ ނުރައްކާތެރި ހަމަލާއަށް ފަހު ގައުމާއި މުހާތަބު ކުރައްވާ ބައިޑެން ވިދާޅުވީ ކާބުލްގައި މަރުވެގެން އެދިޔަ އެމެރިކާ ސިފައިންނަކީ ބަޠަލުންތަކެއް ކަމަށެވެ.

ކާބުލްގައި ދިން ބޮމުގެ ހަމަލާތަކުގައި 72 މީހުން މަރުވެފައިވާ ކަމަށް މިހާތަނަށް ވަނީ ކަށަވަރުވެފައެވެ. އޭގެތެރޭގައި އެމެރިކާގެ 13 ސިފައިންގެ އިތުރުން ދެން ހިމެނެނީ އަފްޣާނިސްތާންގެ އާއްމު ރައްޔިތުންނެވެ. ހަމަލާތަކުގައި 143 މީހަކު ވަނީ ޒަހަމްވެފައެވެ. ޒަހަންވި މީހުންގެ ތެރޭގައި އެމެރިކާގެ 15 ސިފައިން ހިމެނެއެވެ.

ބައިޑެން ވިދާޅުވީ ކާބުލްގެ އެއާޕޯޓްގައި ދިން ހަމަލާތަކަކީ އައިއެސް ޖަމާއަތުން ބައިވެރިވެގެން ދިން ހަމަލާއެއް ކަމުގެ މައުލޫމާތު އޭނާ އަށް ލިބިވަޑައިގެންފައިވާ ކަމަށެވެ. "އައިއެސް ޖަމާއަތުގެ ނިރުބަވެރިންނަށް ކާމިޔާބެއް ނުލިބޭނެ. އަޅުގަނޑުމެން އަފްޣާނިސްތާންގައި ތިބި ހުރިހާ އެމެރިކާ ރައްޔިތުންނާއި އަދި އަފްޣާނިސްތާންގައި ތިބި އަޅުގަނޑުމެންގެ ބައިވެރިންގެ މުވައްޒަފުން އަފްޣާނިސްތާނުން ރައްކާތެރިކަމާއިއެކު ބޭރުކޮށްދޭނަން. ހަމަލާގެ ސަބަބުން އެމެރިކާގެ މަސައްކަތެއް ނުހުއްޓުވޭނެ." ބައިޑެން ވިދާޅުވިއެވެ.

ބައިޑެން ވިދާޅުވީ މިހާރު އަފްޣާނިސްތާންގައި ތިބި އެމެރިކާ ސިފައިންގެ އަދަދު އިތުރުކުރަން ޖެހޭނަމަ އެކަން ވެސް އެމެރިކާ އިން ކުރާނެކަމަށެވެ.

ބައިޑެން ގައުމާއި މުހާތަބުކޮށް ވާހަކަ ދައްކަވަމުން ގެންދެވީ ވަރަށް އަސަރާއިއެކުއެވެ. ބައެއް ފަހަރު ވާހަކަ ނުދެއްކެވިގެން މެދުކެނޑިގެން ދިޔައެވެ. 2015 ވަނަ އަހަރު އަވަހާރަވި ބައިޑެންގެ ދަރިކަލަކު ވެސް އަފްޣާނިސްތާންގެ ހަނގުރާމައިގައި ސިފައިނެއްގެ ގޮތުގައި ހަރަކާތްތެރިވި ހަނދާންތައް ވެސް ބައިޑެން އާކުރެއްވެވިއެވެ.

ބައިޑެން ވިދާޅުވީ އައިއެސް ޖަމާއަތައް ދުވަހަކު ވެސް މާފެއް ނުކުރާނެ ކަމަށާއި އަދި އެޖަމާއަތުގެ އަނިޔާވެރިކަމުގެ މަތިން ދުވަހަކު ހަނދާނެއް ވެސް ނުނެތޭނެ ކަމަށެވެ. "އަޅުގަނޑުމެން އައިއެސްގެ ހަނގުރާމަވެރިން ހޯދާނަން. މިހަމަލާގެ އަގު އެމީހުން އަދާކުރަން ޖެހޭނެ." ބައިޑެން ވިދާޅުވިއެވެ.

ބައިޑެން ވިދާޅުވީ އެމެރިކާ އިން ނިރުބަވެރިންނާއި ދެކޮޅަށް ފެށި ހަނގުރާމަ އަދިވެސް ކުރިއަށްދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. އަލްޖިބްރާ

    ކަލެއަކަށް ތިކަމެއް ނުވާނެ ! އެހެނެއް ނޫން ! އެތަނުން އާއްމުންގެ ބަޔަކު މަރާފަ އެމީހުންނަކީ އެމެރިކާ މީހުން މެރިމީހުންނޭ ބުނާނެ ! އެނޫންކަމެއް ކަލޭމެނަށް ކުރެވޭތަ ؟ އަމިއްލަ ރަށުގައި ނުތިބެވިގެން ތިމާމެން ވަރު ބަޔަކު ނެތިގެން ހުރިހާ ތާކަށް ބޭނިގަނެގެން އެހެންމީހުން އެއްވެސް ހައްޤަކާ ނުލާ މަރާއިރު އެއީ ކަލޭމެނަށް މާބޮޑު ކަމެއްނޫން ! އެގޮތަށް ތެޅިބާލަންޏާ ކަލޭމެންގެ މީހުންވެސް މަރާނެ މީހުން އުޅޭނެ !

    31
    1
  2. އެމެރިކާނުން

    އެމެރިކާ ސިފައިން އިރާގާ އަފްގާނިސްތާނާ ސީރިއާގެ މެރި ކުށެއް ނެތް އެތައް ބައެއްގެ އާއިލާތަކުން ވެސް ހަމަ ކަރުނަ އަޅާ ރުއި.. ކަލޭމެން އެކަނިތަ ހިތެއް އޮންނަނީ.. ލަދެއް ނުގަނޭ ދޯ.. އަމިއްލަ ގައުމަށް ދޭބަލަ... އެހެން މީހުންގެ ގައުމުތަކަށް އަރައިގެން އުޅެނިކޮށް މަރުވީމާ މި ކުޑަ ކުއްޖެއްހެން ރޮއެ ހޭރެނީ.. ގުއަންޓަނާބޭ ޖަލުގަ ކަލޭމޭ ސިފައިން އިންސާނުންތަކަކާ ދެކޮޅަށް ހިންގި ލާއިންސާނީ ޖަރީމާތައް މުޅި ދުނިޔެއަށް އެނގޭ... ކަލޭމެންނަށް ކުށެއް ނެތް އެތައް ބައެއްގެ ބަދު ދުޢާ ނުލިބޭ ހަމަ އެންމެ ސިކުންތެއް ވެސް މި ދުނިޔެއަކު ނުހިނގާ...

    32
    3
  3. ކިޔު

    އެއްވެސް ހާލެއްގަ މިހަމަލާ ދިން ބަޔަކަށް ސަޕޯޓު ކުރަނީއެއް ނޫން..އެކަމަކު އަޕްޤާންގަ އެމެރިކާނުން 20 އަހަރު ވަންދެން ޖަރީމާ ހިންގީ. ޢިރާޤު އަދި ސީރިޔާގަވެސް ކަންކުރީ މިފަދައިން..މަރުވެދިޔަ މީހުންގެ އަދަދެއް ހިސާބު ނުރާކަށް ނޭނގެ..ކޮބައިބާ މިމީހުންގެ ޙައްޤުތައް؟؟ ކޮބައިބާ މިމީހުން މަރާލީމަ އާއިލާތަކަށް ކުރިމަތިވި ވޭނާ، ހިތްދަތިކަމައި މާލީ ދަތިކަމާއި އަދި މިނޫންވެސް ކަންކަން؟ ބަދަލު ދެވުނުު ބާ؟؟އެކަމަކު މިމީހުންގެ ސިފައިންގެ ބަޔަކު މަރާލީމަ އޭގެ ބަދަލު ހޯދަނީ ހުރިހާ ގަލެއް ފޮރޮޅައިގެން..ޙައްޤު އޮންނަނީ ހަމައެކަނި ބާރުގަދަ މީހުންގެ ބާ؟؟؟ ނިކަމެތި މީހާގެ ޙައްޤަކީ ވުޖޫދުގަވެސް ނެތް އެއްޗެއްބާ؟؟

    24
    1
  4. ޖުލައި

    ރަޝިއާ ގެ އިންޓަލިޖެންސް ވަނީ އައިއެސް ޖަމާޢަތުގެ ވާގިވެރިން ހޮވާފައި..އެއްވަނައަކީ އެމަރިކާ...ކޮންދޮގެއް ހަދާކަށް...ހަނގުރާމަ ކުރުމުގެ ދަޅަ ދުނިޔެއަށް ދައްކައިގެން އުޅޭބައެއް އެމަރިކާ އަކީ

    22
    2
  5. ރަދީފް ހުސެން

    އަފް އާނިސްތާން މީހުންމެރި މީހުން ހޯދާ ހަ އްގު އަދަބު ދޭނެބަޔެއ އް ނެތް؟؟؟؟

    16
  6. އަހްމަދު--

    ސާބަހޭ ބައިޑަން. ކަލޭ ގަދަ... ކޮއްމެސް ވާނެ އެމީހުން ހޯދަން.

    10
    16
  7. ހުސޭނުބޭ

    ލަންޑަން ގައި ހުންނާނެ ތކަހަލަ ހުރިހައި ކަމެއް އެނގޭ މީހެއް! އެމީހާ މިހާރު އެބައުޅޭ ބޮޑުވަޒީކަން ނުލިބެގެން. ކަލޭ ގޮސް އޭނާ ކައިރީ އަހާބަލަ! ތި ސީއައިއޭ، އެފްބީއައި ބޭނުމެއްނުވާނެ! އެހައިވެސް މޮޅު މީހެއް އެއީ!

    37
    3
    • ރާގޮޑިރާޖަ

      ތިބުނާ މީހާ ޖަލުގަހުރެގެން ބަނޑުކަ އްކާތީ މިހާރު ހުރީ ގެނެސްގޭގަ.

      8
      17
  8. ޢަލީ ޢަލީ

    ކަލޭމެން ގެ ބައިވެރިވުމާއެކު ފަލަސްތީނުގައި މަރަމުންދާ މުސްލިމުންވެސް ކަލެއަކަށް މާފެއް ނުކުރާނެ

    45
    1
  9. ރަބަރޭ

    ކަލެއަކަށް ވާނެ އެއްވެސް ކަމެއް ނޯންނާނެ އެމެރިކާ އަށް ކުރެވޭނެ ހާވެސް ކަމަކީ ގައުމުތަކުގައި ފިތުނަފަސާދަ އުފެއްދުން ކަލެއަށް ތިޔަހަރީ ހަނދާން ނެތޭ ބަލި އެމްނީސިއާ ޖެހިފައި

  10. ވައިކިން

    ތިޔަ އެމެރިކާ ބައިގަނޑު ނިކަމެތި ކުރައްވާށި

  11. އިއްބެ

    ކުރިން ތިކަންކުރިނަމަ ތިސިފައިން މަރެއްނުވީހެންނު 20 އަހަރު އަފުއާންގަ ޗަކަތެޅީ މިހާރު ތީމާބޮޑު ބައެއްނޫން

  12. އަލިބެއްޔާ

    ކަލޭމެން ނިކަން ވިސްނާލަބަލަ.. އެންމެ ފަހުން މިހާރު ކާމިޔާބު ނުވާނެކަން އެނގޭތީ އެ އުޅޭނީ ފިލައިގެންވެސް ދެވޭނެ ގޮތެއް ނެތިގެން.. މަރަށް ފިލަން ދާނީ ކޮންތާކަށް؟؟؟ ބައިޑެން ތާޢީދު ވެއްޓުން ނޫން ގޮތެއް ނެތް... ވެރިއަކަށް ދިދަ ދަނޑި ބޮލެއް ލީމާ ޤައުމުތަކަށް ވާނެ ގޮތް ދިވެހިންނަށް އެނގޭނެ..

  13. މާސްޓަރ

    ތިޔަ ބުނާ އައި.އެސް އަށް ތާއީދު ކުރާ މީހުން އާބާދީގެ ނިސްބަތުން އެންމެ ގިނައީ ދިވެހިރާއްޖޭގައި. އެމީހުން ހޯދަންޏާ މިތަނަށް އާދޭ!

    1
    3