ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުގެ ކުރިން ޔޫރަޕު ބައްރުގެ ގައުމުތަކުން 236،000 މީހުން ކޮވިޑް-19 ބަލީގައި މަރުވެދާނެ ކަމުގެ އިންޒާރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން ދީފިއެވެ.

ޑަބްލިއުއެޗްއޯއިން މި އިންޒާރު ދީފައިވަނީ އެ ސަރަހައްދުގެ ގައުމުތަކުގައި ކޮވިޑަށް ފައްސިވާ މީހުން އިތުރުވެފައިވަނިކޮށެވެ.

ޔޫރަަޕުގެ ގައުމުތަކުގައި ނުރައްކާތެރި ޑެލްޓާ ވޭރިއެންޓް ފެތުރެން ފެށުމާއެކު ވޭދަނަތައް އިތުރުވެފައިވާކަން ފާހަގަ ކޮށްފައިވެއެވެ. އަދި މީގެ ޑެލްޓާ ވޭރިއެންޓް ފެތުރި، ފައްސިވަމުންދާ މީހުންގެ ތެރޭގައި ވެކްސިން ޖަހާ މީހުން ގިނައެވެ.

ޑަބްލިއުއެޗްއޯއިން ބުނީ ވޭތުވެދިޔަ ހަފްތާތެރޭގައި ކޮވިޑް ބަލީގައި މަރުވި މީހުންގެ އަދަދު 11 އިންސައްތައަށް އިތުރުވެފައިވާ ކަމަށެވެ. އެހެން ކަމުން ޑިސެމްބަރާއި ހިސާބަށް 236،000 މީހުން މަރުވެދާނެ ކަމަށް ލަފާކުރެވޭ ކަމަށް އެ ޖަމުއްޔާއިން ބުނެފައިވެއެވެ.

މިހާތަނަށް ޔޫރަޕުން 1.3 މީހުން ކޮވިޑް ބަލީގައި މަރުވެފައިވާ ކަމަށާއި، މިހާތަނަށް 63 މިލިއަން މީހުން ކޮވިޑަށް ފައްސިވެފައިވާކަން ފާހަގަ ކޮށްފައިވެއެވެ.

ޔޫރަޕުގެ ގައުމުތަކުގެ ތެރޭގައި ހިމެނޭ މާލީ ގޮތުން ފުދުންތެރިނޫން ގައުމުތަކަށް ބަލާނަމަ އެ ގައުމުތަކުގައި ކޮވިޑުން ދިފާއުވުމަށް ވެކްސިން ފުރިހަމަ ކޮށްފައިވަނީ 6 އިންސައްތަ މީހުންނެވެ. ބައެއް ގައުމުތަކުގައި ވެކްސިން ޖަހާފައިވަނީ ހަމައެކަނި ސިއްހީ ދާއިރާގެ ހިދުމަތްތެެރިންނަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޑަބްލިއުއެޗްއޯއިން މި އިންޒާރު ދީފައިވަނީ އެ ޖަމިއްޔާއާއި ޔޫއެންއައިސީއީއެފްއިން ގުޅިގެން ޔޫރަޕުގެ ގައުމުތަކުގައި އިލްމު އުނގަންނައިދިނުމުގެ މަސައްކަތް ކުރަމުން އަންނަ ފަރާތްތަކުން ވެކްސިން ފުރިހަމަ ކުރުމަށް ގޮވާލައިފައިވަނިކޮށެވެ.