އިންޑިއާގެ އަވަށެއްގައި ސިކުނޑީގައި އުނިކަމެއް ހުންނަ ކުއްޖަކު ތިން އަހަރުގެ ކުއްޖަކު ރޭޕްކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

ފުލުހުން މިއަދު ބުނީ، ގޮހޮނާ އަވަށުގައި އުމުރުން ތިން އަހަރާގެ ބައިގެ ކުއްޖަކު ރޭޕްކުރި މައްސަލައެއް ހުށަހަޅާފައިވާކަަމަށާއި، އެކަން ބަލަމުން އަންނަ ކަމަށެވެ.

ފުލުހުން ބުނީ، މިދިޔަ ބުދަ ދުވަހު އެ ކުއްޖާ ރޭޕްކޮށްފައި ވަނީ އުމުރުން 16 އަހަރުގެ ކުއްޖެއް ކަަމަށެވެ. އަދި އެ ކުއްޖާއަކީ އޭނާގެ ކަޒިން ކުއްޖެކެވެ.

އެ ކުއްޖާ ރޭޕްކޮށްފައި ވަނީ އެއްޗެއް ގަނެދޭނެކަމަށް ބުނެ، ފަޅު ގެއަކަށްގެންގޮސްގެންނެވެ. އަދި ފަހުން އޭނާ ވަނީ އެ ކުއްޖާ ގެއަށް ގެންގޮސްފައެވެ. އަދި އެ ކުއްޖާ ވަނީ އޭނާގެ މަންމަ ކައިރީ އޭނާ ރޭޕްކޮށްފައިވާކަމަށް ބުނެއެވެ.

އެ ކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވާކަަމަށް ހެދި ރިޕޯޓްތަކުން ކަށަވަރުވާއިރު، އަދި އެ ކުއްޖާ ރޭޕްކުރި ކުއްޖާއަކީ ސިކުނޑީގައި އުނިކަމެއް ހުންނަ ކުއްޖެއްކަން ކަށަވަރުވެފައިވާކަަމަށް ވެއެވެ.

އިންޑިއާގައި ރޭޕް ކޭސްތައް އިތުރުވެ، ކުޑަކުދިން ރޭޕް ކުރާ މީހުން މެރުމަށް ބައެއް އަވަށުގައި ވަނީ ގަވާއިދެއް ކަނޑައަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު