ޕާކިސްތާނަށް ނިސްބަތްވާ މީހެއްގެ މޫނު މިހާރު އެ ވަނީ ވަރަށް ބޮޑަށް ދުޅަވެފައެވެ. އޭނާ މިހާރު ދަނި އަނގައިގެ ކެންސަރާއި ހަނގުރާމަ ކުރަމުންނެވެ. ޑޮކްޓަރުން ބުނަމުން ދަނި އޭނާއަށް ދުނިޔޭގައި އެހާ ދުވަހު ނުހުރެވޭނެ ކަމަށެވެ.

އުމުރުން 21 އަހަރުގެ ފާރޫގް ނަމަކަށް ކިޔާ އެ މިހާ ބުނިގޮތުގައި، މީގެ ހަތް ވަރަކަށް މަސް ކުރިން އޭނާ ދަތެއްގައި ރިއްސާތީ ޑޮކްޓަރަށް ދެއްކި ކަމަށެވެ. އޭނާ ދެއްކީ ކްލިނިކަކަށެވެ. އަދި އެ ރިއްސާ ދަތް ނެގީ ކަމަށެވެ. އޭނާ ބުނިގޮތުގައި، އޭނާ ދެެއްކީ ފޭކް ޑޮކްޓަރަކަށެވެ.

އެހެން ނަމަވެސް އެ އޮޕަރޭޝަނަށްފަހު އޭނާގެ އަނގަތެރެ ދުޅަވާން ފެށިއެވެ. އެންމެ ފަހުން ކެތްނުވެގެން ޑޮކްޓަރަށް ދެއްކުމުން އެނގުނުގޮތުގައި، އޭނާއަށް ވަނީ އަނގައިގެ ކެންސަރު ޖެހިފައެވެ. ބެލެވޭގޮތުގައި އޭނާއަށް ކެންސަރު ޖެހުނީ އެ އޮޕަރޭޝަނަށްފަހު އެ ދަތް ނެގި ތަނުގައި އިންފެކްޝަން އުފެދިގެންނެވެ.

އެހެން ނަމަވެސް ބްރިޓިޝް ޑޮކްޓަރުން ބުނީ، އޭނާގެ ދަތުގައި ރިއްސަން ފެށީ ކެންސަރުގެ ސަބަބުންކަމަށް ވެދާނެ ކަމަށެވެ. އަދި އެއީ އޭނާ ސިިގިރޭޓް ބޯތީ ވާގޮތެއްކަމަށްވެސް ޑޮކްޓަރުން ބުންޏެވެ.

ޑޮކްޓަރުން ބުނިގޮތުގައި، އޭނާއަށް ކީމޯތެރަޕީ ދިންކަމުގައި ވިޔަސް، ސަލާމަތްވާނެ ގޮތެއް ނެތެެވެ. އެހެންކަމުން މިހާރު އޭނާ ދަނީ ގޭގެ އެނދުމަތީގައި ހިރިނުލެވި އޮވެ އެންމެ ފަހު ވަގުތުތައް ގުނަމުންނެވެ.

ފާރޫގްއަށް މިހާރު އެއްވެސް ހަރު ކާއެއްޗެއްވެސް ނުކެވެއެވެ. އަދި ފާރޫގްއަށް ވަމުންދާ ގޮތްފެނިފައި އޭނާގެ ދަތް ނެގި ކްލިނިކަށް ދިޔައިރު، އެތަން ވަނީ ބަންދުކޮށްފައެވެ. އަދި އެތާ މިހާރު ހިންގަމުން ދަނީ ބޯކޮށާ ތަނެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދެރަ

    ދައްނަގާއިރު ވަރަށް ސަމާލުވާން އެބަ ޖެހޭދޯ އެހެންވީމާ.މިކަމުން ޢިބްރަތް ޙާޞިލްކުރަމާ ހިނގާ

  2. ބުލްބުލް

    ސިގިރޭޓު ބުއިމުން ވީކަމަކައް ވެދާނެ. ދެފަރާތުގެ މައްސަލަ އެބައޮތް......