އެތްތަކެއްގެ ހަމަލާ އަމާޒުވި މީހަކު މަރުވެއްޖެއެވެ.

ތައިލެންޑްގެ އަވަށެއްގައި މިއަދު ހެނދުނު އެތްތަކެއް ހަމަލާދީފައި ވަނީ ސައިކަލެއްގައި އިން 40 އަހަރުގެ ފިރިހެނަކަށެެވެ.

"އޭނާ ސައިކަލުގައި ދަތުރު ކުރަމުން ދަނިކޮށް ފަސް އެތްވެގެން އެ މީހާއާ ވަށާލީ އަދި އޭނާއަށް ހަމަލާދިނީ" ފުލުހުން ބައެއް މީޑީޔާތަކަށް މައުލޫމާތުދެމުން ބުންޏެވެ.ރިޕޯޓްތައް ބުނާގޮތުގައި، އެތްތައް ހަމަލާ ދީފައި ވަނީ އޭނާގެ ބޮލަށެވެ. އޭނާއަށް ހަަމަލަދީން ތަނާހެން އޭނާ ވަނީ މަރުވެފައެވެ.

އޭނާގެ ހަށިގަނޑުގެ އޮޓޮޕްސީ ހެދުމުން އެނގުނުގޮތުގައި، އޭނާ ބޮލަށާއި، ބުރަކައްޓަށް ވަނީ އަނިޔާތަކެއްވެފައެވެ.

ތައިލެންޑްގައި އެތްތައް އަންނަނީ ގިނަވަމުުންނެވެ. ބައެއް އެތްތައް ޖަންގަލި ތެރެއިން ބޭރުގައި އުޅޭއިރު، މިދިޔަ އަހަރު ތެރޭގައިވެސް އެތްތަކެއް ހަމަލާދީގެން މީހަކު ވަނީ މަރުވެފައެވެ. އަދި ބައެއް ފަހަރު އެތްތަކާއި ހެދި އެކްސިޑެންޓްތައްވެސް ހިނގަން މެދުވެރިވާކަމަށް ވެއެވެ.

މި އަހަރު ފަހުކޮޅު ތައިލެންޑްގެ ދަނޑުވެރިއަކު ވަނީ ދެ އެތައް ހަމަލާދީ މަރާލާފައެވެ. އޭނާ އެ ދެ އެތް މަރާލީ އޭނާގެ ދަނޑަށް ގެއްލުން ދިނުމުގެ ސަބަބުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުދާ

    ތީގަ މައްސަލައަކަށްވާނީ ދަނޑުވެރިޔާ އެތްތަށްމަރާލުން. އެތްތަށް ކިތަންމެ ވަރަކަށް އިންސާނުން މެރިއަކަސް އެއީމައްސަލައެއްނޫން.

  2. ބަހުރު

    މި އަހަރު ފަހުކޮޅު؟ އަދި މިއުޅެނީ މެދުތެރެ ނުނިމިގެން..