ކޮވިޑް-19 އިން ދިފާއުވުމަށް ނިސްބަތުން އެންމެ ގިނަ މީހުންނަށް ވެކްސިން ދީފައިވާ އެއްގައުމު ކަމަށްވާ އިސްރާއީލަކީ އާބާދީގެ ނިސްބަތުން ބަލާއިރު މިހާރު އެންމެ ގިނަ ބަޔަކު ކޮވިޑަށް ފައްސިވަމުންދާ ގައުމު ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އޮކްސްފޯޑް ޔުނިވަސިޓީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އާބާދީގެ ކޮންމެ މިލިއަނަކުން 1892 މީހުން ބުދަ ދުވަހު އިސްރާއީލުން ކޮވިޑަށް ފައްސިވިއެވެ. އެންމެ ދުވަހަކުން އިސްރާއީލް އާބާދީގެ %0.2 މީހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ.

އިސްރާއީލްގެ އާބާދީގެ %60.7 މީހުން ވަނީ ވެކްސިންގެ ދެޑޯޒް ފުރިހަމަ ކޮށްފައެވެ. އިސްރާއީލްގެ އާބާދީގެ ގިނަ ބަޔަކު ވެކްސިން ފުރިހަމަ ކޮށްފައި ވަނިކޮށް އެގައުމުން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުން ދާތީ ގިނަ ބަޔަކަށް ވެކްސިން ދީފައިވާ އެހެން ގައުމުތަކުގެ ހާލަތު ވެސް ކުރިއަށް އޮތްތަނުގައި ގޯސްވެދާނެ ކަމަށް އޮކްސްފޯޑް ޔުނިވަސިޓީން ވަނީ ލަފާކޮށްފައެވެ.

އިސްރާއީލްގެ ހާލަތައް ބަލާއިރު އެގައުމަށް ކޮވިޑްގެ ހަތަރު ވަނަ ރާޅެއް ކުރިމަތިވެދާނެ ކަމަށް މިހާރު ސައިންސްވެރިން ލަފާކުރެއެވެ. ނަމަވެސް އިސްރާއީލުން މިހާރު ވަނީ އުމުރުން 60 އަހަރުން މަތީގެ މީހުންނަށް ވެކްސިންގެ ތިންވަނަ ޑޯޒެއް ވެސް ދޭން ފަށާފައެވެ.

އިސްރާާއީލުން ކޮވިޑަށް ފައްސިވާ މިންވަރު އިތުރުވެފައި މިވަނީ އެގައުމުގެ ސްކޫލްތައް އަލުން ހުޅުވުމަށްޓަކައި ކޮވިޑަށް ޓެސްޓް ކުރާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރު ކުރުމުންނެވެ.

އިސްރާއީލްގެ އޮފިޝަލުން ބުނާ ގޮތުގައި އެގައުމުން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުން ދިޔަ ނަމަވެސް ކޮވިޑް ޖެހިގެން މަރުވާ މީހުންގެ އަދަދު މިހާރު ވަނީ ވަރަށް ބޮޑަށް މަދުކުރެވިިފައެވެ. އެއީ ގިނަ ބަޔަކަށް ވެކްސިން ދެވުމުގެ ނަތީޖާ ކަމަށް އެގައުމުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މަރީ

    ތާހިރު ވެެެއްޖެ

    17
  2. އާކިފް

    އެއީ މުސްލިމުން މަރާށް ގައުމެވީމައެވެ.

    14
    2
  3. ނަން

    ކޯފާއެއް ކަމުގައި ބުނެ ހިތް އުފާކޮށްލަންވީނު؟

    9
    1
  4. އަޙްމަދް

    އިސްރާއީލްގެ އޮފިޝަލުން ބުނާ ގޮތުގައި އެގައުމުން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުން ދިޔަ ނަމަވެސް ކޮވިޑް ޖެހިގެން މަރުވާ މީހުންގެ އަދަދު މިހާރު ވަނީ ވަރަށް ބޮޑަށް މަދުކުރެވިިފައެވެ. އެއީ ގިނަ ބަޔަކަށް ވެކްސިން ދެވުމުގެ ނަތީޖާ ކަމަށް އެގައުމުން ބުނެއެވެ.
    ———————————————————————
    ވެކްސިނަކީ ސިއްޙަތަށް އޭގެން އެއްވެސް މަންފާއެއް ކުރާއެއްޗެއްނޫންކަން އެއްބަސްވާޙަލުވެސް އެއްމެފަހުވަގުތު އެ ޙިމާޔަތް ކުރަން ކޮންމެފަދަ ދެކޮޅުނުޖެހޭ ކަނޑުކޮސް ވާހަކައެއްވެސް ދައްކަފާނެކަމުގެ ހެކި މިއޮތީ!
    —————————————————————