ދުބާއީގައި މިދިޔަ އަހަރު ހިނގި އެކްސިޑެންޓަކަށްފަހު ހާލުގައި ޖެހުނު ސްރީ ލަންކާއަށް ނިސްބަތްވާ އަންހެން ނޯކަރަކަށް ބަދަލުގެ ގޮތުގައި އެއް މިލިއަން ދިރްހަމް ދިނުމަށް ދުބާއީ ކޯޓަކުން ހުކުމްކޮށްފިއެވެ.

އެ އެކްސިޑެންޓަށްފަހު ތަރަންގާ ޑިލްރުކްޝީ 45އ، އިންނަން ޖެހިފައި ވަނީ ފުރޮޅުލީ ގޮޑީގައެވެ. ކޯޓުން ބުނެފައިވަނީ އޭނާއަށް ބަދަލުގެ ގޮތުގައި 54 މިލިއަން ސްރީ ލަންކަން ރުޕީސް ދިނުމަށް ދޭން ޖެހުނީ، ލިބުނު އަނިޔާތަކާއި، ގުޅިގެން ބަދަލު ހޯދުމަށް އަހަރު ދުވަހު ކުރި މަސައްކަތުން ކަމަށެވެ.

އެ އެކްސިޑެންޓްގެ ހަނދާންތައް އާ ކުރަމުން ޑިލްރުކްޝީ ބުނީ މި އެކްސިޑެންޓް ހިނގާފައި ވަނީ މިދިޔަ އަހަރުގެ މެއި މަސް ތެރޭގައި އޭނާ ބުރް ދުބާއީ ޕޮލިސް ސްޓޭޝަން ކައިރީގައި ކުރަހާފައި ހުންނަ ޒިމްރާ=ކްރޮސް ކައިރިން ކަމަށެވެ.

"އަހަރެން ދިޔައީ މަގުގެ އެއް ފަޅިން އަނެއް ފަޅިއަށް ދިއުމަށް ހިނގާފައި، ދިޔަ ވަގުތުގައި އިންޑިއާ މީހަކު ދުއްވަން އިން ކާރެއް އައިސް އަހަރެންގެ ގައިގައި ޖެހުނީ. ދަ ޓްރެފިކް ކޯޓުން އޭނާއަށް ހުކުމްކޮށް، 5000 ދިރްހަމުން ޖޫރިމަނާ ކުރި".

އެ ޑްރައިވަރާއި ދެކޮޅަށް މައްސަލަ ހުށަހަޅަން އޭނާއަށ އެހީތެރިވެފައި ވަނީ ވައިއޭބީ ލޭގަލް ގްރޫޕުުންނެވެ.

އޭނާގެ ވަކީލު ބުނެފައި ވަނީ، އެ އެކްސިޑެންޓަށްފަހު ޑިލްރުކްޝީ ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަަމަށާއި، އޭނާ އިންނަން ޖެހިފައި ވަނީ ފުރޮޅުލީ ގޮޑިއެއްގައި ކަަމަށެވެ. އަދި އޭނާއަށް އިތުރު މީހެއްގެ އެހީގައި ނޫނީ އެއްވެސް ކަމެއް ނުވާ ކަމަށް ބުނެފައި ވެއެވެ.

ޑިލްރުކްޝީ އަކީ އާދައިގެ އާއިލާއަކަށް ނިސްބަތްވާ މީހެކެވެ. ހޮސްޕިޓަލުން ދީފައިވާ މެޑިކަލް ރިޕޯޓްތަކަށް ބަލާއިރު، އޭނާ އަށް ދާއިމާއަށް ބޭސް ކުރަން ޖެހޭނެއެވެ.

"އަބަދުވެސް ކޮންމެވެސް މީހަކު އޭނާގެ ކައިރީގައި ހުންނަން ޖެހޭ، އޭނާއަށް މެޑިކަލް އެސިސްޓެންސްވެސް ބޭނުންވޭ. އޭނާގެެ ސިކުނޑިވެސް އެހާ ރަނގަޅެއް ނޫން"/

މި ހުރިހާ ކަމަކާއިއެކު އޭނާ ބޭނުންވީ ދުބާއީ ކޯޓަށް ސިވިލް ކޭސްއެއްގެ ގޮތުގައި އެ މައްސަލަ ހުށަހަޅާފައެވެ.

ޑިލްރުކްޝީ މިހާރު ވަނީ އެނބުރި ލަންކާއަސް ގޮސްފައެވެ. އެއީ އޭނާގެ ފިރިމީހާވެސް މަސައްކަތް ކުރާ ތަނެވެ. މިދެމަފިރިންގެ ސްކޫލަށްދާ ދެ ކުދިން ތިބޭ ކަމަށް ވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކަސަބު

    ޕްރޫފް ރީޑް ކުރާނަމަ ކުށްތައް މަދުވާނެ! ޒިމްރާ އެއް ނޫން ޒިބްރާ! ލޭގަލް އެއް ނޫން ލީގަލް!

    • ގަނޑިޔާ!!!

      ޢެކަމަކު ނަމުގައި މުސާ ރަ ނަގާ އެޑިޓަ ރެއްވެސް ހުންނާނެ ތޯއްޗެއް!