ކޮވިޑް-19 ޖެހިގެން މެލޭޝިއާއިން އިތުރު 330 މީހަކު މަރުވެއްޖެއެވެ.

ރަޝިއާއަކީ ކޮވިޑް ފެތުރިފައިވާ ގައުމުތަކަށް ބަލާއިރު، 23 ވަނަ އަށް އެންމެ ގިނަ މީހުން ފައްސިެފައިވާ ގައުމެވެ. އެގައުމުން ގިނަ ބަޔަކު ކޮވިޑް ބަލީގައި މަރުވަމުން އަންނަނީ އެބަލީގެ ޑެލްޓާ ވޭރިއެންޓް ފެތުރެން ފަށާފައިވާތީ ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

މެލޭޝިއާއިން އެއް ދުވަސް ތެރޭ އެންމެ ގިނަ ބަޔަކު ފައްސިވެފައިވަނީ މިއަހަރުގެ އޮގަސްޓް މަހުގެ 26 ވަނަ ދުވަހުއެވެ. އެދުވަހު އެގައުމުން 24،599 މީހަކު ވަނީ މި ބައްޔަށް ފައްސިވެފައެވެ. އަދި އެންމެ ގިނަ މީހުން އެއްދުވަސް ތެރޭ މަރުވެފައިވާ ކަމަށް ރިޕޯޓް ކޮށްފައިވަނީ ވެސް ހަމަ އެދުވަހުއެވެ. އެގޮތުން އެދުވަހު އެގައުމުން 393 މީހަކު ވަނީ މި ބަލީގައި މަރުވެފައެވެ.

ކޮވިޑްގެ އެންމެ ފަހު ތަފާސް ހިސާބުތައް ގެނެސްދޭ ގައުމީ އިދާރާއަކުން ނެރެފައިވާ މައުލޫމާތަށް ބަލާއިރު، މެލޭޝިއާއިން ފާއިތުވި 24 ގަޑިއިރު، 330 މީހަކު މަރުވެ، ޖުމްލަ މަރުވި މީހުންގެ އަދަދު ވަނީ 17،521 އަށް އަރާފައެވެ. އަދި އިތުރު 19،378 މީހަކު މި ބައްޔަށް ފައްސިވެ، ޖުމްލަ އަދަދު ވަނީ 1،805،382 އަށް އަރާފައެވެ.

މިއީ ކޮވިޑް ފެތުރެން ފެށި ފަހުން އެގައުމުން އެންމެ ގިނަ ބަޔަކު ބައްޔަށް ފައްސިވެ، މަރުވަމުން އަންނަ ދުވަސްކޮޅުކަން ފާހަގަ ކޮށްލެވެއެވެ.

އެގައުމުން ބަލި ޖެހުނު މީހުންގެ ތެރެއިން 1,528,672 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، މިވަގުތު އެގައުމުގައި ބަލި ޖެހިފައިވާ 259,189 މީހަކު އެބަ ތިއްބެއެވެ. އޭގެ ތެރެއިން 975 މީހަކަށް ފަރުވާ ދެމުން އަންނަ ހޮސްޕިޓަލުތަކުގައި އެނދުމަތި ކޮށްގެންނެވެ.