އިސްރާއީލުގެ ޖަލުގައި އޮތް ފަލަސްތީނުގެ މާބަނޑު އަންހެނަކު ޖަލުން ދޫކޮށްލައިފިއެވެ.

ވަފާ ނޫހުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އަލް ޑީކް ނަމަކަށް ކިޔާ އެ އަންހެން މީހާ ދޫކޮށްލާފައިވަނީ ޝަރުތުތަކެއް ކުރުމަށްފަހުއެވެ. އެގޮތުން ގެ ބަންދަށް އޭނާ ފޮނުވާފައިވަނީ ކަފާލާތުގެ ގޮތުގައި 12،500 އެމެރިކާ ޑޮލަރު ދެއްކުމަށް ޝަރުތުކޮށްފައެވެ. ގޭބަންދަށް ދޫކުރި ނަމަވެސް ސިއްހީ ކަންކަމަށް އޭނާއަށް ބޭރަށް ދެވޭނެ ކަމަށް ވަނީ ބުނެފައެވެ.

އޭނާ ދޫކޮށްލުމަށްފަހު މީޑިއާ ދެއްވި އިންޓަވިއުގައި ވަނީ ޖަލުގައި އޭނާ ހޭދަ ކުރި "އަނދިރި" ދުވަސް ތަކުގެ ވާހަކަ ހިއްސާ ކޮށްފައެވެ. އެގޮތުން ޖަލުގައި އޮވެ ދަރިފުޅު ލިބިއްޖެނަމަ، އެތަނުގައި ބައްޕައަކާއި ނުލައި ދަރިފުޅު ގޮވައިގެން އުޅުމުގެ ބިރު އޮތް ކަމަށް އޭނާ ވަނީ ބުނެފައެވެ.

އަލް ޑީކްގެ މިހާރު ދަރިއަކަށް ބަނޑުބޮޑު ވެފައިވާއިރު، އޭނާގެ އެއް އަހަރުގެ ކުއްޖަކު މިހާރު ވެސް ހުރެއެވެ. އެކުއްޖާގެ މަތިން ވެސް ހަނދާންވާ ކަމަށް އޭނަ ވަނީ ބުނެފައެވެ.

"ސީ ސެކްޝަނަކީ ކޯއްޗެއްކަން އިނގެއެއްނު. އެކަން ޖަލުގައި ބާއްވައިގެން ކުރަނީ ކިހިނެއް؟. އަތުގައި ބިޑި އަޅުވައިގެން ތިބެ؟. މިހާރު ވެސް ބަލި ވެއްޖެ. އެތަނުގެ އެނދުގައި ނިދަމުން ގޮސް މުޅި ގައިގައި މިހާރު ވެސް ރިއްސާ" އޭނާ ބުނެފައިވެއެވެ.

އަލް ޑީކް ގެއަށް ދޫކުރި ނަމަވެސް، އޭނާގެ އަޑުއެހުންތައް ކުރިއަށްދާނެ ކަމަށާއި އެގޮތުން އަންނަ މަހުގެ 22 ވަނަ ދުވަހު އޭނާގެ މައްސަަލައިގެ އަޑު އެހުމެއް ކުރިއަށް ދާނެ ކަމަށް ރިޕޯޓްތަކުން ބުނެއެވެ. އަލްޑީކް ހައްޔަރު ކޮށްފައިވަނީ މީހެއްގެ ގަޔަށް ވަޅި ޖަހަން އުޅުނު މައްސަލައިގައި ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    އަލް ޑީކް އޭ؟

    1
    1