ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމާ މިދިޔަ މަހުގެ 15 ވަނަ ދުވަހު ހަވާލުވުމާއެކު ޗައިނާ އިން ތާލިބާނާއެކު ގުޅުން ބަދަހިކުރުމަށް މަސައްކަތް ކުރަމުންދާނެކަން ޔަގީންވާ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނާ ބައްދަލު ކުރައްވައި ބައިޑެން ވިދާޅުވީ ޗައިނާއިން ތާލިބާން ޖަމާއަތާ ދެމެދު ދެބަސްވުމެއް އޮންނަ ކަމަށެވެ. އަދި ދެބަސްވުންތައް ހަމައަކަށް އަޅުވައި ދެބައިމީހުން އެއްބަސްވުމަކަށް އާދެވޭނެ ގޮތްތައް ޗައިނާއިން ބަލައި، އެ މަސައްކަތް ކުރާނެކަން ބައިޑެން ފާހަގަ ކުރެއްވިއެވެ. ހަމަ މިއާއެކު އީރާނާއި، ޕާކިސްތާނާއި ރަޝިއާއިންވެސް އެގައުމުން ކަންތައް ކުރަމުންދާނެ ގޮތަކާމެދު ސުވާލު އުފައްދަމުންދާކަމަށް ބައިޑެން ވިދާޅުވިއެވެ.

އަފްޣާނިސްތާނުގެ ވެރިކަމަށް ދެވަނަ ފަހަރަށް ތާލިބާން ޖަމާއަތުން އައުމުން، އެ ޖަމާއަތާއި ގުޅޭ ކަންކަމުގައި އެމެރިކާ އާއި ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ހަތް ގައުމުން ގުޅިގެން މަސައްކަތް ކުރުމަށް ވަނީ ނިންމައިފައެވެ. އެގޮތުން ބޭރު ގައުމުތަކުގައި ހުރި އަފްޣާނިސްތާނުގެ ފައިސާ ވަނީ ހިފަހައްޓާފައެވެ. މިކަމުގެ ސަބަބުން އެގައުމަށް މާލީ ގޮތުން ސަރުކާރު ހިންގުމަށް ގޮންޖެހުންތަކަކާއި ކުރިމަތިލާންޖެހި، ތަކެއްޗާއި ހިދުމަތްތަކުގެ އަގު އުފުލެމުންދާކަމަށް ރިޕޯޓު ކޮށްފައިވެއެވެ.

އަފްޣާނިސްތާނުގައި އަންހެނުންނާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށް، ތާލިބާނުން ވެރިކަން ކުރަމުންދަނީ ބައިނަލްއަގްވާމީ ގާނޫނުތަކާއި އެއްގޮތުގެ މަތިންކަން ޔަގީންކުރުމަށް ބޭރުގެ އެހީތައް ހިފަހައްޓާފައިވާ މި ދަނޑިވަޅުގައި ޗައިނާއާއި ރަޝިއާ ފަދަ ބޮޑަތި ގައުމުތަކުން އެ ޖަމާއަތަށް ފަންޑް ކުރަން ފަށާފާނެ ކަމުގެ ބިރު ހީވެފައިވާ ކަމަށް އިގްތިސާދީކަންކަން ދިރާސާކުރާ ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ. މިގޮތަށް ކަންތައް ވެގެން ގޮސްފި ނަމަ އެމެރިކާ އާއި ހަތް ގައުމުން ކުރަމުންދާ މަސައްކަތަށް ހުރަހެއް އެޅިގެންދާނެއެވެ.

ޗައިނާއިން ތާލިބާން ޖަމާއަތަކީ އަފްޣާނިސްތާނުގެ ވެރިން ކަމުގައި ރަސްމީކޮށް ބަލައިގަނެފައިނުވި ނަމަވެސް، ޗައިނާއިން ތާލިބާނުގެ ވެރިންނާއި ބައްދަލުުކުރަން ނިންމާފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އައުޓް

    އެމެރިކާ ޑައުން އެމެރިކާ އައުޓް އިންޑިއާ އައުޓް އެމެރިކާ ޑައުން އެމެރިކާ އައުޓް އިންޑިއާ އައުޓް އެމެރިކާ ޑައުން އެމެރިކާ އައުޓް އިންޑިއާ އައުޓް އެމެރިކާ ޑައުން އެމެރިކާ އައުޓް އިންޑިއާ އައުޓް އެމެރިކާ ޑައުން އެމެރިކާ އައުޓް އިންޑިއާ އައުޓް އެމެރިކާ ޑައުން އެމެރިކާ އައުޓް އިންޑިއާ އައުޓް އެމެރިކާ ޑައުން އެމެރިކާ އައުޓް އިންޑިއާ އައުޓް އެމެރިކާ ޑައުން އެމެރިކާ އައުޓް އިންޑިއާ އައުޓް އެމެރިކާ ޑައުން އެމެރިކާ އައުޓް އިންޑިއާ އައުޓް އެމެރިކާ ޑައުން އެމެރިކާ އައުޓް އިންޑިއާ އައުޓް

  2. ޙުސް

    ބަލަ ކަލޭމެން ވިހިއަނހަރުވަންދެން އެގައުމުގެ ޚަޒާނާދެމީ ކަލޭމެންބެލީ އެތަން ތަރައްގީ ކުރާކައްނޫން ހަލާކުކުރަން