އިންޑިޔާގެ ވެރަރަށް ކަމަށްވާ ޑެއްލީގެ ގުގުގަރަމްގައި މުސްލިމް ޖަމާއަތެއް ޖަމާއަތް ހަދައިގެން ހުކުރު ނަމާދު ކުރުމަށް ހުރަސް އަޅައިފިއެވެ.

އިންޑިޔާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ހުރަސްއަޅާފައިވަނީ އިއްޔެ އެޤައުމުގައި ހުކުރު ނަމާދު ކުރަން އުޅުނު ޖަމާއަތަކަށެވެ. ނަމާދު ކުރަން އުޅުނު މުސްލިމުންގެ ތެރެއިން މީހަކު އިންޑިޔާގެ ނޫހަކަށް ބުނެފައިވަނީ އެމީހުން ނަމާދު ކުރަން އުޅުނީ ނަމާދު ކުރުމަށް ނަގާފައި އޮތް ބިމެއް ގައި ކަމަށެވެ. ނަމަވެސް އެމީހުން ނަމާދު ކުރުމަށް އެހިސާބުގައި އުޅޭ ބައެއް މީހުން ހުރަސް އަޅާފައިވާ ކަމަށެވެ.

ހުރަސް އެޅުމުން އެހެން ސަރަހައްދަކަށް ނަމާދު ކުރުމަށް ދިޔަކަމަށާއި ނަމަވެސް އެސަރަހައްދުންވެސް ފަހާލި ކަމަށް ނޫސްތަކުން ބުނެފައިވެއެވެ. މިސަހައްދުން އެމީހުން ފަހާލާފައިވަނީ ފުލުހުން ކަމަށާއި ފުލުހުން ބުނެފައިވަނީ މީހެއްގެ ބިމެއްގައި މިފަދަ އަޅުކަމެއް ނުކުރެވޭނެ ކަމަށް ފުލުހުން ބުނެފައިވާކަމަށް އިންޑިޔާގެ ނޫސްތަކުން މައުލޫމާތުދެއެވެ. ނަމަވެސް ކުރިން ނަމާދު ކުރަން ނަގާފައިވާ ބިމުގައި ތިބި ހިންދޫ ދީނުގެ މީހުން އެތަނުން ދުރަށް ލުމަށް އެދުމުން އަޅާނުލި ކަމަށްވެސް މުސްލިމުންގެ ޖަމާޢަތާއި ހަވާލާދީ އިންޑިޔާގެ ނޫހުގައި ބުނެފައިވެއެވެ.

އިންޑިޔާގައި ނަމާދު ކުރާ ބޮޑެތި ޖަމާއަތް ތަކަށް ޖެއްސުން ކުރުމަކީ އާއްމު ކަމެކެވެ. މިގޮތުން މިމަސްތެރޭގައިވެސް މިފަދަ އެތައް މައްސަލައެއްވަނީ ފެންމަތި ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢަބްދުﷲ

    މުސްލިމުން ކެތްތެރިވާށެވެ. އެންމެ ބޮޑުބިމުން ޙިމާޔަތް ލިބޭނެކަން ޔަޤީނެވެ. މަޙްޝަރު ބިމުގައި މުސްލިމުނ ް ފައްސައެއް ނުލެވޭނެއެވެ. އެކަމަކު މިއަދު މުސްލިމުން ފައްސާލިމީހުން ހަމައެކަނި ފައްސާލެވޭނީކީ ނޫނެވެ. ފައްސާލެވި ފުން ބިރުވެރި އަލިފާނުގެ ތެރެއަށް ނަރަކައަށް ވައްޓާލެވޭނީއެވެ. އެދުވަހުން މުސްލިމުތަކުން ކުރާނެ އުފާ ހިތްމައްޗަށް ގެންނަންވެސް ނޭނގެއެވެ. ލޮބުވެތި މުސްލިމުން ކެތްތެރިވެ އަޅުކަމުގައި ދެމިހުންނަމާތޯއެވެ.

    • މުސްލިމް

      الحمد لله ??? ان شاء الله..