ފްރާންސްގެ ރައީސް އެމަނުއެލް މެކްރޯމްގެ ކަންކަށިމަތީގައި ޖެހުނީތީ އެކަމާއި ފަހުރުވެރިވާ ކަމަށް މެކްރޯންގެ ކަންކަށިމަތީގައި ޖެހި ޒުވާނާ ބުނެފިއެވެ.

ޑަމިއެން ޓަރެލް ނަމަކަށް ކިޔާ އުމުރުން 28 އަހަރުގެ ޒުވާނާ މެކްރޮންގެ ކަންކަށިމަތީގައި ޖެހީ ޖޫން މަހު މެކްރޯން އާއްމު ރައްޔިތުންތަކަކާއި ސަލާމް ކުރަމުން ގެންދަނިކޮށް އާއްމުންގެ ތެރޭގައި ހުރެއެވެ. ޑަމިއެން ވަގުތުން ހައްޔަރުކޮށް ދައުވާ އުފުލައި ޖަލަށްލިއެވެ. އޭނާ ވަނީ މިދިޔަ ބުރާސްފަތި ދުވަހު ޖަލު ހުކުމް ތަންފީޒުކޮށް ނިންމާފައެވެ.

ޖަލުން ސަލާމަތްވުމުން ދިން އިންޓަވިއުއެއްގައި ޑަމިއެން ބުނީ އޭނާ ބޭނުންވީ މެކްރޮން އަށް ބޮޑު އަނިޔާއެއް ދޭން ނޫންކަމަށާއި އޭނާ ކުރި ކަންތައްތަކަކީ ސިޔާސީ ކަމެއް ކަމަށެވެ. އެއީ މެކްރޮންގެ ސިޔާސަތުތަކާއި ދެކޮޅު ހެދުމުގެ ގޮތުން ކުރިކަމެއް ކަމަށާއި ކުރެވުނު ކަންތަކާއި މެދު އެއްވެސް ވަރަކަށް ހިތާމަނުކުރާކަމަށް މެކްރޮން ބުންޏެވެ.

ޑަމިއެން ބުނީ އޭނާ މެކްރޮންގެ ކަންކަށިމަތީގައި ޖެހުމުން އެތައް ބަޔަކު ވަނީ އޭނާގެ ހިތްވަރު ފާހަގަކޮށް ސިޓީތައް ފޮނުވާފައެވެ. "އެތައް ހާސް ބަޔަކު ވަނީ އަހަރެން ކުރިކަންތައް ފާހަގަ ކުރުމުގެ ގޮތުން އަހަރެންނަށް ސިޓީ ފޮނުވާ އަހަރެންނަށް ޝުކުރު އަދާކޮށްފައި." ޑަމިއެން ބުންޏެވެ.

ޑަމިއެން ބުނީ މެކްރޮންގެ ސިޔާސަތުތަކާއި ދެކޮޅަށް އޭނާ އަޑުއުފުލުން އަދިވެސް ކުރިއަށް ދާނެއެވެ. ކޮވިޑް-19 ކޮންޓްރޯލް ކުރުމުގައި މެކްރޮންގެ ސަރުކާރު ފެއިލްވެފައި ވުމުން މެކްރޮން އާއި ދެކޮޅަށް ކުރާ މުޒާހަރާތަކުގައި ވަރަށް އަވަހަށް ބައިވެރިވާނެ ކަމަށް ވެސް ޑަމިއެން ވަނީ ބުނެފައެވެ.

ކޮވިޑް-19 ކޮންޓްރޯލް ނުވެ ފްރާންސްގައި ބަލި ފެތުރެމުން ދާތީ އާއި ކޮވިޑާއި ގުޅިގެން ދިމާވެފައިވާ އިގްތިސޯދީ ދަތިތަކުން އަރައިގަތުމަށް ސަރުކާރުން އެކަށީގެންވާ މަސައްކަތް ނުކުރާކަމަށް ބުނެ ފްރާންސްގެ އެކި ސަރަހައްދުތަކުގައި އަންނަނީ ސިލްސިލާ މުޒާހަރާތަކެއް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މަނަމަވެސް

    މީނަ ގެންނަންވީ މިގައުމަށް މިގައުމުގައިވެސް އެބަހުރި ލަޑާލަން ހެޔޮވަރު

  2. ރމޒ

    މިޤައުމުގަ ހިނގިކަމެއް ނަމަ ތިމީހާ ދެންނުފެން ނާނެ
    ހޯރަފުށީގައި މައުމޫނުގެ މައްސަލަ އެމިހާ ކޮބާ؟
    އަދީބު ސަލާމަތުން ހުރީ ސިޔާސީ މީހަކަށް ވީމަ....