އަފްޣާާނިސްތާނުގެ ވެރިކަމާ ހަވާލުވި ތާލިބާން ޖަމާއަތުން ހަދަނީ ދޮގު ކަމަށާއި، އެ ޖަމާއަތާ ގުޅުން ނުބާއްވާނެ ކަމަށް ފްރާންސުގެ ފޮރިން މިނިސްޓަރު ޔޯން-އީވްސް ލީ ޑްރިޔާން ވިދާޅުވެއްޖެއެވެ.
ޑްރިއާން މިފަދައިން ވިދާޅުވެފައިވަނީ މިއަދު އަފްޣާނިސްތާނުން މީހުން ބޭރުކުރުމާ ގުޅިގެން އިތުރަށް މަޝްވަރާ ކުރުމަށް ގަތަރަށް ފުރުމުގެ ކުރިންނެވެ.
"އެމީހުން ބުނި އަފްޣާނުގެ މީހުންނާއި އެގައުމުން ބޭރު މީހުންނަށް ރާއްކާތެރިކަމާއި މިނިވަންކަމާއެކު ގައުމު ދޫކޮށް ދެވޭނެކަމަށް، އެކަމަކު އެއީ ހުސް ދޮގު" ޑްރިއާން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ފްރާންސުން ތާލިބާންގެ ސަރުކާރު ބަލައި ނުގަންނަ ކަމަށާއި، އެ ސަރުކާރާއެކު އެއްވެސް ގުޅުމެއްވެސް ނުބާއްވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ ތާލިބާނުންގެ އަމަލުތަކުން ކަންކަން ސާބިތުކޮށްދޭން ޖެހޭނެ ކަމަށާއި، ބައިނަލްއަގްވާމީ ގުޅުންތަކާއި އިގްތިސާދީ ހަރަކާތްތައް ހިންގުމަށް ތާލިބާނުން ބޭނުންވާ ކަމަށެވެ. އެ ކަންކަން ހާސިލްކުރުމަށް މަސައްކަތްކުރަންޖެހޭނީ އެ ޖަމާއަތުން ކަމަށް ވިދާޅުވިއެވެ.
ފްރާންސުގެ ޕެރިސްއަށް މިހާތަނަށް 3،000 މީހުން ގެންގޮސްފައިވާއިރު، އަފްޣާނިސްތާނުން ދޫކޮށްދާން ބޭނުންވެފައިވާ ފްރާންސުގެ ގިނަ އަދަދެއްގެ ރައްޔިތުންނާއި އެ ގައުމާއި ގުޅުން އޮންނަ އަފްޣާނިސްތާނުގެ ގިނަ އަދަދެއްގެ ރައްޔިތުން އަދިވެސް އެބަތިއްބެވެ.
ޑްރިއަން މިއަދު ގަތަރަށް ވަޑައިގެންނެވީ ރައްކާތެރިކަމާއެކު އެ މީހުން އަފްޣާނިސްތާނުން ގެންދެވޭނެ ގޮތްތަކެއް ދެނެގަތުމަށެވެ. އޭނާ ވިދާޅުވީ އެ މީހުން ރައްކާތެރިކަމާއި، މިނިވަންކަމާއެކު އެނބުރި ގައުމަށް ގެންދެވޭނެ ގޮތެއް ހޯދުމަށް ތާލިބާން ޖަމާއަތާއެކު މީގެ ކުރިންވެސް މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
ތޯލިބާނުން ބުނަންވީ ދެން ތިމަންނަމެން ފްރާންސްގެ ސަރުކާރު ބަލައެއް ނުގަންނަމޭ...ދެން ތަޅާފޮޅާ ކުށެއް ނެތް މީހުން މަރަން ފަށާ....ފްރާންސްއިން ބަލައިގަންނާނެ ކަމަށް ތާލިބާނުން އުޅޭހެން ހީނުވޭ
ފްރާންސްގެ ރައީސް ކަންކަށިމަތީގަ ޖެހި ޒުވާނާބުނީ "ޖެހުނީތީ ފަޚުރުވެރިވަމޭ" އަދިވެސް ނުޖަހައިފިއްޔާ ކިތަންމެހާވެސް ރަނގަޅު..
ރައީސްގެ މަންކަށިމަތީ ޒުވާނަކު ޖެހީ ތިހެން ވެގެންތާ!