އިންޑިއާގެ މުމްބާއީ ސިޓީގައި އަންހެން ކުއްޖަކު ރޭޕްކޮށް، ދަގަނޑު "ރޮޑެއް" ބޭނުން ކޮށްގެން ޖިންސީ ގުނަވަނަށް އަނިޔާތަކެއް ދިނުމުގެ ސަބަބުން ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މަރުވެއްޖެއެވެ.

އިންޑިއާގެ ފުލުހުން ވަނީ އެކަން މީޑީއާތަކަށް ކަށަވަރު ކޮށްދީފައެވެ.

ރިޕޯޓުތައް ބުނާގޮތުން އުމުރުން 30 އަހަރުގެ އެއަންހެން ކުއްޖާ ރޭޕްކޮށް، ރޮޑަކުން ޖިންސީ އަނިޔާތަކެއް ދިނުމަށްފަހު މީހުން ނޫޅޭ ސަރަހައްދެއްގެ މަގުމަައްޗަށް އެއަންހެން ކުއްޖާ ވަނީ އެއްލާލައިފައެވެ. މުމްބާއީ ފުލުހުންގެ ސަމާލުކަމަށް ބުރާސްފަތި ދުވަހުގެ ރޭ ހިނގި މި ހާދިސާ އައިސްފައިވަނީ އަންހެން ކުއްޖާގެ ރުއިމުގެ އަޑު މީހަކަށް އިވިގެން ރިޕޯޓު ކުރި ހިސާބުން ކަމަށް މީޑިއާތަކުން ބުނެފައިވެއެވެ.

ފުލުހުންނަށް ކުއްޖާ ފެނުނިއިރު، ގައިގެ އެކި ތަންތަނުން ލޭ އޮހޮރެމުންދާ ކަމަށާއި، އޭރު ކުއްޖާ އޮތީ ހޭނެތިފައި ކަމަށް ބުނެފައިވެއެވެ. ފުލުހުންނާއި ހަވާލާދީ އިންޑިއާގެ ނޫސް އެޖެންސީތަކުން ބުނެފައިވަނީ ކުއްޖާގެ ހަށިގަނޑު ފެނުމާއެކު ބީއެމްސީގެ ރާޖާވާދީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށާފައިވާ ކަމަށެވެ.

އެހެން ނަމަވެސް ފަރުވާ ދެމުން ދަނިކޮށް ކުއްޖާ މަރުވެފައިވަނީ އިއްޔެ ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

ފުލުހުން ވިދާޅުވީ، މި މައްސަލައާއި ގުޅިގެން ޝައްކު ކުރެވޭ މީހަކު މިހާރު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ މައްޗަށް ގަސްދުގައި މީހަކު މަރާލަން މަސައްކަތް ކުރި ކަމަށާއި ރޭޕް ކުރި ކަމުގެ ދައުވާ ކޮށްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

މި ހިނގާދިޔަ ހާދިސާއަކީ ހިތާމަވެރި ހާދިސާއެއްކަން ފާހަގަ ކުރައްވާ އެގައުމުގެ ހޯމް މިނިސްޓަރ ދީޕް ވަލްސެ ޕަޓީލް ވިދާޅުވީ، މި މައްސަލަ ސާބިތުވާ ފަރާތަކަށް ހައްގު އަަދަބު ދޭނެ ކަމަށެވެ. މިކަން އިންޑިއާގެ ގިނަ އިދާރާތަކާއި ޖަމާއަތްތަކުން ކުށްވެރި ކުރަމުން އަންނަ އިރު އެންމެން ވެސް ގޮވަމުންދަނީ ރޭޕްގެ ތުހުމަތު ކޮށްފައިވާ ފަރާތަށް އަދަބުދީ ދަންޖެއްސުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    މިރާއްޖެވެސް ދާދި އަވަހަކައް މިފަދަ ހާދިސާތައް ހުނގުމަކީ ދުރުކަމެއް ނޫން.

    23
    6
  2. ބަބޫ

    މިއަދުވެސް ހުޅުމާލެ ބީޗުގަ މޫދުގައި އިންޑިޔާ ދެފިރިހެނުން ބޮކްސާގަ ބައްދަ ބައްދާފަ ހީވަނީ އިނދެގެން އުޅޭދެމަފިރިން އެނދެއްގަ އުޅޭހެން. މިހާކަށްވަރަށް ތަފްސީލް ކުރެވޭނީ. ވީޑިއޯ ވެސް އެބައިން ނަގާފަ

    14
  3. ކީކޭ ބުނާނީ؟

    ކޮބާ ދުނިޔޭގެ ޑިމޮކްރަސީގެ ޗެމްޕިޔަނުންގެ ހާލަތު ފެނިވަޑައިގަންނަވާތޯ މި ޤައުމުގެ ވެރިންނަށް. ދުވާލަކު ކިތައް އަންހެނުންތޯ ހަމައެކަނި ރޭޕްކޮށް މަރާލެވެނީ. ކޮބާ އަންހެނުންގެ ޙައްޤުތައް. ކޮންތާކު ވީ؟. އެކަމަކު ހަމަ ދުނިޔޭގެ ޑިމޮކްރަސީގެ ބައްޕަ. މި ޤައުމުގެ ވެރިންވެސް ނަމޫނާ މިސާލެއް ނަގަންޏާ ނަގަނީ އިންޑިޔާ އެހެންޏާ އެމެރިކާ.

    12
  4. ހަވާސާ ހަމީދު

    މޯދީ މިފަދަ މައްސަލަތަށް ހައްލުބވޭތޯ ބަލްނވީނުން އަވައްޓެރި ގައުމުތަކަށް ޖެއްސުންކުރުމަށްވުރެން!