މުގޮށި މީދަލަކީ އިންސާނުންނާއި ރައްޓެހި ޖަނަވާރުންގެ ތެރޭގައި ހިމެނޭ އެކައްޗެވެ. އިންސާނުންގެ ހުންނަ ފަދަ ބައެއް ޝަހުސިއްޔާތުތައް ވެސް މުގޮށިމީދަލަށް ލިބިފައިވާކަން ފަހުގެ ދިރާސާ އަކުން މިވަނީ ހޯދިފައެވެ. އެގޮތުން އުފާވުމާއި، ރުޅިއައުމާއި، ލަދުގަތުން އަދި އިންސާނުން އެއަށް ރަނގަޅު ވެއްޖެނަމަ ބައެއް ހާލަތުގައި ވަރަށް ރަނގަޅު ޖަނަވާރަކަށް ވެސް މުގޮށި މީދާ ވެގެންދެއެވެ.

ތިން އަހަރުވަންދެން އެމެރިކާގެ ސައިންސުވެރިން ހެދި މި ދިރާސާއިން މުގޮށި މީދަލުގައި ހަތަރު ޝަހުސިއްޔަތުތައް ހުންނަ ކަން ހޯދިފައިވާއިރު އެންމެ ފުރަތަމަ މި ދިރާސާ ހަދާފައި ވަނީ "ޗިޕްމަންކް" ސްކުއެރަލް ބޭނުން ކޮށްގެންނެވެ. މި މުގޮށިމީދާ ފެންނަނީ ހުޅަނގު އުތުރު އެމެރިކާއިންނެވެ.

ގަސްތައް ގިނަ ބިޔަ ޖަންގަލިތަކާއި ފަރުބަދަމަތީ ސަރަހައްދުތަކުން ވެސް މުގޮށިމީދާގެ އާއިލާގެ މިފަދަ ޗިޕްމަންކް ފެނެއެވެ. މުގޮށި މީދާ އާންމުކޮށް ކަނީ އެކިވައްތަރުގެ އޮށާއި، ބަދަން އަދި މޭވާ އެވެ. އަދި ބައެއް ކަހަލަ ފެހި ގަސްތަކާއި ސޫފާސޫފި ވެސް ކައި ހަދައެވެ.

ބައެއް ވައްތަރުގެ މުގޮށި މީދަލަކީ އިންސާނުންނާއި އެހާ ރައްޓެހި އެއްޗިއްސެއް ނޫނެވެ. ރަންކުލައިގައި ތިބޭ މިފަދަ މުގޮށިމީދާތައް ތިބެނީ ވަރަށް ކުޑަކޮށެވެ. މީގެ ސަބަބުން އެހެން ޖަނަވާރުންނަށާއި އިންސާނުންނަށް ފިލުމަށް އެހީވެދެއެވެ.

މުގޮށިމީދާގެ އާއިލާގައި ހަތް ވައްތަރުގެ މީދާ އުޅެއެވެ. އޭގެ ތެރޭގައި ގަސްތަކުގައި އުޅޭ މުގޮށިމީދާ، ބިންމަތީގައި އުޅޭ މުގޮށިމީދާ، ޗިޕްމަންކް، މާމޯޓްސް، އުދުހޭ މުގޮށިމީދާ އަދި ޕްރައިއާ ޑޮގްސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. 😝

    ލަދު ގަންނަނީ ކޮން ކަމަކައް ކަމެ ނުބުނަމެއް ނޫން.ހާދަ ހެއްވައެ ދޯ ޙަބަރް ލިޔޭ މީހުން ވެސް

  2. ސަޒަން

    ބޯހަލާކު، ލަނދުގަންނަކަން އެގުނުގޮތެއްވެސް ބުނެއެއްނުދެވުނު! އެކަމަކު ސުރުހީގައި ޖަހަނީ މިހެންބުނެ މީދެން ތަަަންފުކެއްބޮޑުވަރެއް.... ރަންގަލަމެއްވެސްނޫން މިމީހުންނައްދޭންވީކީ.....