އެމެރިކާގެ މިނެސޯޓާގެ މިސްކިތެއްގައި 2017 ވަނަ އަހަރުގެ އޮގަސްޓްމަހުގެ ފަސް ވަނަ ދުވަހު ބޮން ގޮއްވާލި ކަމުގެ ކުށް ސާބިތުވިމީހާ 53 އަހަރަށް ޖަލަށްލުމަށް ހުކުމް ކޮށްފިއެވެެ.

މިސްކިތުގައި ބޮން ގޮއްވާލުމުގެ ކުށް ސާބިތުވެ ޖަލަށްލުމަށް މިދިޔަ ހޯމަ ދުވަހު ހުކުމް ކޮށްފައިވަނީ، މިނެސޯޓާގައި ހަރަކާތްތެރިވާ ހަތިޔާރުއެޅި ޖަމާއަތެއްގެ ލީޑަރެއްކަމަށްވާ އުމުރުން 50 އަހަރުގެ އެމިލީ ކްލަޔަރ ހަރީ ނަމަކަށް ކިޔާ މީހެއްގެ މައްޗަށެވެ.

އޭނާގެ މައްޗަށް ދައުވާ ކޮށްފައިވަނީ މިނެސޯޓާގެ ބްލޫމިންޓަންގައި ހުންނަ ދާރުލް ފާރޫގް އިސްލާމިކް ސެންޓަރުގައި 2017ވަނަ އަހަރު ބޮން ގޮއްވާލި ކަމަށް ބުނެއެވެ. އަދި އެ ދައުވާ އޭނާގެ މައްޗަށް ސާބިތުވެފައިވާއިރު، ބޮން ގޮއްވާލާފައި ވަނީ މުސްލިމުން ފަތިސް ނަމާދަށް ތިއްބަައި ކަމަށާއި، މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ވެފައިނުވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

މި މައްސަލައިގެ ހުކުމް އިއްޔެ އިއްވާފައިވީ ކަމުގައި ވިޔަސް، ޝަރީއަތްތަކަށް ފަހު އޭނާ ކުށްވެރި ވެފައިވާ ކަމަށް ނިންމާފައިވަނީ މިދިޔަ އަަރުގެ ޑިސެމްބަރު މަހުއެވެ. މިލީ ކްލަޔަރ ހަރީ ރާވައި ހިންގި މި އަމަލަކީ ނިރުބަވެރިކަމުގެ އަމަލެއް ކަމަށް ހުކުމް އިއްވަމުން ކޯޓުގެ ފަނޑިޔާރު ވިދާޅުވިއެވެ. އަދި މިއީ ނިރުބަވެރި އަމަލަކަށް ވުމާއެކުއެ ފަނޑިޔާރު އިއްވީ 53 އަހަރުގެ ޖަލު ހުކުމެކެވެ.

ރޮސިކިއުޓަރުން ކޯޓުގައި ބުނެފައިވަނީ، މިސްކިތުގައި ބޮން ގޮއްވާލާފައިވަނީ "ދަ ވައިޓް ރެބިޓްސް" ނަމަކަށްކިޔާ ހަތިޔާރުއެޅި ގްރޫޕަކުން ކަމަށާއި، އެ ގްރޫޕްގެ ލީޑަރަކީ އެމިލީ ކްލަޔަރ ހަރީ ކަމަށެވެ. އަދި މި ޖަރީމާގައި އިލިނޮއިސްއަށް ނިސްބަތްވާ މީހުން ކަމަށާއި، އެމީހުން މިނެސޯޓާގެ މިސްކިތަށް ހަމަލާދޭން ގޮސްފައިވަނީ ޕިކަޕެއް ކުއްޔަށް ހިފައިގެން ކަމަށް ބުނެފައިވެއެވެ.

މި މައްސަލައާއި ގުޅިގެން އެފްބީއައިއިން މީހުން ހައްޔަރު ކޮށްފައިވަނީ 2018 ވަނަ އަހަރުއެވެ. އަދި މި ޖަރީމާގައި އަމަލީގޮތުން ބައިވެރިވި ކަމަށް ބުނާ އިތުރު ދެމީހެއްގެ މައްޗަށް 2019ވަނަ އަހަރު ހުކުމް އިއްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢަހުމަދުވަގާރު

    ޙުސް ދޮގު.ނަސާރާއިން ހެވެއް ނޭދޭނެ ކަމަށް އެ އޮތީ

    1
    8
  2. މަހުދީ

    މީނާ ހީވަނީ އިސްލާމްވާނެހެން