އިންޑިއާގައި ކޮވިޑް-19އިން ދިފަާއުވުމަށް ވެކްސިން ތައްޔާރުކޮށް، އެ ވެކްސިން އެކްސްޕޯޓު ކުރަން ވަރަށް އަވަހަށް ފަށާނެ ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.

އިންޑިއާގެ އިދާރާއަކުން މައުލޫމާތު އިނގޭވަރުގެ މަސްދަރަކާއި ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށް ބުނެފައިވަނީ އިންޑިއާއިން ވެކްސިން އެކްސްޕޯޓު ކުރަން ނިންމާފައިވަނީ އެފްރިކާ ބައްރުގެ ގައުމުތަކަށް އަމާޒުކޮށް ކަމަށެވެ.

ދުނިޔޭގެ އެންމެ ގިނައިން ވެކްސިން ތައްޔާރުކޮށް، ދުނިޔޭގެ ގައުމުތަކަށް ވެކްްސިން ފޮނުވަމުން އަންނަ އިންޑިއާއިން ވެކްސިން އެކްސްޕޯޓު ކުރުން ހުއްޓާލަައިފައިވަނީ މިދިޔަ އެޕްރީލް މަހު އެގައުމުގައި ކޮވިޑް ވޭދަނަތައް އިތުރުވެފައިވާތީއެވެ. އޭރު އިންޑިއާގެ ވެކްސިން ތައްޔާރުކުރާ ކުންފުނިން ބުނެފައިވަނީ ވެކްސިން އެކްސްޕޯޓު ކުރުން ހުއްޓާލީ ގައުމުގެ ރައްޔިތުންނަށް ވެކްސިން ދިނުމަށް ހާއްސަ އިސްކަމެއް ދިނުމުގެ ގޮތުން ކަމަށެވެ.

މިހާރު އެގައުމުގެ އާބާދީގެ 61 އިންސައްތަ މީހުންނަށް ވެކްސިންގެ ދެ ޑޯޒް ޖަހައި ވެކްސިން ފުރިހަމަ ކޮށްފައިވާއިރު އިންޑިއާ ސަރުކާރުގެ އަމާޒަކީ ޑިސެމްބަރު މަހުގެ ނިޔަލަށް 944 މިލިއަން މީހުންނަށް ވެކްސިން ޖެހުމެވެ.

"ވެކްސިން ޑީލް އަކީ ނިމިފަ އޮތް ޑީލެއް. އިންޑިއާއިން ބޭނުންވަނީ ކޮވިޑް އޮޕަރޭޝަން ކުރުމުގައި ރޯލް މޮޑެލްއަކަށްވެ، އެފްރިކާ ބައްރުގެ ގައުމުތަކަށް ވެކްސިން ފޯރުކޮށްދޭން" ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް ބައިނަލްއަޤްވާމީ މީޑިއާތަކަށް މައުލޫމާތު ދީފައިވާ އޮފިޝަލަކު ބުނެފައިވެއެވެ.

އިންޑިއާއިން ވެކްސިން އެކްސްޕޯޓު ކުރުން ހުއްޓާލުމުގެ ކުރިން އެގައުމުން ވަނީ 100އެއްހައި ގައުމަށް 66 މިލިއަން ޑޯޒް ވެކްސިން ފޮނުވާފައެވެ. މިހާތަނަށް ދުނިޔެއިން 5.7 ބިލިއަން މީހުން ވެކްސިން ޖަހާފައިވާއިރު، އެފްރިކާގައި ވެކްސިން ޖަހާފައިވަނީ 2 އިންސައްތަ މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ދެން ތިޖެހުނީ މަހަކު ޑޯޒް އެއް ޖަހަފަ ދުވާލުބދެއިތު ދެ ޑޯޒް ބޯން.

  2. މަޖްބޫރިއްޔާތް ބިން ޚަލީފާ

    ރޯލް މޮޑެލް އަކަށް ހަދާދޭނެ ރާއްޖެ.މިކޮޅާ ހަވާލު ކުރޭ ތިއެތިވަރުތަށް. ކޮވިޑް ށީލްޑް އެހާ ބާވަރު ސައިޑް އެފެކްޓްސް ފެންނައިރުވެސް އޭތި ގެނެސް މިގައުމުގަ ތަޅާ ހުސްއަރުވާލާ. އެކަމާ ހުރެ ބައެއް ގައުމުތަކުން މަނާކުރީމަވެސް މިގައުމުން އިތުރުބެލުމެއްނެތި ބާރަށް ކުރިޔަށް ގެންދަނީ. ބޮޑަށް ރަގަޅު ހެން ހީވާ ސިނޮފާމް އަދި ފާއިޒާ ކަހަލަ ވެކްސިނެއް ހޯދަން އުޅޭނަމަވެސް ވަރަށް ރަގަޅު. ވަރުގަދަ އެޗް ޕީ އޭ އެއްމިޔޮތީ.