ކޮވިޑް-19 ގެ ސަބަބުން އިންޑިއާގެ ހާލަތު ގޯސްވެފައިވާތީ ފަތުރުވެރިކަމަށް ވިސާ ދޫނުކުރާތާ އަހަރެއްހާ ދުވަސް ފަހުން އަލުން ވިސާ ދިނުމަށް ހުޅުވާލައިފިއެވެ.
އިންޑިއާގެ ހޯމް މިނިސްޓްރީގެ އޮފިޝަލަކާ ހަވާލަދީ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި ފަތުރުވެރިކަމަށް ވިސާދިނުމަށް ކަމާބެހޭ އިދާރާތަކާ މަޝްވަރާކުރަން ތައްޔާރުވަމުންދާ ކަމަށެވެ. އެގޮތުން މިއަދު ހޯމް ސެކްރެޓަރީ އާ މަޝްވަރާ ކުރާނެ ކަމަށް އޭނާ ބުންޏެވެ.
މިދިޔަ އަހަރުގެ މާރިޗް މަހުން ފެށިގެން އިންޑިއާއިން ވަނީ ފަތުރުވެރިކަމަށް ވިސާ ދޫކުރުން ހުއްޓާލައިފައެވެ. އެއީ ކޮވިޑް-19 ގެ ހާލަތު ގޯސްވެ އިންޑިއާ ފުރަތަމަ ފަހަރަށް ފުރަބަންދު ކުރި ދުވަސްވަރެވެ.
އޭގެ ފަހުން ފަތުރުވެރިކަމަށް ދޫކުރާ ވިސާ ފިޔަވައި އެހެން ބައެއް ވިސާތައް ދޫކުރުން ވަނީ ހުއްދަ ދީފައެވެ. އޭގެ ތެރޭގައި ވިޔަފާރިއަށް ދޫކުރާ ވިސާ އާއި ވަޒީފާތަކަށް ދޫކުރާ ވިސާ އާއި މެޑިކަލް ވިސާ ހިމެނެއެވެ.
ގަލްފުގެ ބައެއް ގައުމުތަކުން މިހާރުވެސް ފަތުރުވެރިކަމަށް ވިސާ ދޫކުށްފައިވާ އިރު އެ ގައުމުތަކަށް ދަތުރުކުރާ ފަތުރުވެރިންގެ އަދަދު ވަނީ މިހާރު އިތުރުވެފައިކަން ފާހަގަ ކުރެވެއެވެ.
އިންޑިއާއަކީ ފަތުރުވެރިން ގިނަ ޢަދަދަކަށް ދަތުރުކުރާ ގައުމުކަމަށްވާއިރު ވިސާ ދޫކުރުން ހުއްޓުމުގެ ކުރިން އެ ޤައުމަށް ކޮންމެ މަހަކު ހަތެއް ނުވަތަ އަށް ލައްކަ ފަތުރުވެރިން ޒިޔާރަތް ކުރެއެވެ.
އަވަށްޓެރި އިންޑިޔާގެ ކޮވިޑްގެ ހާލަތަށް ބަލާއިރު ފާއިތުވި 24 ގަޑިއިރު އެ ގައުމުން ކޮވިޑުގެ 27,176 ކޭސް ފެނި 284 މީހުން ވަނީ މަރުވެފައެވެ.
ދިވެހިންނަށް ދެވޭގޮތެއް ހަދާދީފިއްޔާ ރަނގަޅު!