ޗައިނާގެ ފޫޖިއަން ޕްރޮވިންސުގެ އައްސޭރީގައި އޮންނަ ފަތުރުވެރިންގެ މަންޒިލެއް ކަމަށްވާ ޒިއާމެން އިން ކޮވިޑްގެ ދެ ވޭދަނަ ފެނި އެ ޕްރޮވިންސް ފުރަބަންދުކޮށްފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ފޫޖިއަން ޕްރޮވިންސުން ކޮވިޑް ޖެހުނު އެކަކާއި ޕޫޓިއަން ޕްރިވިންސުގެ މީހަކާއި ވަނީ ބައްދަލުވެފައެވެ. ފާއިތުވި ހުކުރު ދުވަހުން ފެށިގެން ޕޫޓިއަން ޕްރޮވިންސުން 64 މީހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ.

ކުރިޔަށް އޮތް ޗުއްޓީއާއި އެކެއް އޮކްޓޯބަރުގައި އޮންނަ ގައުމީ ޗުއްޓީއާ ދިމާކޮށް ޗައިނާގެ އެކި ސަރަހައްދުތަކުން ފޫޖިއަން ޕްރޮވިންސަށް ދާ ފަރާތްތަކަށް އެ ސިޓީއަށް ދިއުމަށް މިހާރު ވަނީ ހުރަސްތަކާއި ކުރިމަތިވެފައެވެ.

ޗުއްޓީ އާ ދިމާކޮށް ޒިއާމެން ޕްރޮވިންސަށް 2.71 މިލިއަން ފަތުރުވެރިން ޒިޔާރަތް ކުރާއިރު އެ ޕްރޮވިންސާއި ސައިމިންގ ޑިސްޓްރިކް ވެސް ވަނީ ކޮވިޑާއި ގުޅިގެން ފުރަބަންދުކޮށްފައެވެ. ސައިމިންގ ޑިސްޓްރިކް ގައި ގިނަ ޢަދަދެއްގެ ފަތުރުވެރިން ޒިޔާރަތް ކުރާ ތަންތަން ހުރެއެވެ. ކޮވިޑާއި ގުޅިގެން ކުރިޔަށް އޮތް މަހެއްހާ ދުވަހު އެ ސިޓީގެ ފަތުރުވެރިކަމަށް ބޮޑު ގެއްލުމެއް ވާނެ ކަމަށް ތަޖުރިބާކާރުން ލަފާލުކުރެއެވެ.

ޕޫޓިއަން ޕްރޮވިންސުން ކޮވިޑް ފެނި އިތުރު ދެ ސަރަހައްދަކަށް އެ ސިޓީއިން ކޮވިޑް ޖެހިފައިވާ މީހުން ވަނީ ދަތުރުކޮށްފައެވެ.

ދުނިޔޭގައި ކޮވިޑް-19 ފުރަތަމަ ފެނުނު އެއް ގައުމަކީ ޗައިނާއެވެ. އެޤައުމުން ކޮވިޑް ފެނުނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ.

ކިޔުންތެރިންގެ ހިޔާލު