އަފްޣާނިސްތާން ރައްޔިތުންގެ އަމަލުތަކަށް ފާރަވެރިވެ، އެމީހުންގެ އަމަލުތައް މޮނިޓާ ކުރުމަށް ތާލިބާން ޖަމާއަތުން ޗައިނާގެ ސައިބާ ފާރަވެރިން އައްޔަން ކޮށްފިއެވެ.

ޗައިނާގެ ވެރިރަށް ބެއިޖިންގްއިން ތާލިބާނުންނަށް ފޯނު ކޯލުތަކާއި، ލޭންޑް ލައިންގެ ކޯލުތައް ބަލައި، އިންޓަނެޓާއި މީސް މީޑިއާ ބޭނުންކުރަމުން ދާއިރު މޮނިޓާ ކުރާނެ އުކުޅުތައް ކިޔައިދިނުމަށް އެގައުމުގެ އެންމެ ވަރުގަދަ މުވާސަލާތީ މާހިރުން ކާބުލްއަށް ފޮނުވާފައިވާ ކަމަށް ރިޕޯޓު ކޮށްފައިވެއެވެ.

ދެކުނުގެ އިންޓެލިޖެންސް މަސްދަރުތަކުން ރިޕޯޓު ކޮށްފައިވާ ގޮތުން ޗައިނާގެ ފާރަވެރިން ބޭނުންކޮށްގެން ތާލިބާނުން މަސައްކަތް ކުރަމުންދަނީ ސަރުކާރާއި ދެކޮޅަށް މީސް މީޑިއާގައި އަޑުފެތުރުން ހުއްޓުވުމަށް ކަމަށެވެ. މީގެ ކުރިން މިފަދަ ހާދިސާއެއް މެދު އިރުމަތީގައި ހިނގާފައިވާކަން އެ ރިޕޯޓުގައި ފާހަގަ ކޮށްފައިވެއެވެ.

އެމެރިކާގެ އިންޓެލިޖެންސުން ބުނީ ޗައިނާއިން ތާލިބާނާއި ގުޅުންބަދަހިކުރަން މަސައްކަތްކޮށް، މި ދުވަހަށް އިންތިޒާރު ކުރާތާ އެތައް އަހަރެއް ވެފައިވާ ކަމަށެވެ.

ޗައިނާ އަކީ އަހަރުތަކެއް ވަންދެން ރައްޔިތުންގެ މުވާސަލާތީ ގުޅުންތައް ކޮންޓްރޯލްކޮށް، ފޯނުތަކާއި މީސް މީޑިއާ އަދި އިންޓަނެޓް ބޭނުންކުރަމުންދާ ރައްޔިތުން މޮނިޓާ ކުރަމުން އަންނަ ގައުމެކެވެ.

މިދިޔަ ހަފްތާގައި ނޫސްވެރިންނަށް ތާލިބާނުން ހަމަލާދިނުމާއި، މިހާރު އިންޓަނެޓާއި ފޯނު މެދުވެރިކޮށް އަފްޣާނިސްތާނުގެ ރައްޔިތުން މޮނިޓާ ކުރުމަށް ތާލިބާނުން މަސައްކަތް ކުރަމުންދާތީ އެ ޖަމާއަތުން އަންހެނުންގެ ހައްގުތައް ރައްކާތެރިކޮށްދީފާނެ ކަމާއިމެދު ބައެއް ފަރާތްތަކުން އަންނަނީ ޝައްކު އުފައްދަމުންނެވެ.

ޗައިނާ އެކޭ އެއްގޮތަށް އަފްޣާނިސްތާނުގައި ވެސް ސާވައިލެންސް ސިސްޓަމެއް ގާއިމްކުރުމުން މިހާރަށްވުރެ ބޮޑަށް އަފްޣާނިސްތާން ރައްޔިތުންގެ މައްޗަށް ޗައިނާގެ ނުފޫޒު ފޯރުވަމުންދާނެ ކަމަށް ނޭޝަނަލް ރެސިސްޓެންސް ފްރޮންޓް ފަދަ ގުރޫޕުތަކުން ލަފާކޮށް ބުނެފައިވެެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޔޫސުފް

    ތަލަބާބުން އަންސާނީ އިންސާނީ ހައްގު ތަކަށް އަރައިގެންފާނެކަމުގެ ވާހަކަ ދައްކަމުން ގެންދާއިރު
    އެމެރިކާ ސިފައިން އަފްޅާނިސްތާނުގާ އިންދާނީ ހައްގުތައް ހިމާޔަތްކުރަން ކުރިކަމަކީ އަންހެނުން ރޭޕުކުރުން.އެތާނގެ މީހުންނަށް މަސްތުވާތަކެތީގެ މަގުފަހިބކޮށްދިނުން ކައިވެނި ޕާޓީތަކަށް ހަމސލާދިނުން އެއެއް މިއެއް ނުބަލާއާއްމު މީހުންނަށް ހަމަލާދީމެރުން.
    އެތަނުގާ އެމީހުން ތައއޔާރު ކުރި ލަޝްކަރުގެ ފެންވަރު!؟

    4
    5
  2. އަލްޖިބްރާ

    ޔޫ ސުބާ ކަލޭ ހަމަތަ؟