އައިއެސް އިން އަފްޣާނިސްތާނުގައި ބޮމުގެ ތިން ހަމަލާ ދީފިއެވެ.
އައިއެސްއިން އެގައުމުގައި ދިން ބޮމުގެ ހަމަލާގެ ސަބަބުން 2 މީހަކު މަރުވެ، 20އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށް ބައިނަލްއަޤްވާމީ މީޑިއާތަކުން ރިޕޯޓު ކުރެއެވެ.
ތާލިބާން ޖަމާއަތުގެ އުޅަނދުތަކަކަށް އަމާޒުކޮށް މިއަދު އަފްޣާނިސްތާނުގެ ޖަލާލްއާބާދުގައި ބޮމުގެ ތިން ހަމަލާއެއް ދީފައިވާއިރު، މިއީ އެގައުމުން އެމެރިކާގެ ސިފައިން ފާބައި ތާލިބާނުން އެގައުމުގެ ވެރިކަމާއި ރަސްމީކޮށް ހަވާލިފަހުން އައިއެސްއިން ދިން ފުރަތަމަ ހަމަލާކަން ފާހަގަ ކޮށްލެވެއެވެ.
މިހާތަނަށް އެއްވެސް ޖަމާއަތަކުން މި ހަމަލާގެ ޒިންމާ ނަގާފައެއް ނުވެއެވެ. ނަމަވެސް، އެ ސަރަހައްދުގައި ތާލިބާން ޖަމާއަތާއި ދެކޮޅަށް މަސައްކަތް ކުރަމުން އަންނަނީ އައިއެސް ކަމަށްވާތީ ތުހުމަތު ކޮށްފައިވަނީ އައިއެސް އަށެވެ.
މި ފަހަކަށް އައިސް އަފްޣާނިސްތާނުގައި ނިރުބަވެރި ހަމަލާތައް އިތުރުވެފައިވާއިރު، މިދިޔަ މަހު އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގެ އެއާޕޯޓުގައި ބޮމުގެ ހަމަލާއެއް ދީފައިވާ ކަމަށް އައިއެސްއިން ބުނެފައިވެއެވެ. އަދި އެ ހަމަލާގައި 170އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، އޭގެ ތެރޭގައި އެމެރިކާ ސިފައިންގެ 13 މީހަކު ހިމެނެއެވެ.
ހާދަ ކުރޭ
ތިޔާއީ އައިއެސްގެ ހަމަލާ އެއް ނޫނޭ ތިޔާއީ އެމެރިކާ އިން ސްޕޮންސަރ ކޮށްގެން އެމެން ދީފައިވާ ހަމަލާ އެކޭ ތިޔާއީ މަމެން ނުދަންނަ ކަމެއް ނޫނޭ ތިޔާއީ ސީއައިއޭ އަޑީގައި އޮވެގެން އެމެން ކުރާ ކަމެކޭ އެމެރިކާ ޑައުން އެމެރިކާ ޑައުން އެމެރިކާ ޑައުން އެމެރިކާ ޑައުން އެމެރިކާ ޑައުން އެމެރިކާ ޑައުން އެމެރިކާ ޑައުން އެމެރިކާ ޑައުން އެމެރިކާ ޑައުން އެމެރިކާ ޑައުން އެމެރިކާ ޑައުން އެމެރިކާ ޑައުން އެމެރިކާ ޑައުން އެމެރިކާ ޑައުން އެމެރިކާ ޑައުން އެމެރިކާ ޑައުން އެމެރިކާ ޑައުން އެމެރިކާ ޑައުން އެމެރިކާ ޑައުން އެމެރިކާ ޑައުން އެމެރިކާ ޑައުން އެމެރިކާ ޑައުން އެމެރިކާ ޑައުން އެމެރިކާ ޑައުން އެމެރިކާ ޑައުން އެމެރިކާ ޑައުން އެމެރިކާ ޑައުން އެމެރިކާ ޑައުން އެމެރިކާ ޑައުން އެމެރިކާ ޑައުން
ތިޔޭ އަފްގާނު މުސްލިމުންނަށް ކަމުދާ ގޮތަކީ. ދުވާލަކު ބޮމެއް ނުގޮވައިފިނަމަ މުސްލިމް ގައުމެކޭ ކިޔަން ލަދުގަންނަންވާނެ
އެމެރިކާއާ ދެކޮޅު ކޮންމެ ބަޔަކަށް އައިއެސް އިން ހަމަލާދޭ! އިއްތިފާގެއްތަ؟
މުސްލިމުން މުސްލިމުންނާ މިތަޅަނީ މީގެ ތެރެއިން ކޮންބައެތްބާ ރަނގަޅީ ދެފޮތަކުން ކިޔަވައިގެން އުޅޭ ބައެތްތަ