މައްކާގެ ކައުބަތުﷲ ގެކެފުޅުގައި އަލިފާން ރޯކޮށްލަން މަސައްކަތް ކުރި މީހަކު ހުއްޓުވައިފިއެވެ.

ސައުދީގެ ބައެއް މީޑިއާ ތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ޑެންމާކް ނިސްބަތްވާ މީހެކަމަށް ބެލެވޭ މީހަކު މާތް ވެގެންވާ ގެފުޅުގައި ރޯކޮށްލަން މަސައްކަތް ކޮށްފައިވާ ކަމަށެވެ.

ކައުބަތުﷲ ގެފުޅުގައި ރޯކޮށްލަން އެމީހާ މަސައްކަތް ކުރި ވީޑިއޯ މީސް މީޑިއާގައި ވަނީ އާންމުވެފައިވެއެވެ. ވީޑިއޯއިން ފެންނަ ގޮތުގައި، އެމީހާ ގެފުޅު ކައިރިއަށް ޕެޓްރޯލް ފުޅިއެއް ހިފައިގެން ގޮސް، ގެފުޅަށް ޕެޓްރޯލް އުކައެވެ.

ޕެޓްރޯލް އުކުމަަށް ފަހު އަލިފާން ރޯކުރެވުމުގެ ކުރިން އެތަނަށް އެއްވެ ތިބި މީހުން އެމީހާ ހުއްޓުވާ މަންޒަރު މި ވީޑިއޯއިން ފެނެއެވެ، އޭގެ ފަހުން ސައުދީ ސިފައިން އެތަނަށް ގޮސް އެމީހާ ހައްޔަރު ކޮށްގެން ގެންދެއެވެ.

މީގެ ކުރިން ވެސް ވަނީ ކާބާގައި ތަފާތު ގިނަ މިފަދަ ހާދިސާތަަށް ހިންގާފައެވެ. އޭގެ ތެރޭގައި މާތްވެގެންވާ ހަރަންފުޅުގައި މީހަކު އަމިއްލަ ގައިގަ ރޯކޮއްލައި އަމިއްލަޔަށް މަރުވާން މަސައްކަތް ކުރުންވެސް ހިމެނެއެވެ.

މިހާދިސާ މިހާރު ތަހުގީގު ކުރަމުންދާއިރު ދާދިފަހުން ވަނީ އުމުރުން 35 އަހަރުގެ ޕާކިސްތާނަށް ނިސްބަތްވާ މީހަކާއި އުމުރުން 26 އަހަރުގެ ބަންގުލަދޭސް އަށް ނިސްބަތްވާ މީހަކު މަސްޖިދުލްޙަރާމްގެ އެންމެ މަތިން ފުންމާލައިގެން އަމިއްލަޔަށް މަރުވެފައެވެ. އެދެ މީހުންވެސް ފުންމާލައިފައިވަނީ މީހުން ތަވާފްކުރާ ތަނަށް ކަމަށް ސައުދީގެ ފުލުހުން ބުނެއެވެ.

ހާދިސާއަށް ފަހު، ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މުސްލިމުން ވަނީ ކަންބޮޑުވުން ފާޅު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ގޮއްޔެ

    ތިމީހާ ތިކުރީ ފޫނެޠްފަޔަށް ފެންފުރުން ކަހަލަ ކަމެއް.
    ތިމީހަކަށް ހަލާކު ހުރި?

  2. އަހުމަދު

    އެމީހާއަށް ހަލާކު ހުރި!!!!!

  3. Anonymous
  4. ޖޭން

    ޑެންމާކްދޯ. އަންނިގެ ފްރެންޑް. އަންނި ވަރަށް އުފާވާނެ

  5. ރަސީދާ

    އުމަރާ ހަވާލުކުރޭ ތި މީހާ..

  6. ކެނެރީ މުގާބޭ

    ނަސީދުގެ ޑެންމާކުތި

  7. ނަސީރު

    ޑެންމާކު ސަޕޯޓަރުންވެސް އެހެންވިއްޔާ މިކަމުގައި ހިމެނޭނެތާ ތިބުނާ ގޮތުން ، ދިވެހިންގެ ތެރޭގަވެސް މިކަހަ މޮޔަ ގަމާރު މީހންވެސް ހާދަޙަޔޭ ގިނައީ މިއޮއްަޒަމާނު.ގައި ، އަޅެ ތިވަރުން ކޮމަންޓް ނުކޮއްބަލަ

  8. މީ

    ??????

  9. ކާކު؟

    ޖުހައިމާން ކޮބާ؟

  10. އަހުމަދު ސާކިރު

    އެމީހާއަށް ހަލާކު ހުރި!!!!!