ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމުގައި މިހާރު ހުންނެވި ޓެޑްރޯސް އަދަނޮމް ގްބްރެޔޫސަސް މަގާމުގެ ދައުރު ހަމަވުމުން ކުރިއަށް އޮތް ދައުރަށް ވެސް ކުރިމަތިލައްވަން ނިންމަވާފައިވާ ކަމަށާއި ނަމަވެސް އޭނަ އަށް މަގާމަށް އާދެވޭނެ ގޮތެއް އަދި ފެންނަން ނެތް ކަމަށް ބައިނަލްއަޤުވާމީ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ޑަބްލިއުއެޗްއޯގެ ސެކެޓްރީ ޖެނެރަލްގެ މަގާމަށް ވަޑައިގަންނަވަން އެއްވެސް ބޭފުޅަކު ޝައުގުވެރިކަން ފާޅުކޮށްފައެއް ނުވެއެވެ. އެހެންކަމުން ބެލެވެނީ އެމަގާމަށް ކުރިމަތިލާނީ ޓެޑްރޯސް އެކަނި ކަމަށެވެ. ނަމަވެސް އޭނާ އަށް ދިމާވެފައިވާ މައްސަލައަކީ އޭނާ ނޮމިނޭޓް ކުރަން އޭނާގެ ގައުމު އިތިއޯޕިއާ އިން ބޭނުން ނުވުމެވެ.

ޑަބްލިއުއެޗްއޯގެ ސެކެޓްރީ ޖެނެރަލްގެ މަގާމަށް ކުރިމަތިލުމުގެ މުއްދަތު މިހަފްތާގައި ހަމަވާއިރު އިތިއޯޕިއާ ސަރުކާރާއި ޓެޑްރޯސްއާއި ދެމެދު އޮތް ނުތަނަވަސް ކަމުގެ ސަބަބުން ޓެޑްރޯސްގެ ނަން ޑަބްލިއުއެޗްއޯގެ ސެކެޓްރީ ޖެނެރަލްގެ މަގާމަށް އިތިއޯޕިއާ އިން ނޮމިނޭޓް ނުކުރާނެކަން މިހާރު ވަނީ ކަށަވަރު ވެފައެވެ.

އިތިއޯޕިއާ ސަރުކާރުން ބުނާ ގޮތުގައި ޓެޑްރޯސް އަކީ ކުށްވެރިއެކެވެ. މިހާރު އިތިއޯޕިއާގެ ވެރިކަމުގައި ތިބީ ޓެޑްރޯސް ހެލްތު މިނިސްޓަރުގެ މަގާމުގައި ހުންނެވިއިރު އޭނާ އާއި ދެކޮޅު ސިޔާސީ ފަރާތްތަކުންނެވެ.

2017 ވަނަ އަހަރު ޑަބްލިއުއެޗްއޯގެ ސެކެޓްރީ ޖެނެރަލްގެ މަގާމަށް ވަޑައިގެންނެވި ޓެޑްރޯސް އަކީ ކުރިން އިތިއޯޕިއާގެ ހެލްތު މިނިސްޓަރު ކަން ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ އަކީ ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމަށް ވަޑައިގެންނެވި އެފްރިކާގެ ގައުމަކަށް ނިސްބަތްވާ ފުރަތަމަ ބޭފުޅާއެވެ.

ޓެޑްރޯސްގެ ލީޑާޝިޕްގައި އެބޯލާ ކޮންޓްރޯލް ކުރުމުގައި ކާމިޔާބު މަސައްކަތްތަކެއް ކުރެވުނު ނަމަވެސް ކޮވިޑް ކޮންޓްރޯލް ކުރުމުގައި ޑަބްލިއުއެޗްއޯ ފެއިލް ވެއްޖެކަމަށް ބުނެ ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައެވެ.

ޓެޑްރޯސް ދެވަނަ ދައުރަކަށް ކުރިމަތިލައްވާއިރު އޭނާ އަށް އޮތް ޕްރެޝަރު ވަނީ ބޮޑުވެފައެވެ. ޗައިނާ އިން ގެންދަނީ ޑަބްލިއުއެޗްއޯގެ ހިންގުމުގެ ނިޒާމަށް ބަދަލުތައް ގެންނަން ޖެހޭކަން ފާޅުކަން ބޮޑުގޮތެއްގައި ހާމަކުރަމުންނެވެ. އެހެންކަމުން ޗައިނާގެ ތާއިދު މިފަހަރު ޓެޑްރޯސް އަށް ނެތުން ވެސް އެކަށީގެންވެއެވެ.

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި ޑަބްލިއުއެޗްއޯ އަށް ވަރަށް ބޮޑަށް ފާޑުކިޔާފައި ވެއެވެ. ނަމަވެސް ޓްރަމްޕްގެ ވެރިކަން ނިމި ބައިޑެންގެ ސަރުކާރުން ވަނީ ޑަބްލިއުއެޗްއޯ އާއި ގުޅުން ބަދަހިކުރަން ފަށާފައެވެ. އެމެރިކާގެ ތާއިދު މިފަހަރު ވެސް ޓެޑްރޯސްއަށް ލިބޭނެ ކަމަށް ބެވެލެވެއެވެ.

އިތިއޯޕިއާގެ ތާއިދު ޓެޑްރޯސްއަށް ނުލިބުނު ނަމަވެސް އެފްރިކާގެ ގިނަ ގައުމުތަކުގެ ތާއިދު އޭނާ އަށް އެބައޮތެވެ.

ޑަބްލިއުއެޗްއޯގެ ސެކެޓްރީ ޖެނެރަލްގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުން އޮންނާނީ 2022 ވަނަ އަހަރުގެ މެއި މަހު ބާއްވާ ވޯލްޑް ހެލްތު އެސެމްބްލީގައެވެ. 194 ގައުމަކުން ޑަބްލިއުއެޗްއޯގެ ސެކެޓްރީ ޖެނެރަލަކު އިންތިހާބު ކުރުމުގައި ވޯޓް ދޭނެއެވެ.

ޑަބްލިއުއެޗްއޯގެ ސެކެޓްރީ ޖެނެރަލްގެ އިންތިހާބު ކައިރިވަމުން އައި ނަމަވެސް އިންތިހާބާއި ގުޅޭ ގޮތުން ވާހަކަ ދައްކަވަން ޓެޑްރޯސް ގެންދަވަނީ ދެކޮޅު ހައްދަވަމުންނެވެ. ދާދިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ ވިދާޅުވީ ދެވަނަ ދައުރަކަށް ވާދަކޮށް އިންތިހާބު ކާމިޔާބު ކުރުމަށްވުރެ ބޮޑަށް އޭނާ މިހާރު ވިސްނަވަނީ ކޮވިޑްގެ ބަލިމަޑުކަމުން އަރައިގަނެވޭނެ ގޮތްތަކާއި ގުޅޭ ގޮތުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މޯރޑިސް މީހާ

    މައިމޫނާއްތަ ހުރީ ކުރިމަތިފުޅުލައްވަން ތައްޔާރަށް ތަމެންހޮޅިވާހަކަނުދައްކާ! ޑަބްލިއުއެޗްއޯގެ ސެކެޓްރީ ޖެނެރަލްގެ މަގާމަށް ވަޑައިގަންނަވަން މައިމޫނާއްތަ ކުފޫ ހަމަވޭ
    އިޓްސް ޑެފިނިޓްލީ ކަމިން ހޯމް

    5
    1
    • ޙާލަތު

      ދެން އަނެއްކަ މައިމޫނައްތަ ވެސް ޝާހިދު ގޮތަށް ސޮލީބު ކުރިމަތީތަ ހުވާކުރާނީ؟؟؟ އަދި އޭގެން އަޅުކަމެއްގަވެސް ބައިވެރިވާނެތަ؟؟؟ އިފް ސޯ ވީ ޑޯންޓް ވާންޓް މައިމޫނާއްތަ އަށް އެހެންވާން.

  2. ތީރު

    ރާއްޖޭގަ އެބަހުރި ކެރަފާ ނަސީމް ކިޔާ ވަރަށް މޮޅޫ މީހެއް