އިންޑިއާގެ އަވަށެއްގައި ކުޑަކުދިން ކައިވެނި ކުރުމަށް ހުއްދަ ދީފިއެވެ.

ރަޖަސްތާނުގައި ކައިވެނި ރެޖިސްޓްރީ ކުރުމުގެ ބިލަށް އިސްލާހު ގެނެސްފައިވާއިރު، އޭގައި ބުނާގޮތުންނަމަ ކުޑަކުދިންގެ ކައިވެނިތައް ވެސް ރެޖިސްޓްރީ ކުރެވޭނެއެވެ. އަދި ބިލުގައި ބުނެފައިވަނީ އެކުދިންގެ ކައިވެނީގެ މައުލޫމާތު ފުރިހަމަ ކުރަން ޖެހޭނީ ބެލެނިވެރިއަކު ކަމަށާއި، ކައިވެނީގެ 30 ދުވަހުގެ ތެރޭގައި މައުލޫމާތު ފުރިހަމަ ކޮށްފައިވާން ޖެހޭނެ ކަމަށް ބުނެފައިވެއެވެ.

ރަޖަސްތާނުގައި މި ބިލް ފާސްވެފައިވަނީ ސްޓޭޓް އެސެމްބްލީއިންނެވެ. ކޮންގްރެސް ސަރުކާރުން ކުޑަކުދިން ކައިވެނިކުރުން ޕްރޮމޯޓް ކުރަމުންދާކަމަށް ބުނެ އިދިކޮޅު ބީޖޭޕީއިން އަންނަނީ ރަޖަސްތާނުގައި އިހުތިޖާޖު ކުރަމުންނެެވެެ. އިދިކޮޅު ޕާޓީގެ ލީޑަރު ގުލާބް ޗާންދް ވިދާޅުވީ ކުޑަކުދިންގެ ކައިވެނިތައް ރެޖިސްޓަ ކުރުމަކީ އެފަދަ ކައިވެނިތައް ގާނޫނީ ގޮތުން ހުއްދަ ކުރުން ފަދަ އަމަލެއް ކަމަށެވެ. އަދި އޭގެ އިތުރުން އިދިކޮޅުގެ އިސް ފަރާތަކުން ވަނީ އިންޑިއާގެ ޗައިލްޑް މެރިއޭޖް ރީސްޓްރެއިންޓް އެކްޓުގެ ދަށުން މަނާކަމެއްކަން ފާހަގަ ކޮށްފައެވެ.

ބީޖޭޕީގެ އިތުރުން ސަރުކާރަށް ތާއިދުކުރާ ގިނަ ބަޔަކުވެސް އަންނަނީ ރަޖަސްތާނުގައި ފާސްކޮށްފައިވާ މި ބިލާއި ދެކޮޅަށް އަޑު އުފުލައި، މި އަމަލު ކުށްވެރި ކުރަމުންނެވެ. އެންޖީއޯތަކުން ވެސް މިކަމާއި ދެކޮޅުހަދައި، ބުނަމުންދަނީ ކުޑައިރު ކައިވެނި ކުރުމަކީ އަންހެން ކުއްޖާއަށް ގެއްލުންވާނެ ކަމެއް ކަމަށެވެ. ހަމައެކަނި އެކުދިންގެ ތައުލީމު ގެއްލިގެން ދިއުމުގެ އިތުރުން ނަފްސާނީ ގިތުންނާއި ޖިސްމާނީ ގޮތުން އެކުދިންނަށް އަނިޔާތަކެއް ލިބިދާކަން ފާހަގަ ކޮށްފައިވެއެވެ.

ގިނަ ބަޔަކު މި އުސޫލާއި ދެކޮޅު ވެފައިވާއިރު، ނޭޝަނަލް ކްރައިމް ރިކޯޑްސް ބިއުރޯ (އެންސީއާރްބީ)ގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރު ކުޑަކުދިން ކައިވެނި ކުރުމާއި ގުޅޭގޮތުން 785 މައްސަލައެއް ރިޕޯޓު ކޮށްފައިވެއެވެ. އެގޮތުން ކަރްނަޓަކާ އަވަށުން 184 ކޭސް، އައްސާމްއިން 138 އަދި ވެސްޓް ބެންގާލްއިން 98 ކޭސް ރިޕޯޓު ކޮށްފައިވާކަން ފާހަގަ ކޮށްލެވެއެވެ.

އިންޑިއާގެ ގާނޫނު ބުނާގޮތުން "ޗައިލްޑް މެރިއޭޖް" އަކަށް ވަނީ އަންހެން ކުއްޖާއަކީ އުމުރުން 18 އަހަރު ނުފުރޭ ކުއްޖަކަށްވެފައި، ފިރިހެން ކުއްޖާ އަކީ އުމުރުން 21 އަހަރަށް ވުރެ ދޮށީ މީހަކަށް ވުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އާދަނު

    ރާއްޖޭގައިވެސް ހުއްދަދޭންފެނެއެވެ. 10 ނުވަތަ 12 އަހަރުވުމުން ކައިވެނިކުރުވުން އެއީ އެންމެ ރަގަޅުގޮތެވެ. ސަބަބަކީ 10 ، 12 އަހަރުވާއިރު ބިޓުން ނުނަގާ ކުއްޖަކު މަދުންނޫނީ ނުތިބެއެވެ. އެހާހިސާބުން އެކުދިން ސިއްރުން ބައްދަލުވެ ގައިގޯޅިވެ ކިސްކޮށް އަތްލައި ނުބައި ޢަމަލުތައް ކުރަން ފަށައެވެ. މި ޢަމަލުތައް ހުއްދަގޮތުގައި ކުރެވޭނީ ކައިވެނިކޮށްގެންކަމަށްވާތީ ކައިވެނިކުރުވުން ރަގަޅެވެ.

    11
    4