ދުނިޔޭގައި މިހާތަނަށް ހަދާފައިވާ އެންމެ ބޮޑު ކްރޫޒްބޯޓުގެ މަސައްކަތް ނިމި އަންނަ އަހަރު ދަތުރުކުރަން ފަށާގޮތަށް ނިންމައިފިއެވެ.

ސޯޅަ ބުރިއަށް ހަދާފައިވާ މި ކްރޫޒަށް ދީފައިވާ ނަމަކީ ރޯޔަލް ކެރީބިއަން ވޮންޑާއެވެ. މި ބޯޑު ކަނޑަށް ދޫކޮށްލަން ހަމަޖެހިފައި ވަނީ އެމެރިކާގެ ފްލޮރިޑާގައި ހުންނަ ލޯޑާޑޭލް ފާލަމުންނެވެ.

މި ބޯޓުގެ ދިގުމިނުގައި 1،188 ފޫޓު(362 މީޓަރު) ހުރެއެވެ. އަދި ފުޅާމިނުގައި 210 ފޫޓު(64 މީޓަރު) ހުރެއެވެ. މި ބޯޓުން 6،988 ދަތުރުވެރިންނަށް ދަތުރުކުރެވޭއިރު 16 ބުރިއަށް އެރުމަށް 24 ގެސްޓް ލިފްޓު ހުރެއެވެ. އަދި ބޯޓުގައި އެކި މަސައްކަތް ކުރުމަށް 2،300 ފަޅުވެރިން ތިބެއެވެ.

ލޯޑާޑޭލް ފާލަމުން ފުރަތަމަ ދަތުރު ފަށައިގެން މި ބޯޓު ނުކުންނާނީ ކެރީބިއަން ކަނޑަށެވެ. އެ ކަނޑު ހުރަސްކޮށް ފަތުރުވެރިންނާއި އެކު ދަތުރުކުރަން ހަމަޖެހިފައިވާ ބައެއް ސަރަހައްދުތަކުގެ ތެރޭގައި ސްޕެއިންގެ ބާސެލޯނާ، ރޯމް ހިމެނެއެވެ. އަދި އޭގެ ފަހުން ދަތުރު ކުރާނީ ޗައިނާ އަށެވެ.

މިހާރު ކުރިޔަށް ދަނީ މި ކްރޫޒް ބޯޓު ނިންމުމުގެ އެންމެ ފަހު މަރުހަލާގެ މަސައްކަތްތަކެވެ. މި ބޯޓު ހަދާފައި މިވަނީ މީގެ އެންމެ ބޮޑު ބޯޓުގެ ޝަރަފު ހޯދާފައިވާ ކްރޫޒް ބޯޓު(ސިންފޮނީ) ހެދިތާ ހަތަރު އަހަރު ފަހުންނެވެ.

ސިންފޮނީ އަކީ 228،081 ޓަނުގެ ދިގުމިނުގައި 1،188 ފޫޓު ހުންނަ ބޯޓެކެވެ. މި ބޯޓުގައި 6،680 ފަތުރުވެރިންނަށް ދަތުރުކުރެވޭއިރު މި ބޯޓުގައި އެކި މަސައްކަތްތައް ކުރުމަށް 2،200 ފަޅުވެރިން ތިބޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. Anonymous

    މި ބޯޓުގައި 16 ބުރި .... 24 ލިފްޓް

    ހުޅުމާލޭގައި 25 ބުރި .... 4 ލިފްޓް / 3 ލިފްޓް

    15
    9
    • ބީތާބު

      ހުޅުމާލެ އަކީ ބޯޓެއްތަ؟

      23
      5
      • ހުތޭނު

        އެކަމެއްނޭނގެ؟؟

        1
        1
    • އަލީ

      ކޮއިފުޅާ ބޯޓުގެ ބައްޓަމައް ބަލަބަލަ!!! އެއީ މީހުން ޗުއްޓީ ހޭދަކުރުމައް ގޮސް އުޅޭ އެއްޗެއް. ފްލެޓަކީ ދިރިއުޅެން ހަދާފަ ހުރި ތަނެއް!! އެ ބޯޓު ތަކުގަ ހުންނާނެ ފްލެޓް ތަކުގަޔާ ގޭގޭގަ ނުހުންނާނެ ކިތައްމެ ބާވަތުގެ ތަނެއް. ނާ ތަހުޒީބަސް ތަންފުކެއް ފަލަވަރެއްތީ...

      10
      2
  2. ޙެހެ

    ޙެހެހެ