ނުރައްކާތެރި ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 ފެނުމުގެ 21 މަސް ކުރިން ޗައިނާގެ ވުހާން ސައިންސުވެރިން ވައިރަސް ގެންގުޅެފައިވާކަން ހާމަވެއްޖެއެވެ.

މިހާރު އިންޓަނެޓްގައި ދައުރުވަމުންދާ ލިޔެކިޔުންތަކުން ހާމަވާގޮތުގައި ކޮވިޑް-19 ދުނިޔެއަށް ހާމަވުމުގެ 21 މަސް ކުރިން ޗައިނާގެ ވުހާންގެ ސައިންސުވެރިން ވަނީ އެ ވައިރަސް ވާލުތައް އުޅޭ ހޮހޮޅައަކަށް ދޫކުރަން މަސައްކަތް ކޮށްފައެވެ.

ދުނިޔޭގެ ހުރިހާ ކަންކޮޅުތަކަށްވެސް ކޮވިޑް-19 ގެ އަސަރު ކޮށްފައިވާއިރު މި ވައިރަސް ފުރަތަމަ ފެނިފައި ވަނީ ޗައިނާގެ ވުހާން ސިޓީ ހިމެނޭ ހުބެއި ޕްރޮވިންސުންނެވެ. ވައިރަސް ފެނުމާއި އެކު އެ ސިޓީ އެއްކޮށް ބަންދުކުރި ނަމަވެސް ދުވަސްކޮޅަކަށް ފަހު އިތުރު ސިޓީ ތަކަށްވެސް ވައިރަސް ފެތުރެން ފެށިއެވެ.

ކޮވިޑް-19 އަކީ ޗައިނާއިން އުފައްދައިގެން އުޅޭ ވައިރަހެއް ކަމަށް އެތައް ޤައުމަކުން ތުހުމަތުކުރާއިރު އެތައް މިލިއަން ބައެއްގެ ފުރާނަ މި ބަލީގައި ގޮސްފައިވާއިރު މި ވައިރަސް އައި ގޮތް ތަހުގީގު ކުރުމަށް ދުނިޔޭގެ ޤައުމުތަކުން ކުރި މަސައްކަތްތަކުން މިހާތަނަށްވެސް އެދެވޭ ނަތީޖާއެއް ނުލިބެއެވެ.

ވުހާންގެ އެއްގަމު މަސްމާރުކޭޓަކުން ފުރަތަމަ ފެނުނު ވައިރަހެއް ކަމަށް ޗައިނާއިން ބުނަމުންދިޔަ ނަމަވެސް އެތައް ސައިންސުވެރިންނާއި ޗައިނާ އަށް ނިސްބަތްވާ އެތައް ބަޔަކުވެސް ބުނަމުންދާގޮތުގައި މި ވައިރަހަކީ އިންސާނުން އުފައްދާފައިވާ ވައިރަހެކެވެ. އެއީ އެހެން ގައުމުތައް ހަލާކުކޮށްލައި ނެތިކޮށްލުމަށް ޗައިނާއިން ރާވައިގެން އުފައްދާފައިވާ ވައިރަހެއް ކަމަށްވެސް ތުހުމަތުކުރަމުންދެއެވެ.

މި ހުރިހާ ދުވަހަކު ޗައިނާއިން ބުނަމުން ދިޔައީ ވައިރަހަކީ ވާލުން ޖެހޭ އެއްޗެއް ކަމަށެވެ. ޗައިނާގެ ގިނަ ރައްޔަތުން ވާލުމަސް ކެއުމުގައި ބޭނުންކުރާކަންވެސް ފާހަގަ ކުރެވެއެވެ. މިއީ ރައްކާތެރި ކަމެއް ނޫންކަމަށް ސިއްހީ މާހިރުން ލަފާދެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    މިއީ ދުވަހަކު ވެސް އޮޅުން ފިލާ މައްސަލައެއް ނޫން. މި އޮޅުމެއް އޮޅި އޮޅުމުގެ މައްޗަށް އޮޅުންތައް އިތުރުވެ ދުވަހަކުވެސް ނުފިލާވަރުގެ އޮޅުމަކަށް ވެއްޖެ ކަންނޭނގެ.