ކޮވިޑް ވެކްސިން ނުވަތަ އިންޖެކްޝަން ޖަހަން ބިރުގަންނަ މީހުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަދިވެސް ތިބެއެވެ. އެގޮތަށް ބިރުގަންނަ މީހުންނަށް ބައެއް ފަހަރު އިންޖެކްޝަނުގެ ބަދަލުގައި ބޭސްވެސް ދެމުން އާދެއެވެ.

އެހެން ނަމަވެސް މިހާރު ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19ގެ އާލަމީވަބާއިން ދިފާއުވުމަށް އަދި ބޭހެއް އުފެއްދިފައެއް ނެތެވެ. ހަމައެކަނި ދެމުން އަންނަނީ ވެކްސިނެވެ. އެހެންކަމުން އިންޖެކްޝަން ދެކެ ބިރުގަންނަ މީހުން އެކަމާއި ދެކޮޅު ހަދާކަން ވަނީ ފާހަގަ ކުރެވިފައެވެ.

އެގޮތަށް ބިރުގަންނަ ފަރާތްތަކަށް މިހާރު ސައިންސްވެރިން އަންނަނީ ހައްލެއް ހޯދަމުންނެވެ. އެއީ އެވެކްސިންގައި އެކުލެވޭ މާއްދާތައް ލިއްބައިދޭ ގެހެއް ތައްޔާރުކޮށްގެންނެވެ.

އުނިވާސިޓީ އޮފް ކެލިފޯނިއާގެ ސައިންސްވެރިން މިހާރު އަންނަނީ އެމަސައްކަތް ކުރަމުންނެވެ. އެކަން ކާމިޔާބު ވެއްޖެނަމަ އިންޖެކްޝަން ޖެހުން ހުއްޓުމަކަށް ވެސް އައިސްދާނެއެވެ.

ސައިންސްވެރިން އެކަން ކުރަން މަސައްކަތް ފެށި ތާރީހެއް ސީދާ ހާމަ ކޮށްފައި ނުވީނަމަވެސް އެފަރާތްތަކުން ބުނެފައިވަނީ އާރުއެންއޭ ވެކްސިން ގަސްތަކަށް ދީގެން ގަސްތައް ހެއްދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެފަރާތްތަކުން ގަބޫލު ކުރާ ގޮތުގައި އެގޮތަށް ހަދާއިރު، ގަސްތަކުގައި އަޅާ ތަރުކާރީން ކޮވިޑް-19 އިން ދިފާއު ކޮށްދޭނެއެވެ. މާނައަކީ ވެކްސިނުން ލިބިދޭ ހުރިހާ ކަމެއް އެތަރުކާރީން ލިބިދޭނެއެވެ.

ވެކްސިން ޑޯޒަށްވުރެ ގަސްތަކުން ލިބިދޭ ފައިދާ ބޮޑުކަން ފާހަގަ ކުރަމުން ސައިންސްވެރިން ބުނީ، ގަސްތަކުގައި އަޅާ ތަރުކާރީ ކާލަން ފަސޭހަވާނެ ކަމަށާއި އުފުލުމުގައި ވެސް ފަސޭހަތަކެއް ހުންނާނެ ކަމަށެވެ. އެއީ ވެކްސިންގެ ޑޯޒުތައް އުފުލަން ޖެހެނީ ވަކި ފިނި ހޫނުމިނެއްގައި ކަމަށްވާތީއެވެ.

މި ގަސްތަކުގައި ފައިޒާ ވެކްސިނާއި މޮޑާނާ ވެކްސިން އުފައްދަން ބޭނުންކޮށްފައިވާ މާއްދާތައް އެކުލެވިގެންވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މައިބަދަ

    ސަޅިވާނެދޯ

    2
    4
  2. Anonymous

    މީ ބިރުވެރި ކަމެއް. މި ހާރުވެސް ގަސްތަކށް ޖަ ހާ އެއްޗެ ހީގެ ސަބަބުން އިންސާނުންގެ ހްށިގަނޑަށް ގެއްލުނެވޭ. ތީފެށެނީ އަނެއްކާ އަނެއް ނުބައި.

  3. އަމީ

    ބުރާންތިން ގަބޫލް ކުރާނެ ތިވާހަކަތަށް. ލިޔެފަ ބަހައްޓާ

  4. މަ

    މިޔަކީ ހަމަ ވެކްސިން އިން އެއް . އިންޖެކްޓު ނުކޮށް ގަހުން އެ އެންޓިގެން ލިބޭނެހެން ޖެނެޓިކް މޮޑިފިކޭޝަން ހަދަނީ. މިހާރުގެ ވެކްސިން ތަކުގަ އެންޓިޖެން އިންޖެކްޓު ކޮއްގެން އިމުނިޓީ ލިބެނީ. މިއިންވެސް ވާނީ އއެއްކަމެއް