އިސްރާއީލް ޖަލުގައި އެތައް ދުވަހެއް ހޭދަކުރި ފަލަސްތީނުގެ ޒުވާނަކު ކެންސަރު ބަލީގައި މިއަދު ނިޔާވެއްޖެއެވެ.

ދުނިޔޭގައި އަނިޔާވެރި އަދި ލާއިންސާނީ އަމަލުތަކެއް ހިންގަމުން އަންނަ އިސްރާއީލް ސިފައިންގެ އަތް ދަށުވެ، ހުސެއިން މަސަލްމެހް ނަމަކަށް ކިޔާ މީހަކު ބަހައްޓާފައި ހުއްޓާ އޭނާ މިނިވަން ވެފައިވަނީ މީގެ ހަތް ވަރަކަށް މަސް ދުވަސް ކުރިންނެވެ.

ހުސެއިން ޖަލުން މިނިވަން ކުރީ އޭނާގެ މައްޗަށް އިއްވި ހުކުމްގެ މުއްދަތު ހަމަވި ފަހުން ކަމަށްވެއެވެ. އަދި އޭނާގެ ހާލަތު އެހާ ބޮޑަށް ދަށްވެފައި ވަނީ އޭނާ އަށް ފަރުވާ ދިނުމުގައި އެތައް ދުވަހެއް ލަސްކޮށްފައިވާތީ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ހުސެއިންނަށް ޖެހިފައި ވަނީ ލޭގެ ކެންސަރު ކަމަށް ރިޕޯޓުތައް ބުނެއެވެ. އޭނާ އިސްރާއީލްގެ ޖަލުގައި 19 ހޭދަކޮށްފައިވެއެވެ.