ވައި ނުސާފުވެގެން އަހަރެއްގެ މައްޗަށް ހަތް މިލިއަން މީހުން މަރުވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފިއެވެ.

ޖައްވު ނުސާފުވެ ދިމާވާ ސިއްހީ އެކި މައްސަލަތައް ހައްލު ކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން "އެއާ ކޮލެޓީ ގައިޑްލައިން" ކުރިއަށް ވުރެ ވަރުގަދަކޮށްފައިވާ އިރު މި އޮނިގަނޑު އެންމެ ފަހުން ވަރުގަދަކޮށްފައި ވަނީ 2005 އަހަރުގައެވެ. ވައި ނުސާފުވެގެން ދިމާވާ ބަލިތަކަކީ އިންސާނުންނަށް ދިމާވާ ސިއްހީ އެންމެ ބޮޑު އެއް މައްސަލައެވެ.

ޖައްވު ކިލަނބުވާ ޒާތުގެ ތަކެތި މަދުކުރުމަށް އެ ޖަމިއްޔާއިން ގޮވާލާފައިވާ އިރު މިއީ އެތައް ބައެއްގެ ފުރާނައާ ގުޅިފައިވާ މުހިންމު ކަމެއް ކަމަށް އެ ޖަމިއްޔާއިން ފާހަގަ ކުރެއެވެ.

ސޯޅަ އަހަރަށް ފަހު ވައި ނުސާފުވުން ހުއްޓުވުމަށް އެކުލަވާލާފައިވާ އޮނިގަނޑު އިތުރަށް ހަރުކަށިކޮށްފައިވާ އިރު މިއީ ވަކި ގައުމަކުން އަމަލުކުރަންޖޭ ކަމެއް ނޫންކަމަށް އެ ޖަމިއްޔާއިން ބުނެއެވެ. އަދި ދުނިޔޭގެ ހުރިހާ ގައުމަކުން މި އޮނިގަނޑަށް އަމަލުކުރަންޖެހޭކަމަށް ބުނެފައި ވެއެވެ.

ގްރީންޕީސް އިން ބުނާގޮތުގައި ސިއްހަތު ޖަމިއްޔާއިން 2005 ވަނަ އަހަރު އެކުލަވާލި އޮނިގަނޑާއި ދުނިޔޭގެ ބޮޑެތި ސިޓީތަކުން ހިލާފުވެފައިވާއިރު މިއީ މިކަމަށް ކޮންމެވެސް ފިޔަވަޅެއް އަޅަންޖެހެއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ހަ ގޭހެއް ޖައްވަށް ބޭރުކުމުގައި ސަމާލުވުމަށް އެދިފައެވެ. އޭގެ ތެރޭގައި ނައިޓްރޮޖަންޑައިއޮކްސައިޑް، ސަލްފާޑައިއޮކްސައިޑް އަދި ކާބޮން މޮނޮކްސައިޑް ހިމެނެ އެވެ. މީގެ އިތުރުން އެމްޕީ10 އާއި އެމްޕީ2.5 ވެސް ހިމެނެއެވެ.

އެމްޕީ10 އާއި އެމްޕީ2.5 އަކީވެސް ހަށިގަނޑުގެ ތެރެއަށް ވަންނަ އަދި ގެއްލުންދޭ ދެ މާއްދާއެވެ. މިއީ ހިތުގެ ބަލިތައް ޖެހުމަށާއި އެތެރެހަށީގެ ގުނަވަންތަކަށްވެސް އަސަރުކުރާ ދެ މާއްދާއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ކޮވިޑަށް ވުރެ ގިނައިން މަރުވަނީ ތިކަމުގައި ދޯ؟ އެހެންވީމަ ކޮވިޑް ވެކްސިން ޖެހުމުގެ ބަދަލުގައި ޖަހަންވީ ވައިނުސާފުވުމުން ލިބޭ ގެއްލުން ހުއްޓުވާ ވެކްސިނެއްނު.
    ގަދަކަމުން އޮބިއަޅުވައިގެން ދެން ކޮން ނޮހޮރުއްޕާނެއް މި ކޮވިޑް ވެކްސިނެއް ޖަހާކަށް.

    2
    4
    • ޏޮން

      ނުހުރުއްޕާނެއް ނުވާނެ ގޮސް ފަޅު ރަށެއްގަ އެކަނިން އުޅުނީމަކާ
      އޭރުން ނާންނާނެ ކަލޭގަޔައް ކަށި ހަރާކައް