ޗައިނާއިން ހައްޔަރުކުރި ކެނޭޑާގެ ދެ ރައްޔިތުން ދޫކޮށްލަން އެގައުމުން ނިންމައިފިއެވެ.

ކެނެޑާގެ ދެ ރައްޔިތުން ކަމަށްވާ މީޝެލް ކޯރިގް އާއި މީޝެލް ސްޕޭވާ ޗައިނާ އިން ހައްޔަރުކޮށްފައި ވަނީ 2018 ވަނަ އަހަރުގައެވެ. އެމީހުން ހައްޔަރުކުރީ އެމެރިކާއިން ވާވޭގެ ސީއެފްއޯ މެންގް ވަންޒުއާ އީރާނާއި އެކު ވިޔަފާރީގެ އެއްބަސްވުމެއް ހަދާކަމަށް ބުނެ ހައްޔަރުކުރި ދަނޑިވަޅުގައެވެ.

ފާއިތުވި 1،000 ދުވަހު ކެނެޑާގެ ދެ ރައްޔިތުން ހައްޔަރުކޮށްގެން ތިބީ ކޮން ސަބަބަކާއި ގުޅިގެން ކަމެއް ޗައިނާ އަށް ހާމަނުކުރެވުނު އިރު އެފަރާތްތައް ހައްޔަރުކުރެވުނީ ޖާސޫސު ކޮށްގެން ކަމަށް ބުނެ ކެނެޑާއިން ދިޔައީ އަޑުފަތުރަމުންނެވެ. ނަމަވެސް ޗައިނާއިން ދިޔައީ އެކަމާ ދެކޮޅު ހަދަމުންނެވެ.

އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސް އާއި މެންގް އާއި އެކު އެއްބަސްވުމެއް ހެދިފައިވާއިރު މި އެއްބަސްވުމުގެ ދަށުން އޭނާ އަށް ކުރާ ދައުވާ 2022 ވަނަ އަހަރުގެ ފަހުކޮޅުގައި ކުރާ ގޮތަށް ވަނީ އެއްބަސްވެފައެވެ.

މެންގަށް އެމެރިކާއިން ދައުވާ ކުރަނީ އެޗްސީބީސީ ބެންކަށް އޮޅުވާލައިގެން ވާވޭ އާއި އީރާނުގެ ހިއްސާއޮންނަ ކުންފުންޏަކާއި އެއްބަސްވުމެއް ހަދާފައި ވުމުންނެވެ. އޭނާގެ މައްޗަށް ކުރާ ހުރިހާ ތުހުމަތުތަކަށް އޭނާ ވަނީ ދެކޮޅު ހަދާފައިއެވެ.

އީރާނާއި އެމެރިކާ އަކީ ވަރަށް ވާދަވެރި ދެ ގައުމުކަން ފާހަގަ ކުރެވެއެވެ. އެދި އެކި ސިނާއަތް ތަކުގައި ދެ ގައުމަކީ ދެ ހަތުރުންނެވެ. ނިއުކްލިޔާ ހަތިޔާރު އުފެއްދުމުގެ މައްސަލާގައިވެސް ދެގައުމުގެ ކޯޅުންގަނޑު އިތުރުވެފައި ވެއެވެ.