އިންޑިޔާގެ ކޭރަލާގެ ޕަވަރަޓީގެ ޕްރައިވެޓް ސުކޫލެއް ކަމުގައިވާ ޕުތުމަންސެރީ ސުކޫލުގެ ކުލާސް އެކެއް ގެ ދަރިވަރަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި އެ ސްކޫލްގެ ޓީޗަރަކު 29 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފިއެވެ.

2012 ވަނަ އަހަރު ހިނގި މި ހާދިސާ ހިނގާފައިވަނީ ސުކޫލު ދަތުރެއްގެ ތެރެއިންނެވެ. ސުކޫލު ދަތުރު ނިންމާލުމަށް ފަހު އެނބުރި ދިޔުމަށްޓަކައި ބަހަށް އަރައި ތިބި ކުދިންގެ ތެރެއިން އެންމެ ފަހަތު ސީޓުގައި ނިދިފައި އޮތް ކުއްޖާއާއި ސައިންސް ޓީޗަރު، އަބުދުލް ރަފީކު، 44އ ޖިންސީ ގޯނާ ކޮށްފައިވެއެވެ.

އިތުރު ޓީޗަރުންނާއި ދަރިވަރުންނާއި ސިއްހީ ރިޕޯޓްތަކާއި ސައިންޓިފިކް ރިޕޯޓްތަކަށް ބެލުމަށްފަހު ކޭރަލާގެ ކޯޓުން ހުކުމް ކޮށްފައިވަނީ އަބުދުލް ރަފީކު 29 އަހަރަށް ޖަލަށް ލުމަށެވެ.

އަދި މީގެ އިތުރުން 2.5 ލައްކަ އިންޑިއަން ރުޕީސްގެ ޖޫރިމަނާ ދެއްކުމަށް ވެސް އަމުރު ކޮށްފައިވެއެވެ. މި ފައިސާ ދެއްކެން ނެތުމުން ކޯޓުން އޭނާގެ މައްޗަށް ހުކުމް ކޮށްފައިވަނީ އިތުރު ދެ އަހަރާއި ހަ މަސް ދުވަހަށް ޖަލަށް ލުމަށެވެ.

މިފަދަ ހާދިސާތަކަކީ އިންޑިޔާގައި ވަރަށް އާއްމުކޮށް ހިނގާ ހާދިސާތަކެކެވެ. އަދި ޖިންސީ ގޯނާގެ ޝިކާރައަކަށްވާ ކުއްޖާއާއި ކައިވެނި ކުރަން މަޖުބޫރު ކުރުމަކީ ވެސް އިންޑިޔާގައި ވަރަށް އާއްމު ކަމެކެވެ.

ނަމަވެސް ކެރެލާ ހައި ކޯޓުން ބުނެފައިވަނީ ޖިންސީ ގޯނާކޮށް ރޭޕްކުރާ މީހުން އެކުދިންނާއި ކައިވެނި ކުރުމަށް އެންގުމަކީ އެންމެ އެކަށީގެންވާ އަދަބު ނޫން ކަމަށާއި އެއީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

މީގެއިތުރުން ދެ އާއިލާއިން ގަބޫލުވި ނަމަވެސް ކޯޓުން ރޭޕްކުރި މީހާއަށް އަދަބު ދޭނެ ކަމަށް ވެސް ކޯޓުން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު