އިންޑިއާގެ އައްސާމް ސްޓޭޓުގައި ފުލުހުންގެ ކުރިމަތީގައި މުސްލިމަކު މަރާލައި، އެ މީހާގެ ހަށިގަނޑު މަތީގައި ފޮޓޯގްރަފަރަކު ފުންމާ ވީޑިއޯއެއް މީސް މީޑިއާގައި އާންމު ކޮށްފިއެވެ.

މި ވީޑިއޯ ފެށެނީ ސަތޭކައެއްހައި ފުލުސް އޮފިސަރުން ވަކި އަމާޒެއްނެތި ބަޑި ޖަހަމުންދާ މަންޒަރުންނެެވެ. އަދި ފުލުހުންގެ ސަފާއި ދިމާލަށް ހުދުކުލައިގެ އެއްޗެއް ލައިގެން ދަނޑިއެއް ހިފައިގެން ހުރި މީހަކު ދުއްވައިގަންނަ މަންޒަރު ދައްކާލައެވެ. ފުލުހުންގެ ސަފާއި އެމީހާ އަރާ ހަމަކުރުމުގެ ކުރިން ފުލުހުންގެ ބަޑީގެ ހަމަލާ އޭނާއަށް އަމާޒުވިއެވެ. މެޔަށް އަމާޒުކޮށް ފުލުހުން ދިން ހަމަލާގެ ވަޒަން އަމާޒަށް އެރުމާއެކު، އެ މީހާ ބިމަށް ވެއްޓޭ މަންޒަރު ވީޑިއޯއިން ފެނިގެންދެއެވެ.

އެ މީހާ ވެއްޓުމާއެކު ހަތިޔާރު އަޅައިގެންތިބި ފުލުހުންތަކެއް އޭނާ ވަށައިގެން އެއްވެ، މުގުރުން އޭނާގެ ހަށިގަނޑުގައި ތަޅާ ހެދިއެވެ. އަދި ފުލުހުން އެމީހާގެ ހަށިގަނޑާއި ދުރަށް ދާއިރުވެސް، ވެއްޓިފައި އޮތް މީހާ އެއްވެސް ހަރަކާތެއް ނެތި ބިންމަތީގައި އޮތެވެ. ދެން ފޫޓޭޖުން ފެނިގެން ދަނީ ފޮޓޯގްރަފަރަކު އެ މުސްލިމް މީހާގެ ހަށިގަނޑަށް ހަމަލާދޭ މަންޒަރެވެ.

ބައިޖޭ ބޯނިއާ ނަމަކަށް ކިޔާ މި ފޮޓޯގްރަފަރު ވަނީ މަރުވެފައިވާ މީހާގެ މޭމައްޗަށް ފައިން އަރައި، ހަށިގަނޑު މަތީގައި ފުންމާ ކަންތައް ކޮށްފައެވެ އެ މަންޒަރު ބަލަން ފުލުހުން ދުރުގައި ތިބޭ މަންޒަރު ފެނިގެންދެެއެވެ. މި ވީޑިއޯ އިންޑިއާގެ ސިޔާސީ ޕާޓީތަކުގައާއި ދުނިޔޭގައި ވެސް ވައިގައި ހިފާލިއެވެ. ނަތީޖާއެއްގެ ގޮތުން މުސްލިމް ފިރިހެން މީހާގެ ގައިމަތީގައި ފުންމަން ހުރި ފޮޓޯގްރަފަރު ހައްޔަރު ކޮށްފައިވެއެވެ.

އޭނާ ހައްޔަރު ކުރި ނަމަވެސް، އައްސާމްގެ ސްޕެޝަލް ޑިރެކްޓަރ އޮފް ޕޮލިސް، ޖީޕީ ސައިން ވަނީ ފުލުހުންގެ ދިފާއުގައި ވާހަކަ ދައްކާފައެވެ. އޭނާ ވިދާޅުވީ ފުލުހުން އެ ވަގުތު އަމަލު ކޮށްފައިވަނީ އެކަން ކުރަން ޖެހޭ ގޮތަށް ކަމަށެވެ. އަދި އެއީ އަމިއްލަ ހިމާޔަތުގައި ފުލުހުން ކަންތައް ކޮށްފައިވާ ގޮތެއްކަމަށް އޭނާ ވިދާޅުވިއެވެ. މިފަދައިން ވިދާޅުވެ އޭނާ ވަނީ ފޮޓޯގްރަފަރުގެ އަމަލު ކުށްވެރި ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ޒާތީ

  މިއީގެން އެގިގެން މިދަނީ އިންސާނުންގެ ސިފައިގާކަން ހުރިހާއެއްޗެއް މިވަނީ

  9
  1
 2. މަރީނާތ

  މިއަށް ކިޔަނީ ޑިމޮކްރަސީ

  7
  2
 3. Anonymous

  ތިޔައީ އިންސާނުންގެ ސިފައިގައި ތިބި ޖަނަވާރުންތަކެއް. ޝަޔާޠީނުލް އިންސީންނަކީ މިބައިމީހުން. އެއީ ޝަޔާޠީނުލް ޖިންނީންނަށް ވުރެ ނުރައްކާތެރި ބައެއް. އެމީހުން ލޮލަށް ފެންނާނެ، ދައްކާ ވާހަކަ ކަންފަތަށް އިވޭނެ.

 4. ކިޔު

  އަނިޔާވެރި ބައެއް. އިންސާނިއްޔަތުކަމެއް ނެތް.