ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެ، ރައްޔިތުން އަޅުވެތި ކޮށްފައިވާ އިސްރާއިލުގެ ޔަހޫދީ ސިފައިން ފަލަސްތީނުގެ ބިމުން ފޭބުމަށް އެއް އަހަރުގެ މުހުލަތެއް ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް ދެއްވައިފިއެވެ.
މި މަހުގެ 24 ވަނަ ދުވަހު އދގެ އާންމު މަޖިލީހުގައި ތަގްރީރު ކުރައްވަމުން ފަލަސްތީނުގެ ރައީސް އައްބާސް ވިދާޅުވީ، ކުރިއަށް އޮތް އެއް އަހަރުދުވަހުގެ ތެރޭގައި އިސްތިއުމާރު ކޮށްފައިވާ ފަލަސްތީނުގެ ބިންތަކުން ޔަހޫދީންގެ ފައުޖުތައް ނުފައިބައިފިނަމަ އިސްރާއިލުގެ ޔަހޫދީ ދައުލަތް ބަލައިގަތުމަށް ނިންމާފައިވާ ނިންމުން އަނބުރާ ގެންދަވާނެކަމަށެވެ.
މީގެ އިތުރުން ފަލަސްތީނުގެ މިނިވަން ދައުލަތަށް ބޭނުންވާ ބިންތަކުން، ކުރިއަށް އޮތް އަހަރު ދުވަހުގެ ތެރޭގައި އިސްރާއީލް ސިފައިން ނުފައިބައިފިނަމަ، 1967 ވަނަ އަހަރު ގާއިމުކުރި ސަރަހައްދީ އިމުގައި އިސްރާއިލުގެ ދައުލަތް ފަލަސްތީނުން ބަލައެއް ނުގަންނާނެ ކަމަށް އައްބާސް ވިދާޅުވިއެވެ.
ޔަހޫދީން ފަލަސްތީނުގެ ހުޅަނގު އައްސޭރި އާއި އިރުމަތީ ގުދުސް އިސްތިއުމާރު ކޮށްފައިވަނީ 1967 ވަނަ އަހަރު ކުރި ހަ ދުވަހަށް ދެމިގެންދިޔަ އަރަބިންނާއި އިސްރާއިލް ހަނގުރާމައިގެ ތެރެއިންނެވެ. އަދި އިސްރާއީލުގެ ޔަހޫދީ ދައުލަތް ފަލަސްތީނުން ގަބޫލުކޮށް ބަލައިގަނެފައިވަނީ 1993 ވަނަ އަހަރުގެ ތެރޭގައި ސޮއިކުރި އޮސްލޯ މުއާހަދާގެ ދަށުންނެވެ.
އެތަކެއް އަހަރެއް ވެގެންދިޔަ އިރުވެސް ފަލަސްތީނުގެ ބިންތަކަށް ފުރިހަމަ މިނިވަންކަމެއް ނުލިބެެއެވެ. އިސްރާއިލުން ބޭނުންވެއްޖެ ހިނދެއްގައި ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެ، ރައްޔިތުން އެމީހުންގެ ގެދޮރުތަކުން ނެރެ އެތަންތަނުގައި ޔަހޫދީން އާބާދުކޮށް، ފަލަސްތީނުގެ ނިކަމެތި ރައްޔިތުން ބިކަ ކޮށްލައެވެ. މިކަމާއި ގުޅިގެން ފަލަސްތީނުގެ ރައްޔިތުން އަންނަނީ އެތަކެއް ވޭނާއި، އަނިޔާއެއް ތަހައްމަލް ކުރަމުންނެވެ.
ސާބަހޭ އިން ޟާ ﷲ މި ޔަހޫދީން ފަލަސްތީނު ބިމުން ބޭރުކުރެވޭނެ
ތީ ސައުދީ ޔޫއޭއީ އަޑީގައި އޮވެގެން ކުޅިކުޅެން ބަހައްޓާފައިހުންނަ މީހެއް ހުދު ފަލަސްތީނުރައްޔިތުންވެސް މީނާގަބޫލެއްނުކުރޭ ތިކަލޭގެ ކައިރީގައިއަހާބަލަ އެންމެފަހުން ބޭއްވި އިންތިހާބްގައިވީ ކިހިނެއްތޯ އޭގެފަހުން އިންތިހާބްއެއްބާއްވަން ނުކެރިގެން ތިއުޅެނީ ކީއްވެތޯ