ތުރުކަމިނިސްތާނަކީ ޔޫރަޕާއި އޭޝިއާ ބައްރު ގުޅޭ ސަރަހައްދުގައި އޮންނަ ގައުމެކެވެ. 5.9 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ތުރުކަމިނިސްތާނަށް ވެސް ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްގޮތައް ކޮވިޑް-19 އާއި ވަނީ ކުރިމަތިލާން ޖެހިފައެވެ. ނަމަވެސް އެހެން ހުރިހާ ގައުމަކާއި ތުރުކަމިނިސްތާން ތަފާތެވެ. އެގައުމުގެ ސަރުކާރުންނާއި ޑޮކްޓަރުން ވެސް ބުނަނީ ތުރުކަމިނިސްތާންގައި ކޮވިޑް ނެތް ކަމަށެވެ.

ސަޔާތު ކުރުބަނޯވް ނަމަކަށް ކިޔާ މީހަކު ކިޔައިދިން ގޮތުގައި އޭނާ މެރަތަންއެއްގައި ދުވަމުން ދަނިކޮށް މޭގައި ރިއްސަން ފެށިއެވެ. އޭނާގެ ގައިން ކޮވިޑްގެ އަލާމާތްތައް ފެންނަން ފެށުމުން އޭނާ އެނބިއުލާންސަށް ގުޅިއެވެ. ޑޮކްޓަރު އައިސް އޭނާ ބަލާފައި ބުނީ އޭނާ އަށް ޖެހިފައި ވަނީ ނިއުމޯނިއާ ކަމަށެވެ.

ނަމަވެސް ކްލިނިކަކުން ހެދި ކޮވިޑް ޓެސްޓުން އޭނާ ކޮވިޑަށް ފައްސިވިއެވެ. އޭގެ ފަހުން ދެން ދަތިތައް ކުރިމަތިވީ ހޮސްޕިޓަލުން ޖާގައެއް ހޯދާށޭވެ. ފުރަތަމަ ދިޔަ ހޮސްޕިޓަލުން ޖާގައެއް ނުލިބުނީ ހޮސްޕިޓަލް ފުރިފައި އޮތުމުންނެވެ. ދެވަނަ ހޮސްޕިޓަލުން ޖާގައެއް ނުލިބުނީ އޭނާ ބަލި މީހެއްގެ ގޮތުގައި ރަޖިސްޓްރީ ނުކޮށް އޮތުމުންނެވެ. ވަރަށް އާދޭސް ކޮށްގެން އެންމެ ފަހުން ހޮސްޕިޓަލުން ޖާގައެއް ލިބި އެޑްމިޓް ކުރެވުނު ނަމަވެސް އޭނާ އަށް އެކަށީގެންވާ ފަރުވާއެއް ނުލިބުނެވެ. މަރާއި ހަނގުރާމަ ކުރުމަށް ފަހު އޭނާ އެންމެ ފަހުން ކޮވިޑުން ރަނގަޅުވީ ނަސީބު ރަނގަޅު ކަމުންނެވެ.

ތުރުކަމިނިސްތާންގެ އެކި ފަރާތްތަކުން އެގައުމުން ބޭރުގައި ހިންގާ މީޑިއާތަކުން ބުނާ ގޮތުގައި ގައުމުގެ އެތެރޭގައި ތިބި އެއްވެސް މީހަކަށް ކޮވިޑް ފެތުރެމުންދާ ވާހަކަށް ބުނާކަށް ނުކެރެއެވެ. އެއީ ދޮގު މައުލޫމާތު ފަތުރާކަމަށް ތުހުމަތުކޮށް އަދަބެއް ދީފާނެތީއެވެ. ނަމަވެސް އެގައުމަށް މިހާރު ކުރިމަތިވެފައި ވަނީ ކޮވިޑްގެ ތިން ވަނަ ރާޅު ކަމަށް އެފަދަ މީޑިއާތަކުން ބުނެއެވެ.

ހޮސްޕިޓަލްތަކުގައި އެންމެ ނަރުހަކު 60 ބަލި މީހުން ބަލަހައްޓަން ޖެހޭ ހާލަތު ވަނީ ކުރިމަތިވެފައެވެ. އެތައް ބަޔަކަށް އޮކްސިޖަން ވެންޓިލޭޓަރު ނުލިބިގެން މަރުވަމުންދާ ކަމަށް މައުލޫމާތު އެނގޭ ފަރާތްތަކާއި ހަވާލާދީ މީޑިއާތަކުން ރިޕޯޓް ކުރެއެވެ.

ތުރުކަމިނިސްތާން ސަރުކާރުން ކޮވިޑްގެ މައުލޫމާތު ސިއްރު ކުރަމުން ގެންދަނީ ސަރުކާރަށް ކުރިމަތިވާ ފާޑުކިޔުންތަކުން ސަލާމަތް ވުމަށް ކަމަށް މީޑިއާތަކުން ތުހުމަތު ކުރެއެވެ. ތުރުކަމިނިސްތާންގެ ރައީސް އަކީ ގްރުބަންގްލީއެވެ. އޭނާ އަންނަނީ 2006 ވަނަ އަހަރުން ފެށިގެން އެގައުމުގެ ވެރިކަން ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢެބޭ

    ޙަބަރުލިނޭހުސްދޮގު ސަރުކާރުގައަގެއްނެތް އަންނިކިއާމޮޔަމީހަކުގައުމުގައިފިތަނަފަސާދައުުފައްދްއިލާދޭނީމީހުނައްއިސްކަންދީފި ދިވެހިރާެްއްޖޭގައިމީހުންގަދަރުކުރާއިއްޒަތްތެރިއަކުނެތް އުމަރުނަސީރުވެރިކަމަހްފައިނަގާބޮދިބަތްޖަމީލުމެންއުޅޭގޮތުންގައުމުގެހާލަތުއޮތްމިންވަރުއެގިއްޖެ ރައިއްޔަތުންމަޖުލިސްއަަވަގުރާނަގޮވާގޮތެއްނެތަތަނަކައްވެއްޖެ ވައްސަލާމް

  2. Anonymous

    މިދިވެހި ގައުމުގަވެސް ކޮވިޑް ނެއްކަމައް ވަނީ.