އެތަކެއް އަހަރުތަކެއް ވެފައިވާ ގަބުރުތަކެއްގެ މޫނު ހުރި ގޮތް ސައިންސްވެރިން ހޯދައިފިއެވެ.

2000 ވަރަކަށް އަހަރު ވެފައިވާ މިސްރުގެ ގަބުރުތަކުގެ މޫނު އެމެރިކާގެ ސައިންސްވެރިން ހޯދާފައިވަނީ އެގަބުރުތަކުގެ ޑީއެންއޭ އެއްކޮށް ގިނަ ތަހުލީލުތަކެއް ކުރުމަށްފަހުއެވެ. އެގޮތުން ތިން ގަބުރެއްގެ މޫނު މިހާރު 3ޑީ ކޮށްގެން ހޯދިފައިވާ ކަމަށް ސައިންސްވެރިން ވަނީ ބުނެފައެވެ.

އެގަބުރު ތަކަކީ މިސްރުގެ ވެރިރަށް ކައިރޯގެ ދެކުނަށް އޮންނަ ސިޓީއެއް ކަމަށްވާ އަބޫސަ އެލްމެލެގް ގައި 1380 ބީސީ އާއި 425 އޭޑީ ގައި ވަޅުލާފައިވާ ގަބުރުތަކެއް ކަމަށް ލައިވް ސައިންސް އިން ވަނީ ރިޕޯޓް ކޮށްފައެވެ.

މި ގަބުރުތަކުގެ މޫނު ސައިންސްވެރިން ހޯދާފައިވާއިރު، 2017 ވަނަ އަހަރު ޖަރުމަން ވިލާތުގައި ހުންނ މެކްސް ޕްލޭންކް އިންސްޓްޓިއުޓް ފޯ ދަ ސައިންސް އޮފް ހިއުމަން ހިސްޓަރީ އިން ވަނީ އެތަކެތީގެ ޑީއެންއޭ ފުރަތަމަ ފަހަރަށް ނަގައި ތަހުލީލުތައް ހަދާފައެވެ.

އެގަބުރުތަކުގެ މޫނު ހޯދާފައިވަނީ ޑީއެންއޭ ފީނޯ ޓައިޕިން ނަމަކަށް ކިޔާ އުކުޅެއް ބޭނުން ކޮށްގެންނެވެ.

"މިއީ ފުރަތަމަ ފަހަރަށް މިހާ ގިނަ ދުވަސްވީ ގަބުރެއްގެ މޫނު ހޯދަން ޑީއެންއޭ ފީނޯ ޓައިޕިން ހެދި ފަހަރު" ސައިންސްވެރިން ބުނެފައިވެއެވެ.

ތިން ގަބުރެއްގެ މޫނު ސައިންސްވެރިން ހޯދާފައިވާއިރު، އެފަރާތްތަކުން ބުނެފައިވަނީ 1000 އަށްވުރެ ގަބުރު މިހާތަނަށް މިސްރުން ހޯދިފައިވާ ކަމަށާއި އެހެން ނަމަވެސް ޑީއެންއޭ ނެގުމުގައި ދަތިތަކެއް ހުރުމުން މޫނު ހޯދަން އުނދަގޫ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަހްމަދު

    ޕްރޮފެސަރ އުގައިލް ބައިވެރިއެއްނުވޭބާ؟

  2. ނނނ

    ތިދެން މިހާރު ނުވެ އޮތް ކަމަކީ

  3. ގަބުރޭ

    މި މީހުން ކޮންމެ އެއްޗެއް ހެދިޔަސް ގަބުރެއް ނާންނާނެ ދޯ ތީ ތިމަންނަ ހުންނަ ގޮތް ނޫނޭ ބުނާކަށް..

  4. އަލިބެއްޔާ

    ދެހާސް އަހަރަކީ އިއްޔެ މެންދުރެންނު..