ސީރިޔާ- އިރާގް ގުޅޭ ބޯޑަރު ސަރަހައްދުން އައިއެސް ޖަމާތުގެ ހަނގުރާމަވެރިން ވަނުން ހުއްޓުވުމަށް ސީރިޔާ- އިރާގް ގުޅޭ ބޯޑަރު ސަރަހައްދުގައި ފެންސެއް ޖެހުމުގެ މަސައްކަތް އިރާގު ސަރުކާރުން ފަށައިފިއެވެ.

ހަމީޓަރު ފުޅާ ކޮށް ހަދަމުން އަންނަ މިފެންސް އަކީ 20 ކިލޯމީޓަރަށް ވުރެއް ބޮޑު ސަރަހައްދަކަށް ދެމިގެންދާނެ ފެންސެއް ކަމަށް އޮފިޝަލުން މައުލޫމާތު ދެއެވެ.

" ދިހަ ދުވަސް ކުރިން އަޅުގަޑުމެން އިލެކްޓުރޯނިކް ކަށިނެރު ބޭނުންކޮށްގެން ސެކިއުރިޓީ ފެންސް ހަރުކުރުމުގެ މަސައްކތް ފަށައިފިން. ފެންސާއެކު ސެކިއުޓީ ވަރުގަދަ ކުރުމަށް ޓަވަރުތަކެއްވެސް ހެދުމުގެ މަސައްކަތް ދަނީ ކުރެވެމުން" ބޯޑާރ ސެކިއުރިޓީ ގާޑުންގެ ތަރުޖަމާން އަންވަރ ހާމިދް ނައިފް މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން ބުންޏެވެ.

ކުރިގިސްތާނު މޭޖާ ޖެނެރަލް ހާމިދް އަބުދުﷲ އިބްރާހިމް ވިދާޅުވި ގޮތުގައި އެމަސައްކަތުގެ ދަށުން ތާމަލް ކެމެރާވެސް ހަރުކުރުމުގެ މސައްކަތް ކުރިޔަށްދާނެކަމަށެވެ. ތާމަލް ކެމެރާ ހަރުކުރުމުގެ ސަބަބުން ހަތިޔާރާއެކު ބޯޑަރު ހުރަސްކޮށް ވަންނަން އުޅޭ ހަނގުރާމަވެރިން މޮނީޓާރ ކުރެވޭނެކަމަށްވެސް މޭޖާ ޖެނެރަލް ހާމިދް އަބުދުﷲ އިބްރާހިމް ވިދާޅުވިއެވެ.

މޭޖާ ޖެނެރަލް ހާމިދް އަބުދުﷲ އިބްރާހިމް އިތުރަށް ވިދާޅުވިގޮތުގައި މިހާރު ކުރަމުން ދާ މަސައްކަތްތައް ނިމުމުންް ހަތިޔާރު ސުމަގުލްކުރުން .ހަނގުރާމަވެރި ޖަމާތްތަކުން ވަގު ވިިޔަފާރި ކުރުން ވެސް އަދި ބޯޑަރު ހުރަސްކޮށް ހަނގުރާމަވެރިން ވަންނަވަނުން ނިމިމަކަށް އަންނާނެ ކަމަށް ވިދާޅުވިއެވެ.

މިދިޔަ އަހަރު ފަހުކޮޅު އިރާގް ސަރުކާރުންވަނީ އެގައުމުގަ ހަރަކާތްތެރިވަމުންދިޔަ އައިއެސްބަލި ކުރެވިފައިވާކަން އިއުލާންކުރައްވާފައެވެ. ނަމަވެސްއިރާގުގައި އައިއެސް ގެ ބާރު މުޅިން ކެނޑިގެން ގޮސްފައި ނުވާކަމަށް މެދުއިރުމަތި ދިރސާ ކުރާ ފަރާތްތަކުން ހާމަކުރެއެވެ.

 

 

ކިޔުންތެރިންގެ ހިޔާލު