ޔޫއޭއީގެ ފުލުހުންގެ ބެލުމުގެ ދަށުގައި އޮންނަ އަބޫދާބީ އެއާ އެމްބިއުލާންސްއެއް ވެއްޓި ހަތަރު މީހަކު މަރުވެއްޖެއެވެ.

މި ހާދިސާގައި މަރުވި ހަތަރު މީހުންނަކީ އެވަގުތު ޑިއުޓީގައި ހަރަކާތްތެރިވަމުންދިޔަ މީހުންނެވެ. އަބޫދާބީ ފުލުހުން ވަނީ އެއާ އެމްބިއުލާންސްއެެއް ވެެއްޓުނުކަން ކަށަަވަރުކޮށް ޓްވީޓެއްް ކޮށްފއެވެ.

ނަމަވެސް މިއަދުގެ ވަގުތެއްގައި އެ ބޯޓު ވެެއްޓުނީ ކޮންތާކަށް ކަމާއި، ވެއްޓެން މެދުވެރިވި ސަބަބު އަދި ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުން ބުނީ، މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ދެ ޕައިލެޓުންނާއި، ސިވިލް ޑޮކްޓަރަކާއި ނަރުހެއް ކަމަށެެވެ.

އެ މީހުންގެ މަރާއި ގުޅިގެން އާއިލާއަށް ތައުޒިޔާ ވަނ\ި ފޮނުވާފައެވެ.