ޓުވިޓާ ގޮވައިގެން ކޯޓަށް ދާން އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމައިފިއެވެ.

ޓްރަމް ފެޑެރަލް ކޯޓަށް ވެއްދި މައްސަލައިގައި އެދުނީ ޓުވިޓާއިން އޭނާގެ އެކައުންޓް ބްލޮކް ކޮށްލާފައި އޮތް އޮތުން ނިމުމަކަށް ގެނެސް އޭނާ އަށް ޓުވިޓާ ބޭނުން ކުރެވޭނޭ ގޮތް ހަދައި ދިނުމަށެވެ.

ޓްރަމްޕް ބުނާ ގޮތުގައި ޓުވިޓާއިން އޭނާގެ އެކައުންޓް ބްލޮކް ކުރީ ކޮންގްރެސް ޓުވިޓާއަށް އެކަމަށް ޕްރެޝާ ކޮށްގެންނެވެ.

މި އަހަރުގެ ޖުލައި މަހު ޓްރަމްޕް ވަނީ ފޭސްބުކް، ޓުވިޓާ، ގޫގުލް އަދި ޔޫޓުއިބް އާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހަޅައިފައެވެ. ޓްރަމްޕް ބުނީ މި ކުންފުނިތަކުން ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ދެކޮޅު ހަދައި ހިޔާލުފާޅުކުރާ ފަރާތްތަކުގެ އެކައުންޓުތަކާ މެދު ފިޔަވަޅު އަޅަމުންދާ ކަމަށެވެ.

ފޭސްބުކް އާއި ޓުވިޓާ އިން ބުނީ ޓްރަމްޕުގެ އެކައުންޓާ މެދު ފިޔަވަޅު އެޅީ އާންމުންގެ ރައްކަލަށް ކަމަށެވެ. ޓުއިޓާއިން ވަނީ ޓްރަމްޕުގެ އެކައުންޓް ބޭނުން ނުކުރެވޭ ގޮތަށް ބްލޮކް ކޮށްލާފައެވެ. ޓްރަމްޕުގެ އެކައުންޓް ބްލޮކް ކުރި އިރު އޭނާގެ ފޮލޯވަރުންގެ އަދަދު 88 މިލިއަނަށް އަރައެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބުގައި ދެ ވަނަ ފަހަރަށް ރައީސް ޓްރަމްޕް އާއި ޖޯ ބައިޑެން ވާދަކޮށް ބޮޑު ތަފާތަކުން ކާމިޔާބު ކުރީ ޖޯ ބައިޑެންއެވެ. ޓްރަމްޕް ބުނީ ބައިޑެން ރިޔާސީ ޓިކެޓް ކާމިޔާބު ކުރީ އޮޅުވާލައިގެން ކަމަށެވެ. އަދި އޭނާ ވެނީ ބައިޑެން އާ ދެކޮޅަން ކެމްޕެއިންވެސް ކޮށްފައެވެ.

ޓްރަމްޕަށް މިހާރު އެމެރިކާގައި އޮންނަ ތާއީދު މަދުމަދުން އިތުރުވަމުންދާކަން ފާހަގަ ކުރެވެއެވެ. އެއީ ޖޯ ބައިޑެން އަފްޣާނިސްތާނުން އެމެރިކާ ސިފައިން ފޭބުމަށް އެންގުމާ ހިސާބުން ބައިޑެން އާއި ދެކޮޅަށް ނުކުން ރައްޔިތުންގެ އަދަދު އިތުރުވުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދޫނި

    ގައުމު ވިއްކާކަނީ // ތީ މައްސަލަ އެއް // ސަހަރޯ ހީވެ،