ކީރިތި ރަސޫލާ މުހައްމަދު صلى الله عليه وسلم އަށް ފުރައްސާރަކޮށް ކާޓުން ކުރެހި ސްވިޑަންގެ ލާޒް ވިލްކްސް، ކާރު އެކްސިޑެންޓެއްގައި މަރުވެއްޖެއެވެ.

ވިލްކްސް އަކީ ކީރިތި ރަސޫލާ صلى الله عليه وسلمގެ މޫނުފުޅު ކަމަށް ބުނެ، ކުއްތާއެއްގެ ހަށިގަނޑުގައި މޫނެއް ކުރަހައިގެން، އެކަލޭގެފާނަށް ފުރައްސާރަ ކުރި މީހެކެވެ. އޭނާ އެކާޓޫން ކުރެހީ 2007 ވަނަ އަހަރު އެވެ.

އޭގެ ފަހުން އޭނާ އަށް އެކި ފަރާތްތަކުން ވަނީ މަރުގެ އިންޒާރުތައް ވެސް ދީފައެވެ. އޭނާ އަށް ނުރައްކާ އެބައޮތް ކަމަށް ބުނެ ސްވިޑެންގެ ފުލުހުން އައީ އޭނާ އަށް ސަލާމަތައި ރައްކާތެރިކަން ވެސް ދެމުންނެވެ.

ވިލްކްސް މަރުވިއިރު ވެސް އޭނާ އިނީ ފުލުހުންގެ ވެހިކަލެއްގައެވެ. އޭނާ މަރުވީ އޭނާ އިން ވެހިކަލް ގޮސް ޓްރަކެއްގައި ޖެހިގެން ހިނގި އެކްސިޑެންޓެއްގައެވެ. މިއެކްސިޑެންޓްގައި ދެފުލުހަކު ވެސް ވަނީ މަރުވެފައެވެ. ޓްރަކް ޑްރައިވަރަށް ވެސް އެކްސިޑެންޓްގައި އަނިޔާވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބެއް އަދި ނޭނގޭ ކަމަށެވެ. އުމުރުން 75 އަހަރުގެ ވިލްކްސް އެކްސިޑެންްޓްގައި މަރުވިކަން ނުވަތަ ނޫންކަން ވެސް ފުލުހުން ރަސްމީކޮށް ކަށަވަރުކޮށެއް ނުދެއެވެ.

ވިލްކްސް ރަސޫލާގެ ކާޓޫން ކުރެހި ދުވަސްވަރު އޭނާ މަރާލަން ބައެއް ޖަމާއަތްތަކުން ވެސް މަސައްކަތް ކޮށްފައި ވެއެވެ. އަލްގައިދާ ޖަމާއަތުން ވެސް އޭރު ވަނީ ވިލްކްސް މަރާލުމަށް އެހީތެރިވެދޭ މީހަކަށް އެއްލައްކަ ޑޮލަރު ދޭނެކަން އިއުލާން ކޮށްފައެވެ.

2015 ވަނަ އަހަރު ކޯޕަންހޭގަންގައި ބޭއްވި ބައްދަލުވުމެއްގައި ވިލްކްސް ބައިވެރިވަމުން ދަނިކޮށް ބަޑި ހިފައިގެން ހުރި މީހަކު އެތަނަށް ވަދެ ހަމަލާ ދީފައި ވެއެވެ. ނަމަވެސް އެހަމަލާ އިން ވިލްކްސް ވަނީ ގެއްލުމެއް ނުލިބި ސަލާމަތްވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ރަދީފް

    ހެހެހެހެހެހެ.ވަރަށް އުފާވެރި ހަބަރެއް.ދެން ކަލެއަށް ކާޓޫނު ކުރެހޭނެ.

    81
    6
  2. ައާންމުން

    އޭނާއަށް ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ. އަޅަމެންނަށް ތަގުވާވެރިކަން ދެއްވާށި

    55
    3
  3. ވާދޫ

    އެ ގައުމުގެ ފުލުހުންނަށްވުރެ ކުރީގައި ވަގުތު ނޫސް އުޅެނީ ..

    16
    22
  4. ޙަސަން

    ކޮބާ ހިތިގޮތަކަށް މަރުހިއްޕެވީއެވެ. ދެން އަދިއޮތީ ފެށުމެވެ. ކަށްވަޅުގެ ޢަޒާބެވެ. ބިރުވެރިކަމެވެ. ދެން ޤިޔާމަތްދުވަހުގެ ގަދަފަދަ ވެގެންވާ ޢަޒާބެވެ.

    64
    3
  5. މުސްލިމް

    އޭނާގެ މަރު އޭނާއާއި ކުރިމަތިވީ ތައުބާވާނެ ފުރުޞަތުވެސް ލިބިފައި. ނަމަވެސް އޭނާއަށް ހީކުރެވުނީ މާތްﷲގެ ބަދަލު ހިއްޕެވުމުން ސަލާމަތް ކުރާނެ ފުލުހުން އޭނާއަށް ލިބިގެންވާކަމަށް. އޭނާއާއި އޭނާގެ ފުލުހުންވެސް ތިބޭނީ އިރާދަކުރެއްވިއްޔާ ނަރަކައިގެ އެއްވަޅުގަނޑުގައި.

    51
    3
  6. އަލްޖިބްރާ

    ފުލުހުންނާއި ބޮޑުބަޑި ހިފައިގެން ކައިރީގާ މީހުންތިބިކަމުގައިވިއަސް ﷲސުބްޙާނަޙޫ ވަތަޢާލާ އިރާދަ ކުރެއްވީމާ މަރަށް ފިލޭނެ ހަމައެކަކުވެސް މިދުނިޔެއަކު ނުވޭ !

    61
    3
  7. ހައި

    މިއޮއް ހުރިހާ ދުވަހު އުޅުނީ މަރަށް ބިރުން ފިލައިގެން..އެވަރުން ފިލައިގެން އުޅުނީމަވެސް މަރުއައިސް ބައްދަލުކުރި ގޮތް ނިކަން ދެކިބަލަ..

    39
    2
  8. ނަން

    ހާދަ ލަހުން ތިޔަކަންތައް ތިޔަވީ. އޭގެ ކުރީގަ އޭނާ އިސްލާންވެސް ވިއެއްނު؟

    4
    10
  9. ވައިކިންގ

    ޓޫ ލޭޓް. ހިތާމައެއްގެ ބޮޑުކަމާއެވެ.

    13
    4
  10. ވިލްކްސް

    ﷲ އަކްބަރު.

    ' އުސްވެގެންވާ ގަދަފަދަ ކިއްލާތަކެއްގެ ތެރޭގައި ތިޔަބައިމީހުން ތިބިކަމުގައިވިޔަސް، ތިޔަބައިމީހުން ތިބި ކޮންމެ ތަނަކުން މަރު، ތިޔަބައިމީހުން އަތުލާނެތެވެ. ' ނިސާ 78

    Wherever you may be, death will overtake you, even if you should be within towers of lofty construction.

  11. Anonymous

    އަލްހަމްދުލިﷲ. ރެސްޓް އިން ހެލް.

    4
    1
  12. ބުއްޅަބެ

    ލާދީނީ ޕާޓީގަ ވެސް އެބަ އުޅޭ މިކަހަލަ މީހުން ބައިވަރު. ދޮން މީހުންގެ ހިމާޔަތާއި ގެރި މޯދީގެ ހިމާޔަތުގަ އުޅުނަސް މަރު ބައްދަލުކުރާނެ. އިބްރަތް ހާސިލް ކުރަމާ.

  13. ވިލިކްސް

    الله އޭނާއަށް 14 އަހަރުގެ މުއްދަތެއް ތައުބާވުމަށް ދެއްވި، އެހެނަސް އޭނާ އެފުރުޞަތުގެ ބޭނުންނުހިފި، އިލާހީ ކޯފާއިން އެކަކަށްވެސް ސަލާމަތެއް ނުވެވޭނެކަން މިޙާދިޘާއިން ކަށަވަރުކޮށްދެއެވެ. އެއީ ތިމާމީހާ މުޅިދުނިޔޭގައި ތިބި އެންމެ ޖާނުންވަރުގަދަ ބޮޑީގާޑުން ބޭނުންކުރިޔަސް الله ގެ އަމުރުފުޅު އައުމުން އެއަކުން ސަލާމަތެއް ނުވެވޭނެއެވެ.

  14. ފރެފ4

    ހަހަހަ ހަހަހަހ ހަހަހަހަަހ ހަހަ ހަ ހަ ހަހަހަހ ހަހަހަހަ ހަ