ހަތިޔާރުއެޅި ތާލިބާން ޖަމާއަތުން އޮގަސްޓް މަހުގެ 15ވަނަ ދުވަހު އަފްޣާނިސްތާނުގެ ވެރިކަމާއި ހަވާލުވުމަށްފަހު، އެގައުމުގައި ދިރިއުޅެމުންދާ ހަޒާރާ ދަރިކޮޅުގެ މީހުންނާއި ދެކޮޅަށް ގަތުލުއާއްމެއް ހިންގި ކަމަށް އެމްނެސްޓީ އިންޓަނޭޝަނަލްއިން ތުހުމަތު ކޮށްފިއެވެ.

އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ބައިނަލްއަޤްވާމީ ޖަމުއްޔާއެއް ކަމަށްވާ އެމްނެސްޓީން ނެރުނު ބަޔާނެއްގައި ބުނީ، ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމާއި ހަވާލުވުމަށް ފަހު ޑައިކުނޑި ޕްރޮވިންސްގައި ދިރިއުޅޭ ހަޒާރާ ދަރިކޮޅުގެ 13 މީހަކު މަރާލައިފައިވާ ކަމަށެވެ.

އެމްނެސްޓީން ބުނީ، އޮގަސްޓު މަހުގެ 30ވަނަ ދުވަހު އަފްޣާނިސްތާނުގެ ސަރަޙައްދެއްކަމަށްވާ ހިދުރަށް އެ ގައުމުގައި ވެރިކަންކުރާ ތާލިބާން ޖަމާއަތުގެ 300 ހަނގުރާމަވެރިން ވަދެ އެ ގައުމުގެ ސަލާމަތީ ބާރުތަކުގައި ކުރިން ހިދުމަތްކޮށްފައިވާ 11 މީހުން ގަތުލު ކޮށްފައިވާ ކަމަށެވެ. އަދި ބާކީ ތިބި ދެމީހުން މަރުވެފައިވަނީ ތާލިބާނުންނާއި އަފްޣާނިސްތާނުގެ ސަލާމަތީ ބާރުތަކުގައި ކުރިން ހިދުމަތްކޮށްފައިވާ މީހުންނާ ދެމެދު ބަދަލުކުރި ހަމަލާތަކެއްގައި ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

މި ދެމީހުންގެ ތެރޭގައި އުމުރުން 17 އަހަރުގެ އަންހެން ކުއްޖަކާއި 20ގެ އަހަރުތައް ގުނަމުންދާ ފިރިހެނެއް ހިމެނޭ ކަމަށް ބުނެފައި ވެއެވެ.

ތާލިބާނުން ގަތުލު ކޮށްފައިވާ ކުރީގެ ސަލާމަތީ ބާރުތަކުގެ ހިދުމަތްތެރިން ނިސްބަތްވަނީ ހަޒާރާ ދަރިކޮޅަށެވެ. ހަޒާރާ ދަރިކޮޅުގެ މީހުންނަކީ މީގެ ކުރިން 90ގެ އަހަރުތަކުގައި ތާލިބާނުން ވެރިކަން ކުރިއިރުވެސް އެމީހުންގެ އަނިޔާވެރިކަމާއި ކުރިމަތިލާން ޖެހުނު ބައެއްކަން ފާހަގަ ކޮށްލެވެއެވެ.

މީގެ ކުރިން ތާލިބާނުން ފަސް އަހަރު އަފްޣާނިސްތާނުގައި ވެރިކަން ކުރިއިރު، ހަޒާރާ ދަރިކޮޅުގެ މީހުންނާއި ދެކޮޅަށް ގަތުލުއާއްމެއް ހިންގާފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ތާލިބާނުންގެ އަމަލުތަކާމެދު ކަނބޮޑުވާކަމަށް ބައިނަލްއަގްވާމީ މުޖުތަމައުން ބުނަމުންދާ ދަނޑިވަޅެއްގައި އެމުނެސްޓީން ތާލިބާނުންނަށް ކޮށްފައިވާ ތުހުމަތުތައް އެ ޖަމާއަތުން ވަނީ ދޮގުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ލުބާ

    ކަނޑައެޅިގެން ދޮގެއް. ތިކިޔާ އެމްނެސްޓީއަކީ ދެ ފުއްކެހެރި ބައެއް. ޔާމީން ވެރިކަން ނުވެއްޓިގެން ތިމީހުން ހީވީ ކުޅަދުރު ހަތައަކަށް އޮއްގާ އުކީމަ ނުކުމެ ހަލޭލަވަން އުޅުނު ކުޅަންދުރު ތަކެއްހެން. މިހާރު ކޮބާ ތި ބައިގަނޑު. ތިމީހުންގެ ބޭނުމަކީ ހުޅަނގުގެ އިޒަމްތައް މިތާ ފެތުރުން.

    6
    3
  2. ހުވަދު

    އެމެރިކާއިން ހިންގަމުންދާ ގަތުލު އާންމުތައް ކޮބާ އަދި އެވާހަކަތައް ލިޔެލަދީބަލަ. ގިނަފަހަރަަށް އެކެރިކާއިން މީހުން މަރާފަ އެހެން މީހުންގެ ބޮލަށް ކަނޑާލަނީ. އެވާހަކަތަށް ގެނެއްދީބަލަ.

    4
    1