ނިރުބަވެރިކަމުގެ ހައްދު ފަހަނައަޅާފައިވާ އައިސިސް ގްރޫޕުގެ ބެލުމުގެ ދަށުގައި ސީރިއާގައި ދިރިއުޅެމުންދިޔަ 11 އަންހެނުންނާއި 37 ކުޑަކުއްޖަކު ޖަރުމަނާއި ޑެންމާކަށް އަނބުރާ ގެންގޮސްފިއެވެ.

ޖަރުމަނުގެ ފޮރިން މިނިސްޓްރީން ބުނީ އެގައުމަށް އަށް އަންހެނުންނާއި 23 ކުޑަކުއްޖަކު އަނބުރާ ގެންގޮސްފައިވާ ކަމަށެވެ. އަދި މި މީހުން ގެންގޮސްފައިވަނީ ޗާޓާޑް ފްލައިޓެއްގައި ރޭ 10ހާއިރު ކަމަށް ރިޕޯޓު ކޮށްފައިވެއެވެ.

ފްރޭންކްފާޓް އެއާޕޯޓަށް މި މީހުން ގޮވައިގެން އައި ފްލައިޓް ޖައްސާފައިވާއިރު، މިއީ ސީރިއާގެ ދެކުނުގައި ހުރި ރޯޖް ޕްރިޒަން ކޭމްޕުގައި ދިރިއުޅެމުން އައި މީހުންނެވެ.

"ކުޑަކުދިންނަށް ދިމާވެފައިވާ ހާލަކީ އެކުދިން ޒިންމާ ނަގަންޖެހޭ ކަމެއް ނޫން. އެކަމަކު އެކުދިންގެ މައިންނަށް އެމީހުންގެ އަމަލުތަކަށް ޖަވާބުދާރީ ވާން ޖެހޭނެ" ފޮރިން މިނިސްޓަރ ހެއިކޯ މާސް ވިދާޅުވިއެވެ.

މީގެ އިތުރުން މާސް ވިދާޅުވީ ރައްކާތެރިކަން ބޭނުންވާ މީހުންތަކެއް، ވަކިން ހާއްސަކޮށް ކުޑަކުދިންތަކެއް، ޖަރުމަނަށް ގެނެސް އެހީވެވޭތީ އުފާކުރައްވާ ކަމަށެވެ.

"އެއީ އެތަނުގައި ގިނައީ ބަލި ކުދިން ނުވަތަ ޖަރުމަނުގައި ބެލެނިވެރިއަކު ތިބި ކުދިންނާއި އެ ކުދިންގެ ބޭބެއިންނާއި ދައްތައިންނާއި މަންމައިން" ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

ޖަރުމަނުގެ އިތުރުން ޑެންމާކުން ވެސް ވަނީ ތިން އަންހެނުންނާއި 14 ކުދިން އަނބުރާ ގެންގޮސްފަ އެވެ. އެއީ އެމެރިކާގެ އަސްކަރީ އެހީއާ އެކު ހިންގި އޮޕަރޭޝަނެކެވެ.

ރިޕޯޓުތައް ބުނާގޮތުން ޖަރުމަނަށް ގެނައި އަންހެނުންތައް ވަނީ އެއާޕޯޓުގެ ތެރެއިން ހައްޔަރު ކޮށްފައެވެ. އަދި އެމީހުންނަކީ ނިރުބަވެރި ޖަމާއަތްތަކާއި ގުޅުން އޮންނަ ބައެއް ކަމުގައި ތުހުމަތުކޮށް، ތުއްތު ކުދިން އެކުދިންގެ ބައްޕައިންނާއި ހަވާލު ކޮށްފައިވާ ކަމަށްވެއެވެ. އޭގެ ތެރޭގައި ހިމެނެނީ އުމުރުން 30 އަހަރާއި 38 އަހަރާ ދެމެދު އަންހެނުންނެވެ. އެ އެންމެންނަކީ ވެސް ޖަރުމަނުގެ އެކި ހިސާބުތަކަށް ނިސްބަތްވާ އަންހެނުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ލޮލް

    ދިވެހިން ގެ ވާހަކަ ނުލިޔުނީ ކީއްވެބާ؟

  2. އަލީ

    ދިވެހި އާއިލާތަކެއް ތިބުނާ ފޭލިގެ ތަކުގަ ދިރިއުޅޭތާ 4 އަހަރާ ކައިރިވަނީ ! އ.ދ ގެ އަމުރެއް އެއީ ތުއްތު ކުދިންނާއި އަންހެނުން އަނބުރާ ޤައުމަށް ގެންދިއުމަށް ، އެހާ ގިނަބަޔަކަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ވަނީ ނުކުޅެދިފަ، ވީއިރު އެކުދިން ގެނެސް ތައުލީމް ދިނުމުން އެކުދިން ނިރުބައެއް ނޫވާނެ ! އަދި ނިރުބައޭ ކިޔެއްކަމަކު ނިރުބަވެރިކަން ފިލައި ނުދާނެ ! އެ ކުދިންނަށްވުރެ ނުބައި މުޖުރިމުން މި ގައުމުގަ އެބަ އުޅޭ ! ބޮޑެތި ޑްރަގު ގެ ގައުމު ހަލާކުކުރާ މީހުން ނައް އަދަބެއްނެތް! ވީއިރު އެކުދިން ރިހަބްލިޓޭޓް ކޮށް ބިނާނުކުރުން އެއީ ކުޑަކުދިންގެ ހައްޤާއި އިންސާނީ ހާއްގައް ދިވެހި ދައުލަތުން ވާ އިހުމާލެއް. ދިވެހި ޤާނޫނުގައިވާ ގޮތުން ދައުލަތުގެ މައްޗަށް ލާޒިމުކަމެއް އެއީ ، އެފަދަ ކަމެއް ޖެހިފަވާ ދިވެއްސަކު ނުވަޔަ ބަޔަކުނަމަ އަނބުރާ ގައުމަށް ގެނެސް ނަސޭހަތްދީ ފަރުވާދީ އިސްލާހު ކުރުން ، ވީއިރު ސީރިޔާގަ ތިބި ޔަތީމު ކުދިން ނަށް ސަރުކާރުން އަޅާލަން ޖެހޭ ! އަދި އެއީ ބައިނަލް އަގްވާމީ މިންތަކުން ބަލާއިރުވެސް ގައުމުތަކުގެ ޒިނ