ބައެއް މީހުންނަށް ފޭސްބުކް އާއި އިންސްޓަގްރާމް އަދި ފޭސްބުކްގެ ދަށުން ހިންގަމުން އަންނަ މެސެންޖާ ޑައުން ވެއްޖެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ފޭސްބުކް އާއި މެސެންޖާ އަދި އިންސްޓަގްރާމް ބޭނުން ކުރުމުގައި ދަތިތައް ކުރިމަތިވެގެން ގިނަ ބަޔަކު އެކަން ރިޕޯޓް ކުރަމުން އެބަގެންދެއެވެ.

ފޭސްބުކް އާއި އަދި އެކުންފުންޏާއި ގުޅިފައިވާ އެހެން އެޕްލިކޭޝަންތައް މިރޭ ޑައުން މިވަނީ ފޭސްބުކް އާއި ގުޅިފައިވާ އެހެން އެޕްލިކޭޝަންތައް ޑައުންވިތާ ހަތަރު ދުވަސް ފަހުންނެވެ. މިދިޔަ ހޯމަ ދުވަހު ފޭސްބުކްގެ އެޕްލިކޭޝަންތައް ހަތް ގަޑިއިރަށް ޑައުން ވިއެވެ.

މިރޭ އެޕްލިކޭޝަންތަކަށް ދިމާވެގެން އުޅޭ މައްސަލައެއް އަދި ފޭސްބުކް އިން ހާމަކޮށްފައެއް ނުވެއެވެ. މައްސަލަ ހައްލު ކުރުމަށް ހޭދަވާނެ ވަގުތެއް ވެސް އަދި އެކުންފުނިން ނުބުނެއެވެ.

ފޭސްބުކްގެ އެޕްލިކޭޝަންތައް ބޭނުން ކުރުމުގައި ދަތިތައް ކުރިމަތިވުމުން ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ހިންގަމުން ގެންދާ އެތައް ވިޔަފާރިއަކަށް ވެސް ވަނީ އެކަމުގެ އަސަރު ކޮށްފައެވެ. ހާއްސަކޮށް ކުދި އަދި މެދުފަންތީގެ ވަރަށް ގިނަ ވިޔަފާރިތައް ކަސްޓަމަރުންނާއި މުއާމަލާތް ކުރުމުގައި މިހާރު އެންމެ އާއްމުކޮށް ބޭނުން ކުރަނީ ފޭސްބުކްގެ އެޕްލިކޭޝަންތަކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ފޭސްބުކް ނެތި ކުރައްވާށި. އާމީން. މުސްލިމުންނާ މެދު ނަފްރަތު އުފެއްދުން ނޫން ކަމެއް ކުރާބައެއްނޫން ތި ފޭސް ބުކަކީ. ވިސްލްބްލޯވަރ އެމެރިކާގެ ސެނެޓަށް ކިޔައިދިން ގޮތުގަެި ފބ އިން އިންޑިޔާގެ ހިންދޫންގެ ހައްދު ފަހަނަ އެޅި ޖަމާތް، އާރ އެސް އެސް އާއި ބީޖޭޕީ ނުވަތަ މޯދީ ދައްޖާލުމުގެ އެޖެންޑާނުބައި އެޖެންޑާކަމުގައިވާ އިސްލާމްދީން ނެތިކޮށްލުމަށް އެމީހުން ހިންގާ ހޭޓް ޕްރޮޕަގެންޑާ ޕްރޮމޯޓު ކޮށްދިނުމަށް މާކް ޒުކަބާކް ހިންގާނުބައި އަމަލުތައް މިހުންނަނީ. ގިނަ މީހުން ފބ ބޭނުންކުތުވައިގެން ފައިސާ ހޯދުމަށް މިނުބައި އަމަލުކުރުމަށް އެއްބަސްވެފައިވަނީ.
    ދިވެހި ނޫސްތައް އޮންނަނީ ނިދާފަތަ؟ ފބ ކަހަލަ ޝައިޠާނުންގެ ވާހަކަތައް ނިކަން މި ނޫސްތަކުގަ ލިޔެ ފބ ބޮއިކޮޓް ކޮށްބަލަ. ދީނެއް އެއްވެސް މީހަކަށް މުހިންމެއްނުވޭ. ﷲ ތައާލާއާއަށް ބިތުވެތިވެބަލަ.