އިރާގުގައި ނިއްކިލިއާ ހަތިޔާރު އެބަހުރި ކަމަށް ބުނެ އެމެރިކާ ސިފައިން އިރާގަށް އަރައި އެގައުމު ސުންނާފަތިކޮށް، ވެރިކަން ވައްޓާލާ ދާހިލީ ހަނގުރާމައެއްގެ ތެރެއަށް ވައްޓާލިއިރު އިރާގުގައި ހިންގި އަސްކަރީ އޮޕަރޭޝަންގައި އެންމެ އިސްކޮށް ހުރި އެމެރިކާ ސިފައިންގެ ޖެނެރަލް ރޭ އޮޑާނޯ މަރުުވެއްޖެއެވެ.

ހަތަރު ތަރީގެ ޖެނެރަލް މަރުވީ ސިފައިންގެ ހިދުމަތުން ރިޓަޔާ ކޮށްގެން ހުއްޓާ، ކެންސަރު ބަލީގައި މިދިޔަ ހުކުރު ދުވަހު އެވެ.

އެމެރިކާ ސިފައިން އިރާގަށް އެރިއިރު ޖެނެރަލް އޮޑާނޯ ހުރީ ހަތަރު ވަނަ އިންފަންޓްރީ ޑިވިޝަންގެ ނަމުން ނަން ދީފައި އޮންނަ ފައުޖުގެ ކޮމާންޑަރަކަށެވެ. ފުރަތަމަ އިރާގަށް އެރި އެމެރިކާ ސިފައިންގެ ފައުޖަކީ އެއީ އެވެ. ފުރަތަމަ ދުވަސްތަކުގައި އިރާގުގައި ކުރިއަށް ގެންދިޔަ އެމެރިކާގެ އަސްކަރީ އޮޕަރޭޝަން ލީޑް ކުރީ ވެސް އެފައުޖުންނެވެ. ޖެނެރަލް އޮޑާނޯ ވަނީ އެމަގާމު 2001 ވަނަ އަހަރުން ފެށިގެން 2004 ވަނަ އަހަރުގެ ނިޔަލަށް އަދާކޮށްފައެވެ. އޭގެ ފަހުން ވެސް އިރާގުގައި ހަރަކާތްތެރިވި އެމެރިކާގެ އެކި ފައުޖުތަކުގެ އެންމެ އިސް ކޮމާންޑަރުގެ މަގާމު ޖެނެރަލް އޮޑާނޯ އަދާކޮށްފައިވެއެވެ.

އޮޑާނޯ އެމެރިކާގެ ސިފައިންގެ ހިދުމަތުން ރިޓަޔާ ކުރީ 2015 ވަނަ އަހަރު އެވެ. އޭނާ ވަނީ އެމެރިކާގެ އަސްކަރިއްޔާގައި 37 އަހަރު ހިދުމަތް ކޮށްފައެވެ. ރިޓަޔާ ކުރުމުގެ ކުރިން އިރާގުގައި ތިން ފަހަރެއްގެ މަތިން އޭނާ ހަރަކާތްތެރިވިއެވެ. އަދި ޔޫރަޕްގައި ވެސް އެމެރިކާގެ ބައެއް ބޭސްތަކުގައި އޭނާ މަސައްކަތް ކޮށްފައި ވެއެވެ.

އޮޑާނޯ މަރުވުމުން އެމެރިކާގެ ރައީސް ޖޯ ބައިޑެން އާއި ފަސްޓްލޭޑީ ޖިލް ބައިޑެން ވަނީ ބަޔާނެއް ނެރުއްވާފައެވެ. ދެކަނބަލުންގެ ބަޔާނުގައި ވަނީ ޖެނެރަލްގެ އޮޑާނޯގެ ހިދުމަތައް ޝުކުރު އަދާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ބަކުރުބެ

    ތިޔަ ކަލޭގެ ނަރަކައިގެ ފިރުޢައުނާއެކު ނަރަކައިގެ އެންމެ އަޑީގައި ލައްވާނދޭވެ

    34
    3
  2. ނަބީހް

    އެކަމް ތި އެމެރިކާ މީހުން މިތަނަށް އައިސް ދިވެހި ސިފައިންނަށް ތަމްރީނު ދޭ މުސްލިމުންނަށް ޖާސޫސް ކުރަން ދަސްކޮށްދީ. ދެން މާދަމާ އެމެރިކާގެ ސިފައިންގެ ބޮޑު މީހާ ރާއްޖެއައިމަ ވަގުތު ނޫސް އިން ޖަހާނެ ވަޑައިގެންފިޔޭ. ފަރީއްކުޅުއްވަނީއޭ. ދުރުވެއްޖެއޭ. ގުއިފުޅު ލައްވަނީއޭ.

    25
    2
    • ޢަހުމަދުވަގާރު

      ކީކޭ ޖަހަން ވީ؟

      6
      2
  3. ބުރުގާ

    އެހެންތަ؟ ކުރިން ހީކުރީ އޭނަ މަރުނުވާނެ ކަމެއްތަ؟ ތިޔަހެންވިއްޔާތީ ފިސާރި ހަބަރެއް.

    2
    1
  4. ސަބާ

    މިހާރު ފެންނާނެ ނިއުކުލިއަރ ހަތިޔާރު