ހަވާއީއަށް ބާރުގަދަ ދެ ބިންހެލުން އަތުވެއްޖެއެވެ.

އިއްޔެގެ ވަގުތެއްގައި މި ބިންހެލުން އައިސްފައި ވަނީ ހަވާއީފެ ބިގް އައިލެންޑްގެ އައްސޭރި ފަށަށެވެ.

މި ބިނެހެލުމާއި ގުޅިގެން ސުނާމީއެއް އަރާފާނެ ކަމަށް ނުބެލެވޭ ކަމަށް ހޮނޮލުލޫގައި ހުންނަ ދަ ނޭޝަނަލް ވެދާ ސާވިސް އިން ރިޕޯޓްތައް ބުނެއެވެ.

މި ބިންހެލުމާއި ގުޅިގެން ނާލެހޫގައި ހުރި ގޭސް ސްޓޭޝަނެއްގެ ފްރިޖެއްގެ ދޮރުތައް ހުޅުވި، އެ ފްރިޖްތައް ހުރި އެއްޗެހިތައް ވަނީ ބިންމައްޗަށް ވެރިފައެވެ.

އަދި މި ބިންހެލުމާއި ގުޅިގެން އެއްވެސް މީހަކަށް އަނިޔާވެފައިނުވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ހަވާއީގެ ޑިޕާޓެމެންޓް އޮފް ޓްރާންސްޕޮޓޭޝަން އިން ބުނީ، މި ބިންހެލުމާއި ގުޅިގެން އެއާޕޯޓްގެ ރަންވޭ އާއި، ވިޔަފާރި ބަނދަރުތަކުގެ މަގުތަކާއި ބްރިޖާއި ގުޅިފައިވާ ހަލިމަގަށް ގެއްލުންތަކެއް ވެފައި ނުވާ ކަމަށެވެ.