އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ބަރުދަން އިތުރުވީ ވައިޓްހައުސްގެ 24 ގަޑިއިރަށް ހިދުމަތްދޭ ބަދީގޭގެ ސަބަބުން ކަމަށް ޓްރަމްޕަށް ލަފާދޭން ހުނނަ މީހަކު ބުނެފިއެވެ.

އެމެރިކާގައި އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގައި ޓްރަމްޕް އަށް ބޮޑު ނާކާމިޔާބީއެއް ލިބުމުން އޭނާ ރައީސް ކަމަށް ދެވަނަ ފަހަރަށް ދެކެމުން އައި ހުރިހާ އުންމީދެއް ފެނަށް ވެގެން ދިޔައެވެ. އޭނާ އަށް ލިބުނު ހިތާމައާ އެކީ ހަށިގަނޑަށްވެސް ބޮޑު ބަދަލެއް އައިކަން އޭނާގެ ސަޕޯޓަރުންވެސް ފާހަގަ ކުރެއެވެ.

ރައީސް ޓްރަމްޕް ވެރިކަމުގައި ހުރި އިރު ލަފާދިނުމަށް ހުރި ޖޭސަން މިލާ ބުނީ ވެރިކަމުން ފޭބުމަށްފަހު ޓްރަމްޕް ހުރީ އުފަލުގައި ކަމަށެވެ. މިހާރު އަރާމު ކުރަމުން ޓްރަމްޕް ގެންދާއިރު އޭނާގެ ބަރުދަން ކުރިޔަށްވުރެ މިހާރު ލުއިކަން ފާހަގަ ކޮށްފައި ވެއެވެ.

ބަރުދަން ލުއިވިގޮތާއި ބެހޭގޮތުން މިލާ ސުވާލުކުރުމުން ޓްރަމަޕް ބުނީ މިހާރު 24 ގަޑިއިރު ހިދުމަތް ލިބޭ ބަދިގެ ނުހުންނަ ކަމަށާއި ގޮލްފް ކުޅުމުގައި އުޅޭތީ ބަރުދަން ލުއިވީ ކަމަށެވެ. ޓްރަމްޕް އަކީ ގޮލްފް ކުޅުމަށް ވަރަށް ލޯބިކުރާ މީހެކެވެ.

2019 ވަނަ އަހަރުގެ ފެބްރުއަރީ މަހުގައި ރައީސް ޓްރަމްޕުގެ ފިޒިކަލް އިމްތިހާނު ހެދި އިރު އޭނާގެ ބަރުދަނުގައި 110 ކިލޯއެވެ. އޭގެ ކުރީ އަހަރަށްވުރެ ޓްރަމުގެ ބަރުދަން ހަތަރު ޕައުންޑު އިތުރުވެފައިވެއެވެ.

މި އަހަރު ޓްރަމްޕްގެ ބަރުދަން ދަށްވެފައިވާކަން ހާމަވީ މިއަހަރު އެނާގެ ފިޒިކަލް އިމްތިހާނު ހެދުމުންނެވެ. މިހާރު ކުރިއާ ހިލާފަށް ބާގާ އާއި ޗިޕްސް ފަދަ ތަކެތި އަބަދަކު އޭނާ ނުކާކަން ފާހަގަ ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ފިޒިކަލް އި މްތިހާނޭ ބުނީ މާ އަޅުގަނޑު މެން ކަހަލަ ނުކިޔަވާ ތިބި މައްދިވެހި މީހާޔަށް އޮޅުން އަރާފާނެ.